Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާއަށް ބޭސްފަރުވާއަށް ދިއުން

ބޯޑަރު ބަންދު ނަމަވެސް 3000ށް ވުރެ ގިނަ ދިވެހިނަށް އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތު ދީފައިވޭ

އިންޑިއާއަށް ފުރުވާލެވުނު ފުރަތަމަ ބެޗުގައި 37 ހާލުދެރަ ބަލިމީހުންނާއި އެހީތެރިން ހިމެނިފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2021 | ހުކުރު 10:27
މޯލްޑިވިއަން ގެ ފްލައިޓެއް ފުރަން ތައްޔާރުވަނީ

މޯލްޑިވިއަން ގެ ފްލައިޓެއް ފުރަން ތައްޔާރުވަނީ

އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވަނިކޮށް، މިހާތަނަށް 3000 އަށް ވުރެ ގިނަ ދިވެހިން ބޭސް ފަރުވާއަށް އިންޑިއާއަށް ދަތުރުކޮށްފައި ވާކަމަށް ރާއްޖޭގަ ހުންނަ އިންޑިއާ އެމްބަސީން ބުނެފިއެވެ.

އެންބަސީން ބުނީ އިންޑިއާގެ ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން އަވަސް ގޮތެއްގައި ދިވެހިންނަށް ވިސާ އާއި ދަތުރުކުމުގެ ހުއްދަ ލިބޭނޭގޮތް މަގުފަހި ކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ލިބުނު ހާއްސަ އިނާޔަތެއްގެ ދަށުން ދަތުރުކުރުމުގެ ހުއްދަ ލިބި، އިންޑިއާއަށް ފުރުވާލެވުނު ފުރަތަމަ ބެޗުގައި 37 ހާލުދެރަ ބަލިމީހުންނާއި އެހީތެރިން ހިމެނިފައިވާކަމަށެވެ.

Advertisement - newsAdvertisement

އަދި ރެގިއުލަރ ވިސާ ބަންދުކުރެވިފައިވާ މިދަނޑިވަޅުގައި، ބަލިމީހުންނަށާއި އެހީތެރިންނަށް ވީއެންމެ އަވަހަކަށް ވިސާ ފޯރުކޮށްދިނުމަށްޓަކައި ހައި ކޮމިޝަންގެ މުވައްޒަފުން ވަނީ އިތުރުގަޑީގައި އާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ކެނޑިނޭޅި މަސައްކަތް ކޮށްފައިވާ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދުކުރެވިފައިވާ މި ދަނޑިވަޅުގައި އެތައްހާސް ދިވެހިންނަށް ބޭސް ފަރުވާއަށް އިންޑިއާއަށް ދަތުރުކުރެވުނުކަމީ ދިވެހިރާއްޖެ އާއި އިންޑިއާގެ މެދުގައިވާ ބައިލެޓަރަލް ގުޅުމުގެ ވަރުގަދަކަމާއި ބަދަހިކަން ސާބިތުކޮށްދޭ ހެއްކެތްކަމަށް ހައި ކޮމިޝަން އޮފް އިންޑިއާއިން ބުނެއެވެ.

ދިވެހިންނަށް ބޭސް ފަރުވާއަށް އިންޑިއާއަށް ދަތުރުކުމަށް މަގުފަހި ކޮށްދެވުމުގެ އިތުރުން މާޗު 2020ގައި 5.5 ޓަނުގެ ޒަރޫރީ ބޭސް ހަދިޔާކޮށްފައިވެއެވެ. އަދި އޮޕަރޭޝަން ސަންޖީވަނީ މެދުވެރިކޮށް އޭޕްރިލް 2020ގައި އިންޑިއާގެ އެކި ޝަހަރުތަކުން 6.3 ޓަނުގެ ޒަރޫރީ ބޭހުގެ ޝިޕްމެންޓެއް ވަނީ އެއާލިފްޓް ކުރެވިފައެވެ.

މީގެ އިތުރުން ސެޕްޓެމްބަރ އަދި އޮކްޓޯބަރ 2020ގައި ކޮވިޑް-19ން އަރައިގަތުމާއި ގުޅޭގޮތުން ސިއްހީދާއިރާގެ މަސައްކަތްތެރިންނަށާއި، ސިވިލް ސާވިސް މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމް ތަކެއް ހިންގާފައިވެއެވެ.

އަދި ޑިސެމްބަރ 2020ގައި ދިވެހިރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްއަށް ދިމާވި ބީސީޖީ ވެކްސިންގެ ދަތިކަމުގެ ފޫބެއްދުމަށް، ވެކްސިންގެ 2400 ވައެލް (ކޮންމެ ވައެލްއެއްގައި 10 ޑޯޒް) ހަދިޔާ ކޮށްފައިވެއެވެ.

މީގެ އިތުރުން، އިންޑިއާގެ ސްރީ ޗިތުރަ ޓިރުނަލް އިންސްޓިޓިއުޓް ފޮރ މެޑިކަލް ސައެންސަސް އެންޑް ޓެކްނޮލޮޖީ (އެސްސީޓީއައިއެމްއެސްޓީ) ގައި ކާޑިއޯ އިލެކްޓްރޯ-ފިޒިއޮލޮޖީއިން ޕޯސްޓް ޑޮކްޓޯރަލް ފެލޯޝިޕް ހެދުމަށް ދިވެހިރާއްޖޭގެ ފުންނާބުއުސް ކާޑިއޮލޮޖިސްޓް، ޑރ. އަލީ ޝަފީޤް ހޮވިވަޑައިގެންފައިވާކަން ހައި ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

ދާދި ފަހުން އިންޑިއާއިން ވަނީ މޮޑާން މެޑިސިންގެ ދާއިރާއިން ޕޯސްޓް-ގްރެޖުއޭޓް އަދި ޕޯސްޓް ޑޮކްޓޯރަލް 'ފެލޯޝިޕް ފޯ އިންޓަނެޝަނަލް ސްޓޫޑެންޓްސް (އެފް.ޕީ.އައި.އެސް)' ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު