Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެފްރިކާއަށް ވެކްސިން ހޯދުން

އެފްރިކާގެ ގައުމުތަކަށް ޚާއްސަކޮށް ކޮވިޑް ވެކްސިންގެ 270 މިލިއަން ޑޯޒް

މިއަހަރުގެ އޭޕްރީލް އިން ފެށިގެން ޖޫން މަހާ ހަމައަށް މަދުވެގެން 50 މިލިއަން ޑޯޒް އެބައްރުގެ ގައުމުތަކަށް ލިބޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޖެނުއަރީ 2021 | ހުކުރު 00:00
ދެކުނު އެފްރިކާގެ ރައީސް ސީރިލް ރަމަފޯސާ

ދެކުނު އެފްރިކާގެ ރައީސް ސީރިލް ރަމަފޯސާ

އެފްރިކަން ޔޫނިއަނުން ކޮވިޑް-19 އަށް ވެކްސިން އުފައްދަމުން އަންނަ އެކި ކުންފުނިތަކުން 270 މިލިއަން ޑޯޒް އެޔޫނިއަންގެ ގައުމުތަކަށް ހޯދާފައިވާކަމަށް ދެކުނު އެފްރިކާގެ ރައީސް ސީރިލް ރަމަފޯސާ ވިދާޅުވެއްޖެއެވެ.

އެފްރިކާގެ ގިނަ ގައުމުތަކަށް ވައިރަހުގެ ދެވަނަ ވޭވެއް އައިސްފައިވާއިރު އެސަރަހައްދުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 3.1 މިލިއަނަށް އަރާފައެވެ. އެފްރިކާ ސަރަހައްދުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 74،600ށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

އެފްރިކަން ޔޫނިއަންގެ ޗެއަރ އަކަށް ހުންނަވާ ރަމަފޯސާ ވިދާޅުވީ އެޔޫނިއަނަށް ލިބެނީ ފައިޒަރގެ ކޮވިޑް ވެކްސިނާއި އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ އެސްޓްރަޒެނިކާގެ ވެކްސިނާއި ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިން ކަމަށެވެ.

ކޮވިޑް ވެކްސިންގެ 270 މިލިއަން ޑޯޒް މިއަހަރު ތެރޭގައި އެފްރިކާގެ ގައުމުތަކަށް ލިބިގެންދާނެ ކަމަށް ރަމަފޯސާ ވިދާޅުވިއެވެ. އަދި މިއަހަރުގެ އޭޕްރީލުން ފެށިގެން ޖޫން މަހާ ހަމައަށް މަދުވެގެން 50 މިލިއަން ޑޯޒް އެބައްރުގެ ގައުމުތަކަށް ލިބޭނެކަމަށް ރަމަފޯސާ ވިދާޅުވިއެވެ.

ވެކްސިން ގަތުމުގެ ކަންކަން އެފްރިކަން އެކްސްޕޯޓް އިމްޕޯޓް ބޭންކާއި ގުޅިގެން ކުރިޔަށް ގެންދެވޭނެކަމަށް ރަމަފޯސާ ވިދާޅުވިއެވެ.

ރަމަފޯސާ ވިދާޅުވީ ވޯރލްޑް ބޭންކާއި ގުޅިގެންވެސް ކޮވިޑް ވެކްސިނަށް ފައިސާ ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން އެފްރިކާގެ ގައުމުތަކަށް ވީއެންމެ އަވަހަކަށް ވެކްސިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށް ރަމަފޯސާ ވިދާޅުވިއެވެ.

ރަމަފޯސާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އިސްނެގުމާއެކު އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން އެފްރިކާގެ ގައުމުތަކުގެ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ފިޔަވައި އިތުރު މީހުންނަށް ވެކްސިން ލިބުމަކީ ނާދިރު ކަމެއްކަމަށެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން 2 ބިލިއަން ޑޯޒް މިއަހަރު ނިމުމުގެ ކުރިން ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2017

އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް

18 ނޮވެމްބަރު 2017
އެފްރިކާ ބައްރު އޮތީ ޒިމްބާބްވޭގެ ރައްޔިތުންނަށް ތާއިދުކުރަން ތައްޔާރަށް: ދެކުނު އެފްރިކާގެ ރައީސް
13 ސެޕްޓެމްބަރު 2017

ތޫފާން އިރްމާ: ކެރީބިއަންގެ ބައެއް ގައުމުތަކަށް ޔޫރަޕުން އެހީތެރި ވަނީ

13 ސެޕްޓެމްބަރު 2017
ތޫފާން އިރްމާ: ކެރީބިއަންގެ ބައެއް ގައުމުތަކަށް ޔޫރަޕުން އެހީތެރި ވަނީ
28 އޯގަސްޓު 2017

ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު

28 އޯގަސްޓު 2017
ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ބޯ ވިއްސާރާގައި މިހާތަނަށް 1200 މަރު
09 އޯގަސްޓު 2017

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި

09 އޯގަސްޓު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން އެމަނިކުފާނު ސަލަމާތްވެ ވަޑައިގެންފި
08 އޯގަސްޓު 2017

ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަކީ ސިއްރު ވޯޓެއް!

08 އޯގަސްޓު 2017
ދެކުނު އެފްރިކާގެ ރައީސް ޒޫމާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަކީ ސިއްރު ވޯޓެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު