Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާންތި ޔޫވީއާ ހަވާލުވުން

ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތި

ޔޫވީގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް ވަނީ އިސްތިއުފާދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖެނުއަރީ 2021 | ހޯމަ 10:44
މީގެ ކުރިން ޔޫވީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ސާންތި ބައިވެރިވަނިކޮށް

މީގެ ކުރިން ޔޫވީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ސާންތި ބައިވެރިވަނިކޮށް

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ވަގުތީ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ހަމަޖައްސައިފިއެވެ.

ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތި ހަމަޖެއްސީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު އެ ޓީމުގެ ކޯޗުގެ މަގާމުން މުޙައްމަދު އާދަމް އިސްތިއުފާދިނުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޔޫވީން ދާއިމީ ކޯޗެއް ގެންނަށްދެން އެ ޓީމަށް އިރުޝާދުދޭނީ ސާންތިއެވެ. މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ޔޫވީން ފަށާފައިވަނީ ސާންތި އެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހުއެވެ. މީގެ ކުރިން ސާންތި ބުނީ ޔޫވީއާއެކު މަސައްކަތް ކުރަނީ މި ވަގުތު ހުސްކޮށް ހުުރުމުން، ޔޫވީގެ އޭރުގެ ކޯޗު އާދަމުގެ އެދުމަށް ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސާންތި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް އިރުޝާދު ދީފައިވަނީ ކުލަބު އީގަލްސްއަށެވެ. އީގަލްސްއަށް ފަސް އަހަރު ކޯޗުކޮށްދިނުމަށްފަހު، 2017 ވަނަ އަހަރު ސާންތި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފައެވެ. އަދި 2019 ވަނަ އަހަރު އެ މަގާމުން ވަކިވެ ސާންތި އިރުޝާދު ދީފައިވަނީ ބ. އޭދަފުށީ ފުޓްބޯޅަ ޓީމަށެވެ.

ޔޫވީގެ ކޯޗުގެ މަގާމުން އާދަމް އިސްތިއުފާދީފައިވާއިރު، ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ޔޫވީއެވެ. އެއާއެކު ޔޫވީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު ހަ މެޗުން ލިބުނު އެންމެ ތިން ޕޮއިންޓާއެކުއެވެ.

އާދަމަކީ މި ސީޒަން ފެށި ފަހުން މިހާތަނަށް ޓީމަކުން ވަކިވި ތިންވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗަކަށް ހުރި މުޙައްމަދު ނިޒާމް (ނިޒާމްބެ) އާއި، ކުލަބު އީގަލްސްގެ ކޯޗަކަށް ހުރި މުޙައްމަދު ޝިޔާޒް (މޯހަން) ވަނީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ޓީމު ދޫކޮށްލާފައެވެ.

ޔޫވީގެ ވަގުތީ ކޯޗަކަށް ސާންތި ހަމަޖެއްސިއިރު، ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ޔޫވީން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
24 ފެބުރުއަރީ 2017

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު