Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް ދާއިރާއިން މީހުން ތަމްރީން ކުރުން

ތަމްރީނު ނެތި މަސައްކަތުގެ މާހައުލަށް ނުކުންނަން ޖެހުމަކީ އަވަހަށް ވަޒީފާ ދޫކޮށްލާ ސަބަބެއް - އަތަމާ ފައުންޑޭޝަން

14 ޖެނުއަރީ 2021 | ބުރާސްފަތި 18:09

އެ ފައުންޑޭޝަނުން ބުނީ މި ދާއިރާއިން މީހުން ތަމްރީނުކުރުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިއްމުކަމެއް ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޖެނުއަރީ 2021 | ބުރާސްފަތި 18:09
ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަން އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަން އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

ސްކޫލް ނިންމާ ކުދިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަށް ޖެހިލުންވުން ނުވަތަ މަސައްކަތް ކުރުމަށް ބޭނުންނުވާ ސަބަބުތައް ދެނެގަތުމަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެއްކަމަކީ، ދާއިރާއާއި ގުޅޭ ތަމްރީނު ނެތި ކުދީން މަސައްކަތުގެ މާހައުލަށް ނުކުންނަން ޖެހުމުން އަވަހަށް ވަޒީފާ ދޫކޮށްލާފައި ދިއުން ކަމަށް އަތަމާ ފައުންޑޭޝަނުން ބުނެފިއެވެ.

އަތަމާ ފައުންޑޭޝަނުން މިހެން ބުނެފައިވާއިރު ބުރާސްފަތި ދުވަހު ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަން އާއި ދެމެދު ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީން ކުރުމާއި ބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގައި ސޮއި ކުރެވުނީ މިކަމަށްޓަކައި ވިލާ ކޮލެޖުގައި ބޭއްވުނު ޚާއްސަ ޙަފްލާއެއްގައެވެ. މި ފަހުމުނާމާގައި އަތަމާ ފައުންޑޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އަތަމާ ފައުންޑޭޝަންގެ ފައުންޑަރ އަދި ވައިސް ޗެއަރޕަރސަން އަލީ އަޙްރުޝް އިބްރާހިމް އެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ.

އަތަމާ ފައުންޑޭޝަނުން ބުނީ ޓުއަރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ މިއަދު ދިވެހިރާއްޖޭގެ ތަރައްޤީ އެ ސިނާއަތަކަށް ވަރަށްބޮޑަށް ބަރޯސާވާ ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް މުހިއްމުކަމެއް ގޮތުގައި ދެކޭ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ މަޤުޞަދުގައި އަތަމާ ފައުންޑޭޝަނުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން، އަތަމާ ފައުންޑޭޝަންގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގޭ ތަމްރީން ޕްރޮގްރާމްތަކެކެވެ.

އަތަމާ ފައުންޑޭޝަނުން މި ޕްރްގްރާމްތައް ހިންގުމަށް ވިލާކޮލެޖު އިޚްތިޔާރުކުރީ، ވިލާކޮލެޖަކީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒު ތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި މިފަދަ ކަންކަން ހިންގުމުގައި އެންމެ ގާބިލު ކޮލެޖުކަމަށް ޤަބޫލުކުރެވޭތީކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

އަތަމާ ފައުންޑޭޝަނުން ވިލާކޮލެޖާއެކު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ" ޕްރޮގްރާމް ދިވެހި ޒުވާނުންގެ ތެރެއިން މިދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

4 މަސްދުވަހުގެ މުއްދަތަށް ހިންގޭ މި ކޯހުގައި ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ ކުރިއަށް ގެންދެވޭނީ ރިސޯޓުގައެވެ. ކިޔަވައިދިނުމާއި އަމަލީ ތަޖުރިބާ ހޯދުމުގެ މަސައްކަތްތައް ވިލާކޮލެޖުން ވިލަރެސް ކުރާގޮތަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ އެންމެހާ ޚަރަދުތައް ކުރާގޮތަށް ހަމަޖެހިފާއިވަނީ އަތަމާ ފައުންޑޭޝަނުންނެވެ. މިގޮތުން ފަށާ ފުރަތަމަ ބެޗަށް ނެގުމަށް ހަމަޖެހިފަނީ 20 ދަރިވަރުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް