Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ އާދިއްތަ ދުވަހުގެ ހެނދުނު 11 ޖަހާއިރު

ދައުރުން ބޭރުގައި ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2021 | ބުރާސްފަތި 18:27
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ލޯކަލް ކައުންސިލު އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމަށް ބާއްވާ ޖަލްސާ އާދިއްތަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް ދެ މަސް ދުވަހުގެ ޗުއްޓީގައި އޮތްއިރު ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް މެމްބަރުން ހުށަހެޅުއްވުމުން ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ރެއެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަދައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާ ބާއްވަވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން 2020 ވަނަ އަހަރު ބާއްވަން އިއުލާނު ކޮށްފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީގެ ކޮމިޓީއަށް މަސައްކަތްކުރާ މީހުންގެ އިންތިޚާބު ލަސްވަމުންދާތީ އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައި ޤާނޫނީ ހުރަސްތައް ނައްތާލާ އެ އިންތިޚާބު ބޭއްވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި އެބިލުގެ މަސައްކަތް ނިމެންދެން ޖަލްސާ ކުރިޔަށް ގެންދަވާނެކަމަށް އީވާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެންމެ ފުރަތަމަ އޮންނަނީ ބިލެއް މަޖިލީހަށް ހުށަހެޅުމާއެކު ބިލުގެ ފުރަތަމަ ކިޔުން އިއްވުން ކަމަށްވުމާއެކު އެޖަލްސާގައި އީވާ ވަނީ މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. އީވާ ވިދާޅުވީ މިބިލަށް އިބްތިދާޢީ ބަހުސްކުރުމަށް ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ޖަލްސާއެއް ބާއްވާނެކަމަށެވެ.

އަދި 17 ވަނަ ދުވަހު ބާއްވާ ޖަލްސާގައި ބިލަށް ބަހުސްކުރުމަށް އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވާނެކަމަށް އީވާ ވިދާޅުވިއެވެ. އެއަށްފަހު ކޮމިޓީ އަށް ބިލް ދިރާސާކުރުމަށް ފޮނުވުމަށްފަހު ކޮމިޓީން ބިލް ދިރާސާކޮށް ނިމުމުން ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ބިލް ފާސްކުރުމަށް ޖަލްސާ އެއް ބާއްވާނެކަމަށް އީވާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ މި އިސްލާހުގެ ބިލްގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ކޯޓަށް މައްސަލަ ވެއްދުމުގެ މުއްދަތު ވަނީ ކުރުކޮށްފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު، މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. އަދި ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް، އެ މުއްދަތު ފަސް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުންވެސް މުހިންމު މުއްދަތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު