Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ގެ ހާލަތު، ސަންގެލި ރިސޯޓު

ސަންގެލި ރިސޯޓުން އިތުރު 10 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 42ށް

15 ޖެނުއަރީ 2021 | ހުކުރު 04:31

12 ޖެނުއަރީގައި ރެންޑަމް ސާމްޕަލިންގ އަށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 19 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޖެނުއަރީ 2021 | ހުކުރު 04:31
އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓް

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓް

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު 10 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، އެ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ޖުމްލަ 42ށް އަރާފައިވާކަމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ސަންގެލި ރިސޯޓުން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނިފައިވަނީ 3 ޖެނުއަރީގައި ކަމަށާއި، އެކަން އެނގުނީ ރިސޯޓުގައި މަސައްކަތްކުރި ބޭރު މުވައްޒަފަކު ރާއްޖެއިން ބޭރަށް ފުރުމަށް ހެދި ޕީސީއާރު ޓެސްޓު ޕޮޒިޓިވްވުމުން ކަމަށެވެ.

އެއާއި އެކު 8 ކޮންޓެކްޓުން ކަރަންޓީނު ކުރެވުނު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އޭގެ ފަހުން ބަލީގެ އަލާމަތް ހުރެގެން އެ ރިސޯޓުގެ 4 މުވައްޒަފަކު ކޮވިޑަށް ޓެސްޓު ކުރުމުން އެ ހަތަރު މުވައްޒަފުންވެސް ބައްޔަށް ޕޮޒިޓިވްވި ކަމަށާއި ނަމަވެސް އެ ހަތަރު މުވައްޒަފުންނަކީ ކުރިން ޕޮޒިޓިވްވި މުވައްޒަފުގެ ކޮންޓެކްޓުން ނޫން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އޭގެ ފަހުން އެ ރިސޯޓުން 12 ޖެނުއަރީގައި ރެންޑަމް ސާމްޕަލިންގ އަށް ނެގުނު 98 ސާމްޕަލްގެ ތެރެއިން 19 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ބަލީގެ އަލާމާތް ހުރެގެން އެ ދުވަހު ޓެސްޓު ކުރެވުނު 8 މުވައްޒަފުންވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކުރެވުނު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތާއި ނެގުނު ރޭންޑަމް ސާމްޕަލްތަކުން ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާކަމަށެވެ.

އަދި 52 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަަށާއި މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް