Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯހަން އީގަލްސްއިން ވަކިވުން

އީގަލްސްގެ އެއްބަސްވުން މޯހަން އުވާލައިފި

ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޖެނުއަރީ 2021 | ހޮނިހިރު 09:47
ކުލަބު އީގަލްސްގެ ކޯޗުގެ މަގާމުން ވަކިވި މުޙައްމަދު ޝިޔާޒް (މޯހަން)

ކުލަބު އީގަލްސްގެ ކޯޗުގެ މަގާމުން ވަކިވި މުޙައްމަދު ޝިޔާޒް (މޯހަން)

ކުލަބު އީގަލްސްއާއެކު އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަދާފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައިފިއެވެ.

އީގަލްސްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ޓީމުގެ އެއްބަސްވުން މޯހަން އުވާލިކަން ހާމަކޮށްފައެވެ. އީގަލްސްގެ އެއްބަސްވުން މޯހަން އުވާލިއިރު، މި ސީޒަނުގައި އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއާއެކު އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތަރު ޕޮއިންޓާއެކުއެވެ.

އީގަލްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މޯހަންއާ އެކު ދެކެވުނު ވާހަކައިގައި އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މި ވަގުތު އެއްބަސްވުން އުވާލުން ކަމަށްވާތީ އެ ގޮތަށް ކުރިއަށްދާން ނިންމީ ކަމަށެވެ. އަދި އީގަލްސްއިން ވަނީ މޯހަން އެ ޓީމަށް ކޮށްދިން މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ.

މޯހަން އީގަލްސްގެ އެއްބަސްވުން އުވާލިއިރު، އީގަލްސްގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އޭނާއާއެކު އެ ޓީމުން ވަނީ މިދިޔަ ދެ ސީޒަނުގައިވެސް ލީގުގެ ދެވަނަ ހޯދާފައެވެ. އަދި އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފުން ޖާގައެއް ހޯދާފައެވެ. އީގަލްސްއަށް އޭއެފްސީ ކަޕުން ޖާގައެއް ލިބުނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރުމާއެކު، ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. އަދި މޯހަން އާއެކު އެ ޓީމުން ވަނީ މުޅިން އަލަށް ޗެރިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ކުލަބު އީގަލްސްއަށް ކޯޗުކަން ކޮށްދެމުން ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނެގި މޯހަން އަކީ މި ފަހަރުގެ ސީޒަނުގައި ޓީމަކާ ވަކިވި ދެވަނަ ކޯޗެވެ. އެގޮތުން ލީގުގެ ފުރަތަމަ ހަތަރު މެޗަށްފަހު މާޒިޔާގެ ކޯޗަކަށް ހުރި މުޙައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް ޓީމުން ވަކިވެފައެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
24 ފެބުރުއަރީ 2017

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު