Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި އައިސް ކްރީމް ކޮވިޑަށް ޕޮޒިޓިވްވުން

އެންމެ ފަހުން އައިސް ކްރީމްވެސް ކޮވިޑަށް ޕޮޒިޓިވް!

އައިސް ކްރީމް އުފައްދާފައިވަނީ ޓިއަންޖިން ޑަކީއޯ ޑާއޯ ގެ ކާބޯތަކެތި އުފައްދާ ކުންފުނިން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 ޖެނުއަރީ 2021 | ހޮނިހިރު 04:40
4،836 އައިިސް ކްރީމް ފޮށިތަކުގެ ތެރެއިން 2،089 ފޮށިގަނޑުވަނީ ސްޓޯރޭޖުގައި ބަންދު ކުރެވިފަ

4،836 އައިިސް ކްރީމް ފޮށިތަކުގެ ތެރެއިން 2،089 ފޮށިގަނޑުވަނީ ސްޓޯރޭޖުގައި ބަންދު ކުރެވިފަ

ޗައިނާއިން ކޮވިޑް-19ށް ޓެސްޓު ކުރި ތިން އައިސް ކްރީމަކުން ކޮރޯނާވައިރަސް ފެނި، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އެގައުމުން ތިން އައިސް ކްރީމް ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު މި ތިން އައިސް ކްރީމްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެއާއެކު ޗައިނާގެ އުތުރުގައިވާ ޓިއަންޖިން މުނިސިޕަލިޓީން މި އައިސް ކްރީމް ބޭނުން ކުރި މީހުންނާއި އެ ބެޗުގެ އައިސް ކްރީމް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި އައިސް ކްރީމް އުފައްދާފައިވަނީ ޓިއަންޖިން ޑަކީއޯ ޑާއޯ ގެ ކާބޯތަކެތި އުފައްދާ ކުންފުނިންނެވެ.

އެކުންފުނިން އުފައްދާފައިވާ ތަކެތީގެ ސާމްޕަލްތައް މުނިސިޕަލް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލަށް ފޮނުވާ ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވް ވުމާއިއެކު އެ ކުންފުނީގެ އުފެއްދުންތައް އުފެއްދުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ.

މިކަމާއި ހުޅިގެން ހޯދި ހޯދުންތަކުން އިނގިފައިވާ ގޮތުގައި އެ ކުންފުނިން އުފައްދާފައިވާ ހުރިހާ ތަކެއްޗެއްވެސް އުފައްދާފައިވަނީ ޔޫކްރެއިންނުންނާއި ނިއުޒިލެންޑުން އިމްޕޯޓު ކޮށްފައިވާ ތަކެތިންނެވެ.

މިކަމާއި ގުޅިގެން ޔުނިވަރސިޓީ އޮފް ލީޑްސްގައި މަސައްކަތް ކުރައްވާ ވައިރޮލޮގިސްޓް ޑރ. ގްރިފިން ވިދާޅުވީ މި ކާބޯތަކެއްޗަށް ވައިރަސް އަރާފައިވަނީ އިންސާނެއްގެ ގައިން ކަމަށް ބެލެވޭ ކަމަށެވެ.

އަދި މި ކާބޯތަކެތި ކޮވިޑަށް ޕޮޒިޓިވް ވުމުގައި ޕްރޮޑަކްޝަން ޕްލާންޓުގެ މައްސަލައެއް ވުން އެކަށީގެން ވާކަމަށް ވިދާޅުވެ ޑރ. ގްރިފިން ވިދާޅުވީ އެތަނުގައި ސާފުތާހިރުކަމުގެ ފެންވަރު ދަށްވުމުންވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. މީގެ އިތުރުން މިކަމާއި މެދު މާބޮޑަށް ހާސްވެ ކަންބޮޑު ނުވުމަށް ޑރ. ގްރިފިން އިރުޝާދު ދެއްވިއެވެ.

މި ހާދިސާއާއި ގުޅިގެން އެ ކުންފުނީގައި މަސައްކަތް ކުރާ 1,662 މުވައްޒަފުން ވަނީ ކަރަންޓީނު ކޮށްފައެވެ.

އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އުފެއްދި ކޮވިޑް-19ށް ޕޮޒިޓިވް 4،836 އައިިސް ކްރީމް ފޮށިތަކުގެ ތެރެއިން 2،089 ފޮށިގަނޑުވަނީ ސްޓޯރޭޖުގައި ބަންދު ކުރެވިފައެވެ.

އިތުރަށް ކިޔާލަން

06 މެއި 2018

ސައުދީގައި ފައްޅި އެޅުމާ ބެހޭ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް: ވެޓިކަން

06 މެއި 2018
ސައުދީގައި ފައްޅި އެޅުމާ ބެހޭ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް: ވެޓިކަން
03 މެއި 2018

ވެރިކަމަށް އައިސް ޗައިނާގެ އިންވެސްޓަރުން އަނބުރާ ޤައުމަށް ފޮނުވާލާނަން: ޒިމްބާބްވޭގެ އިދިކޮޅު ލީޑަރު

03 މެއި 2018
ވެރިކަމަށް އައިސް ޗައިނާގެ އިންވެސްޓަރުން އަނބުރާ ޤައުމަށް ފޮނުވާލާނަން: ޒިމްބާބްވޭގެ އިދިކޮޅު ލީޑަރު
24 ޖެނުއަރީ 2018

ޖަޕާނުގެ ހޮކައިޑޫ އަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި

24 ޖެނުއަރީ 2018
ޖަޕާނުގެ ހޮކައިޑޫ އަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި
13 ޖެނުއަރީ 2018

އޮސްޓްރޭލިއާގެ އަށްސޭރިފަށުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސްފި

13 ޖެނުއަރީ 2018
އޮސްޓްރޭލިއާގެ އަށްސޭރިފަށުގެ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސްފި
01 ޑިސެމްބަރު 2017

އީރާނަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި

01 ޑިސެމްބަރު 2017
އީރާނަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު