Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ޖޫން މަހާ ހަމައަށް ލަސްކޮށްލެވިއްޖެނަމަ މިނިވަން، ޚަރަދު ކުޑަ އިންތިޚާބެއް ބޭއްވޭނެ: މެމްބަރު ސަލީމް

ކޮންޓެކްޓް ޓްރޭސިންގއަކީ ބަލި މެނޭޖްކުރުމަށް ބޭނުން ކުރަމުންދާ އެންމެ މުހިންމު ޓޫލް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2021 | އާދީއްތަ 10:33
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ލޯކަލް ކައުންސިލް އިންތިޚާބު ޖޫން މަހާ ހަމައަށް ލަސްކޮށްލެވިއްޖެނަމަ މިނިވަން، ޚަރަދު ކުޑަ އިންތިޚާބެއް ބޭއްވޭނެ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚު އަވަސް ކުރުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ހުށަހެޅިފައިވާ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ސަލީމް ވަނީ އިންތިޚާބަށް ތައްޔާރުވާން ފަށާ ހިސާބުން ކޮންޓެކްޓް ޓްރޭސިންއާއި ދަތުރުފަތުރުތައް ކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލައިގެން ނޫނީ އިންތިޚާބު ރަނގަޅަށް ކުރިއަށް ގެންދެވިދާނެތޯ ސުވާލު އުފައްދަވާފައެވެ.

މެމްބަރު ސަލީމް ވިދާޅުވީ އެއްކޮޅުން ފެންނަނީ އިލެކްޝަން ކޮމިޝަންގެ ރައީސް ކަމަށާއި، އަނެއް ކޮޅުން ފެންނަނީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް ސަރވިސަސް ކަމަށެވެ. މެމްބަރު ސަލީމް ވިދާޅުވީ އެއްބޭފުޅަކީ ކޮންޓެކްޓްވުމާ ދުރުވުމަށް ކުރައްވަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އަނެއް ބޭފުޅަކީ އެއްގޮތަކަށް ވެސް އޭނާގެ މަސައްކަތުގެ ތެރެއިން ކޮންޓެކްޓު ވުމަކާ ނުލައި މަސައްކަތް ކުރިއަށް ގެންދެވޭނެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން މިދެބޭފުޅުން އެކުއެކީގައި މިނަތީޖާ ހާސިލްކުރުމަށް ކިހާ ވަަރަކަށް މަސައްކަތް ކުރެވިދާނެތޯ، މިއީ އުފެދޭ ސުވާލެއް ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

މިސުވާލު އުފައްދަވާ މެމްބަރު ސަލީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގއަކީ ކޮވިޑް-19ގެ ބަލި މެނޭޖުކުރުމަށް މިބޭނުން ކުރަމުންދާ އެންމެ މުހިންމު ޓޫލް ކަމަށާއި، ދަތުރުފަތުރު ކޮންޓްރޯލް ކުރުމަށް މިބޭނުންކުރާ ޓޫލްއަކީ ވެސް ދޫނުކުރެވޭވަރުގެ ޓޫލެއް ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ގައިޑްލައިންއެއްގެ ދަށުން އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރުމަކީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިންތިޚާބާބެހޭ ގާނޫނަށް އިޝާރާތް ކުރައްވާ މެމްބަރު ސަލީމް ވިދާޅުވީ އިންތިޚާބުގެ އަސާސަކީ މިނިވަންކަމާއެކު ކެމްޕޭން ކުރުމާއި ދަތުރުފަތުރު ކުރުމާއި ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި ވޯޓުލާ މީހުންނަށް ވެސް މިނިވަންކަމާއެކު ވޯޓު ލެވޭނެ މަގު ތަނަވަސްވެގެން ދިއުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލާއިރު، ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް ސަރވިސަސްއަށް އާންމުންނަށް ދެވޭނީ ކިހާ ލުއިތަކެއްތޯ ބަލައިނުލާ މިއިސްލާހުތަކާއެކު ކުރިއަށްދިއުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ސަލީމް ވިދާޅުވީ އިންތިޚާބަކީ އޭގެ ޒާތުގައި ވަރަށް ޚަރަދު ބޮޑު އެއްޗެއް ކަމަށާއި، 50 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓްގައި ވެސް މި އިންތިޚާބަށް ހިމަނާފައިވާ ކަމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަންކަން އިންތިޒާމުކުރެވެމުންދާއިރުގައި އިތުރު ޚަރަދުތައް ވެސް ހިނގާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިމަހުގެ ތެރޭގައި ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މެމްބަރު ސަލީމް ވިދާޅުވީ ލަފާކުރެވޭ ގޮތުގައި މެއި މަހާ ހަމައަށް ދިވެހި ރައްޔިތުންނަށް ވެކްސިން ދީ ނިމޭނެ ކަމަށެވެ.

އެހެންކަމުން ޖޫން މަހާ ހަމައަށް އިންތިޚާބުގެ ކަންކަން ފަސްކޮށްލެވިއްޖެނަމަ ކިތަންމެ ޚަރަދަކުން ސަލާމަތްވެވި މިނިވަން ކަމާއެކު އިންތިޚާބުގައި ކެމްޕޭން ކުރެވި ދުނިޔެ ބަލައިގަންނަ އިންތިޚާބަކަށް ވެގެންދާނެ ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު