Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހައި ސްޕީޑް ފެރީ ނިޒާމް

ތަކުލީފުތައް މާޒީވެ ދަތުރުފަތުރުގެ ހަގީގީ ފޮނިމީރުކަން ދިވެހިންނަށް

މި ސަރުކާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2021 | އާދީއްތަ 13:05
އެމްޓީސީސީގައި މިހާރު ބޭނުން ކުރަމުން އަންނަ ހައިސްޕީޑް ފެރީތައް ދައްކާލަނީ

އެމްޓީސީސީގައި މިހާރު ބޭނުން ކުރަމުން އަންނަ ހައިސްޕީޑް ފެރީތައް ދައްކާލަނީ

އެތައްސަތޭކަ ރަށެއްގެ މައްޗަށް ބިނާވެފައިވާ ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ރަށްތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވަމީ އެކަށީގެންވާ އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް ނެތުމެވެ. އަދި މިކަން ހައްލުކުރުމަށް އެތައް ސަރުކާރުތަކަކުން މަސައްކަތް ކުރި ނަމަވެސް ވަނީ ފެއިލްވެފައެވެ. ނަމަވެސް މި އީކްއޭޝަނަށް އެމްޑީޕީ ސަރުކާރުން ވަނީ ފޯމިއުލާއެއް އެކުލަވާލާ، ފޯމިއުލާއިން ނަތީޖާ ނެރުމަށްޓަކައި ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ކުލަޖައްސާފައެވެ.

ޙަޤީގީ ލާމަރުކަޒީ ނިޒާމަކުން ދިވެހިރާއްޖެ ލާމަރުކަޒު ކުރުމަށް، އޮތް "އީކްއޭޝަން" އަކީ، ވަރަށް ސާދާ ސީދާ އީކުއޭޝަނެކެވެ. މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމްގެ ނަޒަރުގައި، އެއީ،" ދަތުރުފަތުރާ، ޑީސެންޓްރަލައިޒޭޝަން އެއްވަރޭ" ބުނެ، ދެނެގަންނަ އީކުއޭޝަނެކެވެ. އޭގެ މާނައަކީ، ދަތުރުފަތުރު ނެތިއްޔާ ޑީސެންޓްރަލައިޒެއް ނުވާނެއޭ ބުނުމެވެ.

މިދެންނެވި އީކުއޭޝަންގެ މަފްޙޫމުގެ ދަށުން، މުޅި ރާއްޖެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމުގެ މަޝްރޫޢު، އެކުލަވާލާ މި ވިއުގައިގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ. ހދ. ށ. ހިމެނޭ ފުރަތަމަ ޒޯންގެ މަސައްކަތް އެމްޓިސީސީއާއި މިވަނީ ހަވާލުކޮށްފައެވެ. މި ވިއުގަ ފަރުމާކުރެއްވި ގޮތް، ދަތުރުފަތުރުގެ ވިއުގައެއް ގާއިމް ކުރަން، އެ ނިޒާމް ގާއިމް ކުރުމަށްޓަކައި، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ސިފަތަކާ ފައިހަމަކުރާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްވާން ޖެހެއެވެ. "މެރިޓައިމް ޓްރާންސްޕޯޓު" ގެ ނިޒާމެއް އޮންނަން ޖެހެނީ މިހެންވެއެވެ. މިކަމުގައި ކުރިން ކުރެވިފައިވާ ތަޖުރިބާތަކާއެކީގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ، ދަތުރުފަތުގެ ނިޒާމެއްގައި ހުންނަންޖެހޭ މައިގަނޑު ސިފަތައް ދެނެގަތުމަށެވެ. އެއްކަމަކީ، ބަރާބަރަށް ހިނގާ ނިޒާމަކަށް ވުމެވެ. ދެވަނަ ކަމަކީ، ޚިދުމަތް ހޯދާ ފަރާތްތަކަށް، ރިލައިބަލް ކަމާއެކު، އޭގެ ފަސޭހައާއި އަރާމު، ފަސިންޖަރުން ބޭނުންކުރާ ފެރީތަކުން ލިބުމެވެ. ތިންވަނަ ކަމަކީ، ދަތުރުގެ ދިގުމިން ވަކިވަރަކަށްވުރެ ދިގުނުވުމެވެ.

ދެން އޮތީ ދަތުރުފަތުރު ބަހާލެވިފައިވާ ގޮތެވެ. ދަތުރުތައް ބަހާލެވިފައި އޮތީ، އެ ކްލަސްޓަރއެއްގެ މެދުގައި އިންތިޒާމް ކުރެވޭ ދަތުރުތަކާއި، ދެ ކްލަސްޓަރއެއްގެ ދެމެދު ނުވަތަ އެއް ރީޖަނުން އަނެއް ރީޖަނަށް ގުޅުވައިލަ ދިނުމަށް ކުރެވޭ ދަތުރުތަކާއި، އަދި މުޅި ރާއްޖެ ގުޅުވާލަދޭ ދަތުރު ތަކުގެ މައްޗަށެއެވެ. ރޭވިފައިވާ ވިއުގައެވެ. މުޅި ވިއުގަ ސިފަކޮށްދެއްވުމަށްފަހު، މިނިސްޓަރ އަސްލަމް ވިދާޅުވީ ފަސިންޖަރުންނަށް ހިތްފަސޭހަ ކަމާއި އަރާމުގައި، އަދި ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް، ދަތުރުކުރާނީ، ފެންވަރު ރަނގަޅު އުޅަނދުތަކެއްގައި ކަމަށެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަކުރެވިފައިވާ ލިންކްއެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަކޮށްފައިވާ ލިންކްއެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބްއެވެ. އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެކެވެ.

ދެން އޮތީ، ދިވެހި ތާރީޚުގައި އަލަށް ތަޢާރަފުވާ، މި ނިޒާމު ދިރިދެމި އޮތުމާމެދު، ކުރެވޭ ސުވާލުތަކެވެ. ނުވަތަ އެކަމަށް އަމާޒުކުރެވޭ ސަރުކާރުގެ ސިޔާސަތެވެ. ދެމެހެއްޓެނިވި ގޮތަކަށް މި ޚިދުމަތް ވައިގަ ހިފަންދެއް، ދިރިދެމި އޮވެވޭނީ، ހަރުދަނާ ފެށުމަކުން އިތުބާރުހުރި ގޮތަކަށް މިކަން ފެށި ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން މިނިސްޓަރ އަސްލަމް ވަނީ ދެއްވާފައެވެ.

ސަރުކާރުގެ ވިސްނުންހުރީ، މިކަން ފަށައިގަންނައިރު، އިގްތިސާދީ ގޮތުން، ފުރަތަމަ މަރުޙަލައިގައި ވައިބްލަ ނުވިޔަސް، މި މަޝްރޫޢުގެ ސަބަބުން، ސޯޝިއޯ އިކޮނޮމިކް އިމްޕެކްޓް ޕޮޒިޓިވް ގެންދާނެއަތީ، މި ނިޒާމު ހިނގައިގެން، އޭގެ ޒާތުގައި އެކަން އަމިއްލަ ޒާތުގައި ހިނގައިގަންނަން ދެން، މިގޮތަށް ހިނގުމަށެވެ. މިނިސްޓަރ އަސްލަމްގެ ނަޒަރުގައި، މިކަން މުސްތަގުބަލުގައި އޭގެ އަމިއްލަ ޒާތުގައި ހިނގާނެއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، މިހެން މި ދެންނެވީ، ދުނިޔޭގަ އޮންނަ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިނގަނީ ރާއްޖޭގައި ކަމަށްވެފައި، އެކަން އެހެން އެވަނީ އާބާދީއަށްވުރެ 5 ގުނަ އިތުރަށް ފަތުރުވެރިން ރާއްޖެއަށް އަންނާތީއާއި އަދި އެ ފަތުރުވެރިންނަކީވެސް ދިވެހީންނަށްވުރެން އެތައް ތަނެއް ބޮޑު ބަޔަކަށްވެފައި ވާތީ، މިފަދަ ޓްރާންސްޕޯޓު ނިޒާމެއް ގާއިމްވުމުން، އެމީހުން ( ފަތުރުވެރިން) މި ނިޒާމުގެ ތެރެއަށް ވަންނާނެއަތީއެވެ. އަދި އެމީހުން މީގެ ތެރެއަށް ވެއްދުނީމާ، އިގްތިސާދީ ގޮތުން މިއީ ނަފާވަނިވި ކަމަކަށްވެސް ވެގެންދާނެތީއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، ހުރިހާ ރަށެއްގައިހެން، ލަފާފުރޭނެ ކޮންމެވެސް މިންވަރެއް ގާއިމްވެފައެވެ. ރާއްޖެ މި އޮތީ މިކަމަށް ފައްކާވެފައެވެ. އެހެންވެ ސްޕެޝަލް ޑިވެލޮޕްމަންޓް ޕްލޭނާއެކީ ދަތުރުފަތުރުގެ ނިޒާމް ގެނެސް، ލާމަރުކަޒީ އިދާރީ ނިޒާމު އައިމަ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަވެގެން ދާނެއެވެ.

ސަރުކާރުން ފެށި މި މަޝްރޫޢުގެ ތަފްސީލު ޕްލޭން ހަދައި، ޒޯން އެކެއްގައި މި ޚިދުމަތް ފަށާތާ، އެއް އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި މި ނިޒާމް ގާއިމްވެ ފުރިހަމަ ކުރެވިގެންދާނެއެވެ. ލަފާކުރެވޭ ގޮތުގައި އެ ސަރަޙައްދަށް، ބޭނުންވާނީ 13 ވަރަކަށް އުޅަނދެވެ. މި ޝެޑިއުލްގެ ތެރޭގައި މުދާ އުފުލާ ފެރީ ވެގެންދާނީ އަދި ވަކި ފެރީއަކަށެވެ. އެއީ ތަންކޮޅެއް ލޯ ފްރިކުއެންސީކޮށް ދަތުރުކުރާ އެއްޗެކެވެ. ފަސިންޖަރުންގެ ފެރީއަށް އެރުވޭނީ ފަސިންޖަރަކު އަތުން އުފުލާ އެއްޗެއް އެކަންޏެވެ. އޭގެ ތެރޭގައި ލަގެޖު ގެންދެވޭނެއެވެ. ނުއުފުލޭނީ މުދާ އެކަންޏެވެ. މިފަދަ ކޮންމެ ކްލަސްޓަރއެއްގެ ތެރޭގައި ދެން ޖެހިގެން އޮންނަ ޒޯނަށް ކަނެކްޓުވާ އުޅަނދެއްވެސް އޮންނާނެއެވެ. އެއީ އެ ޒޯނަށް ގޮސް، އެމިހަކު ފުރި ޒޯނަށް އެނބުރި އައުމަށެވެ. އެއީ ދުވާލަކު އެއްފަހަރު ދަތުރެއް ކުރާ ގޮތަށް އިންތިޒާމް ކުރެވިފައިވާ ދަތުރެކެވެ.

މި މުޅި ވިއުގަ ގާއިމްވެގެންދާއިރު، ވިއުގައިގެ ތެރޭން މުޅި ރާއްޖެއަށް ކޮންމެ ދިވެއްސަކަށް ދަތުރުފަތުރުކޮށް އުޅުމުގެ ފަހިކަން ލިބިގެން ދާނެއެވެ. އެއީ ޓްރާންސިޓުކޮށް ކުރެވޭނެ ދަތުރުތަކެވެ. މި ދަތުރު ތަކުގެ ފީތައް ހުންނާނީ، މިހާރުގެ އާންމު ދަތުރުފަތުރުގައި މި ގެންގުޅޭ ކުޑަ ރޭޓުތަކުގައެވެ. އެ އަގުތައްވެސް މިހާރު ހުރީ ހަދައިނިމިފައެވެ.

ރަށްރަށުގެ އާބާދީއާއި ޑިމާންޑަށް ބަލައި، އެކި ތަންތާނގައި އެކި މިންވަރަށް އުފެދިގެން ދާ ގޮތަށް ކޮންމެ ރަށެއްގައިވެސް ފެރީޓާމިނަލް ހެދިގެންދާނެއެވެ. ދަތުރުތަކުގެ ޝެޑިއުލްތައް ފެންނާން ހުންނާނެއެވެ. މި ނިޒާމުން ކޮންމެ މީހަކަށް އޭނާ ރާއްޖޭގައި ދާން ބޭނުންވާ މަންޒިލްތަކަށް ގޮސް، އެނބުރި ރަށަށް އައުން ދުރާލާ ޕްލޭންކޮށްލައިގެން ދަތުރު ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މުޅި ނެޓްވޯކު ގާއިމްކޮށް ނިންމުމުގެ ވިސްނުންހުރީ މި ދައުރުގެ ތެރޭގައި މި ނެޓްވޯކު މުޅި ރާއްޖޭގައި ގާއިމް ކުރުމަށެވެ. ނިޒާމު ހިނގައިގަތީމައި ނިޒާމަށް އަންނަ ކުރިއެރުންތައް، އޭގެ ފަހުން ގެނެވޭނެއެވެ. ޒޯނަކަށްފަހު، ޒޯނެއްގައި މި ވިޔުގަ ތަޢާރަފް ކުރުމަކީ، ސަރުކާރުގެ ވިސްނުން ބަށްޓަން ކުރެވިފައިވާ ގޮތެވެ. ނިޒާމު ރޭވިފައި އޮތީ، މީހުންގެ މޫވްމަންޓުވެސް ކޮންމެވެސް މިންވަރަކަށް ބަލައިފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި، ބޭންކުތަކާއި އެއަރޕޯޓުތައް ހުރި ގޮތްވެސް އޮތީ ބަލައިފައެވެ. އަދި ސްޕެޝަލް ޕްލޭނިންގެ ތެރެއިން، ކްލަސްޓަރތަކަށް ފަހުން ލާންހުރި ބައިތަކަށްވެސް އޮތީ ނިޒާމުގައި ރިޢާޔަތް ކުރެވިފައެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ފުރަތަމަ މަރުޙަލާގެ ދަށުން ޚިދުމަތް ދިނުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނީ ހއ، ހދ އަދި ށ އަތޮޅުގައެވެ. މި ސަރަހައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް 40 އާއި 50އާ ގާތްކުރާ އަދަދެއްގެ ހައިސްޕީޑް ލޯންޗް ބޭނުންކުރާނެއެވެ. މީގެ އިތުރުން ހުރިހާ ދުވަހެއްގައި ފެރީގެ ޚިދުމަތްދިނުމަށް ނިންމާފައިވާ އިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ވަނީ ނިންމާފައެވެ. އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތަޢާރަފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ތަސައްވުރާ އެއްގޮތަށް، ބޮޑުތިލަދުންމަތި ދަތުރުފަތުރުގެ ނިޒާމުން ރަސްމީކޮށް ގުޅާލައިފި

ރައީސްގެ ތަސައްވުރާ އެއްގޮތަށް، ބޮޑުތިލަދުންމަތި ދަތުރުފަތުރުގެ ނިޒާމުން ރަސްމީކޮށް ގުޅާލައިފި

27 ސެޕްޓެމްބަރު 2022
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް

15 ޖޫން 2022
ރައީސް ޞާލިޙް: ރައްޔިތުންގެ ހަގީގީ ވެރިއެއް!

ރައީސް ޞާލިޙް: ރައްޔިތުންގެ ހަގީގީ ވެރިއެއް!

04 އޯގަސްޓު 2021
އަބްދުﷲ ޝާހިދަކީ ހަގީގީ މާނައިގައިވެސް ޑިޕްލޮމެޓެކެވެ.

އަބްދުﷲ ޝާހިދަކީ ހަގީގީ މާނައިގައިވެސް ޑިޕްލޮމެޓެކެވެ.

08 ޖޫން 2021
ދަތުރުފަތުރުގެ ވިއުގައަކުން، މުޅިރާއްޖެ ގުޅާލަދޭ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި، 100 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓަކާއެކު ފަށަނީ

ދަތުރުފަތުރުގެ ވިއުގައަކުން، މުޅިރާއްޖެ ގުޅާލަދޭ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި، 100 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓަކާއެކު ފަށަނީ

11 ނޮވެމްބަރު 2020

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު