Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

އިންތިޚާބާއި ގުޅޭ ކޯޓުތަކުގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭ: މެމްބަރު އަލީ ނިޔާޒު

އިންތިޚާބުގެ ތިން މައްސަލައެއް ކޯޓުގައި އޮބައޮތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2021 | އާދީއްތަ 09:00
ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު، މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު، މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ގެނެވޭ އިސްލާހުން ގާނޫނީ ހުރަސްތައް ނައްތާލި ނަމަވެސް ހައްލު ނުލިބޭ ކަމަށާއި، ކޯޓުތަކުގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލާއި ގުޅޭ ގޮތުން ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ގާނޫނަށް ގެނެވޭ އިސްލާހުން ގާނޫނީ ހުރިހާ ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. ނަމަވެސް ގާނޫނު އިސްލާހުކޮށްގެން ހައްލު ނުކުރެވޭ މައްސަލަތައް އެބަހުރި ކަމަށާއި، މި މުއްދަތުގެ ތެރޭގައި ހައްލު ގެނެސްގެން އިންތިޚާބު އަވަސް ކުރުމަށް ޖާގަ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު ނިޔާޒު ވިދާޅުވީ އިންތިޚާބާ ގުޅުންހުރި ތިން މައްސަލައެއް މިހާރު ވެސް ކޯޓުގައި ހިނގާ ކަމަށެވެ. އެއީ އިންތިޚާބުގައި އަންހެނުންގެ ކޯޓާ އިތުރުކޮށްފައިވާތީ ހުށަޅާފައިވާ މައްސަލައަކާއި، ޕީޕީއެމްގެ ކެންޑިިޑޭޓެއްގެ ކެންޑެސީ ބާތިލްވުމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން އިންތިޚާބު ލަސްވުމާއި ގުޅިގެން 18 އަހަރު ފުރޭ ޒުވާނުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަލުން އިންތިޚާބު އިއުލާން ކުރުމަށް ހުޅުވާލުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އިންތިޚާބު ބޭއްވުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކުން އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި މެންބަރު ނިޔާޒު ވިދާޅުވީ ވޯޓު ފޮށި ކައިރީގައި ތިބޭ މީހުންނާއި، ކަރަންޓީންގައި ތިބޭ މީހުން ވޯޓު ލުމުގެ އިންތޒާމް ހަމަޖައްސޭނެ ގޮތްތަކުގެ އިތުރުން ވެސް ގިނަ ކަންކަމަށް އަމަލުކުރެވޭނެ ފަސޭހަ އުސޫލުތަކާއި ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ. އަދި އިންތިޚާބަށް އިތުރަށް މުއްދަތެއް ދިނުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށާއި، ދައުލަތް ހިންގުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ކަމަށެވެ. ޚާއްސަކޮށް ލޯކަލް ގަވަރނަންސް ނިޒާމު ހުއްޓުމަކަށް އަންނާނެކަން ނިޔާޒު ފާހަގަކުރެއްވިއެވެ.

މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތުގެ އިތުރުން ބައެއް އެހެން މުއްދަތަކުތަކަށް ވެސް ވަނީ ބަދަލު ގެންނަން ވަނީ ކުރުކޮށްފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު، ނިޔާޒު ހުށަހެޅުއްވި މި ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. އަދި ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް، އެ މުއްދަތު ފަސް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން ހުށަހެޅޭ ޝަކުވާއަކާ މެދު ފަސް ދުވަސް ތެރޭ ގޮތެއް ނިންމުމަށް އޮތްއިރު، އެ މުއްދަތު ތިން ދުވަހަށް ކުޑަކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިމުމެއްގެ މައްސަލަ ހައި ކޯޓަށް ފަސް ދުވަސް ތެރޭ ހުށަހަަޅަން ޖެހޭއިރު، އެ މުއްދަތު ތިން ދުވަހަަށް ވަނީ ކުޑަކުރުމަށް ހުށަހަޅާފައެވެ. އަދި 15 ދުވަސް ތެރޭ އެ މައްސަލައަކާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭއިރު، އެ މުއްދަތުވެސް ވަނީ ހަތް ދުވަހަށް ކުޑަކޮށްފައެވެ.

އަލީ ނިޔާޒު ހުށަހެޅުއްވި މި އިސްލާހުގައި އިތުރަށް ހިމަނާފައި ވަނީ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަށްޓަކައި، އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތު ކުރު ކުރުމަށެވެ. އެގޮތުން އެ ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސް ތެރޭގައި އަލުން އިންތިޚާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވާއިރު، އެ މަސައްކަތް ފަށާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ހާއްސަ ޤާނޫނަށް އިސްލާހުތަކެއް ގެނެސް، މި ޖެނުއަރީ މަހު އެ އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަ ލޯކަލް ކައުންސިލް އިންތިޚާބު 3 އޭޕްރީލުގައި ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު