Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް ތިންވަނައަށް

15 ޖެނުއަރީ 2021 | ހުކުރު 19:01

އީގަލްސް އަތުން ގްރީން ސްޓްރީޓްސް މޮޅުވީ 4-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖެނުއަރީ 2021 | ހުކުރު 19:01
އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 4-1 ން

އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 4-1 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ފަސޭހަކަމާއެކު ކުލަބު އީގަލްސް ބަލިކޮށް ތާވަލުގެ ތިންވަނައަށް ކުލަބު ގްރީން ސްޓްރީޓްސް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ 28 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ހަސަން ނަޒީމް (ޗޯޓު) ގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އަލީ ޝާމިއުއެވެ. އަދި އޭގެ މިނެޓެއް ފަހުން ބިދޭސީ ފޯވާޑް އެންޖެލް މުނޯޒްގެ ލަނޑުން ގްރީން ސްޓްރީޓްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީން ވަނީ ގްރީން ސްޓްރީޓްސްގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އީގަލްސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، އީގަލްސްއިން ވަނީ މި ހާފުގައި ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ފޯވާޑް މުޙައްމަދު އޮސާމާ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، އޭގެ ތިން މިނެޓު ފަހުން އީގަލްސްއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުޙައްމަދު ނާއިމެވެ.

އެކަމަކު އޭގެ ފަހުން ގްރީން ސްޓްރީޓްސްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، މެޗުގެ 79 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިއީ އީގަލްސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅޮށް ވަން ލަނޑެކެވެ. އޭގެ ފަހުން މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އީގަލްސްގެ ފޯވާޑް ޒައިން ޒަފަރަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ، މެޗުން ބަލިވީ އީގަލްސް ކުޅުންތެރިންގެ ފަރާތުން ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށާއި، އީގަލްސްގެ ޑިފެންޑަރުންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެއް ކަމަށެވެ. އަދި ލަނޑު ޖެހުމުގައި އީގަލްސް ކުޅުންތެރިންނަށް އުނދަގޫތަކެއް ހުރި ކަމަށާއި، ހާއްސަކޮށް އިތުބާރު ފޯވާޑް އަޙްމަދު ރިޒްވާން (ރިޒޭ) ނެތްތަން ޓީމުން ފެންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، މެޗަށް ގްރީން ސްޓްރީޓްސްއިން ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ. އަދި ގްރީން ސްޓްރީޓްސްގެ ފޯވާޑް ލައިން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ނިސްތާރު ބުންޏެވެ.

މި މޮޅާއެކު ގްރީން ސްޓްރީޓްސް ތާވަލުގެ ތިންވަނައަށް އެރީ ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. އަދި މެޗުން ބަލިވި އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް