Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިއްލޫރި ޕެލެޓް ވެއްޓުނު މައްސަލަ

ވިޔަފާރި ބަނދަރުގައި ހިންގަމުންދާ އޮޕަރޭޝަންތައް ނުރައްކާތެރި، އިތުރަށް ސަމާލުވާން ޖެހޭ!

ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަން ބޮޑު މާހައުލެއް ގާއިމުކުރުމަށް އަހައްމިއްޔަތުކަން ދެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2021 | ހޯމަ 07:18
އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ވެއްޓުނު ހާދިސާ ހިނގި ސަރަހައްދު

އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ވެއްޓުނު ހާދިސާ ހިނގި ސަރަހައްދު

މާލޭ ވިޔަފާރި ބަނދަރުގައި ހިންގަމުންދާ މައިގަނޑު އޮޕަރޭޝަންސްތަކަކީ ނުރައްކާތެރި މަސައްކަތްތަކެއް ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލުން ބުނީ ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދޭ ކަމަށާއި، ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް އަމާޒުކޮށް، އެ ކުންފުނިން ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ވިޔަފާރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަން ބޮޑު މާހައުލެއް ގާއިމުކުރުމަކީ ނުހަނު ބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް ކަމަށް އެމްޕީއެލުން ބުނެއެވެ.

Advertisement - newsAdvertisement

ނަމަވެސް މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގާ ކަމަށާއި، މި ފަދަ ކޮންމެ ހާދިސާއަކަށް ފަހު، ކަން ހިނގިގޮތް ރަނގަޅަށް ބަލައި، އެފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި 7 ޖަނަވަރީ 2021 ވަނަ ދުވަހުގެރޭ، ހައިސާ އިންވެސްޓްމަންޓް ގުރޫޕުން ކޮންޓޭނަރަކުން ބިއްލޫރި ކްރޭޓެއް ނެރުމަށް މަސައްކަތްކުރަނިކޮށް، ހިނގި ނުރައްކާތެރި ހާދިސާއަށް އަލިއަޅުވާލައި އެމްޕީއެލުން ބުނީ މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް، އެ ގުރޫޕްގެ މުވައްޒަފެއް ކަމަށްވާ އަބްދުالله އާސިމް، ފޭރުގަސްދޮށުގެ / ނ.ލަންދޫ ނިޔާވުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަމަށެވެ.

އެމްޕީއެލުން ބުނީ އެ ހިތާމަވެރި ހާދިސާ ދިމާވި ސަބަބުތައް ދެނެގަނެ، މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން، މުދާ ކްލިއަރކުރާ ކުންފުނިތަކުން މުދާ ނެރުމުގައި އަމަލުކުރަމުންދާ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ވިޔަފާރި ބަނދަރުގައި މަސައްކަތްކުރަމުންދާ މުދާ ކްލިއަރކުރާ ކުންފުނިތަކާ އަދި އެހެން ފަރާތްތަކުން ވެސް، ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްޕީއެލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާލެ ވިޔަފާރި ބަނދަރަށް ވަދެ ނިކުމެ އުޅޭ ހުރިހާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރި މާހައުލެއް ކަށަވަރުކުރެވޭނީ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އެމްޕީއެލުން ބުނެއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު