Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ އާއި ޓީސީގެ މެޗު

އެއް ފަހަރާ ހުރިހާ ކަމެއް ބަދަލުކުރަން އުނދަގޫވާނެ: ވިޑަކޮވިޗް

ވިޑަކޮވިޗުގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2021 | ބުރާސްފަތި 13:35
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ގޭމް ޕްލޭން އެއް ފަހަރާ ބަދަލުކުރަން އުނދަގޫވާނެ ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

މާޒިޔާގެ ކޯޗުގެ މަގާމުން މުޙައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާދިނުމާ ގުޅިގެން ވިޑަކޮވިޗް އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. ވިޑަކޮވިޗުގެ އިރުޝާދުގެ ދަށުން މާޒިޔާއިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް އެއް މެޗު ކުޅެފައިވާއިރު، އެ މެޗުން މާޒިޔާ ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ލީގުގައި ހުކުރު ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ މިދިޔަ މެޗުގައި 80 އިންސައްތަ އޭނާ ބޭނުންވި ގޮތަށް ކުޅުންތެރިން ކުޅުނު ކަމަށާއި، އެކަމަކު އެ މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނެގުމާއެކު ދެވަނަ ހާފުގައި ކުޅުންތެރިންނަށް ކަންކަން ފަސޭހަކޮށްލެވުނު ކަމަށެވެ.

އަދި މާޒިޔާގެ ގޭމް ޕްލޭން ބަދަލުކުރަން ބަލާއިރު، އެއް ފަހަރާ ހުރިހާ ކަމެއް ބަދަލުކުރަން އުނދަގޫވާނެ ކަމަށާއި، ކުޅުންތެރިންނަށް ކަންކަން ދަސްކޮށްދޭން ޖެހޭނީ ވަކިވަކިން ބަހާލައިގެން ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ. ވިޑަކޮވިޗް އިތުރަށް ބުނީ މުޅި ގޭމް ޕްލޭން ބަދަލުކުރަން ނަގާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި، އެކަމަކު މިދިޔަ އެއް މެޗުގައިވެސް ކުޅުންތެރިން އޭނާގެ ގޭމް ޕްލޭނާ އެއްގޮތަށް ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފައިވާ ކަމަށެވެ.

ވިޑަކޮވިޗުގެ އިރުޝާދުގެ ދަށުން މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ މާޒިޔާ އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ވެލެންސިއާއަށްވެސް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މާޒިޔާ މެޗުގެ ކުރިން ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މިދިޔަ މެޗުގައި ވެލެންސިއާ އަތުން ލިބުނު ޕޮއިންޓަކީ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އެކަމަކު ވެލެންސިއާއާ ދެކޮޅަށް ކުޅުމަށްފަހު އަނެއްކާވެސް ޓީސީއަށް އޮތީ ވަރުގަދަ މެޗެއް ކަމަށާއި، ކުޅުންތެރިންގެ ރިކަވަރީއާ ކަންކަމަށް ބަލާއިރު މި މެޗަށް ނުކުންނައިރު، ކޮންމެވެސް ވަރެއްގެ އުނދަގޫ ކަމެއް ހުންނާނެ ކަމަށް ޝާޒްލީ ބުންޏެވެ.

ޝާޒްލީ އިތުރަށް ބުނީ މާޒިޔާއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކުލަބު ކަމަށާއި، އެ ޓީމަކީ ދަނޑު ތެރޭގައާއި ދަނޑު ބޭރުގައިވެސް އެންމެ ފުރިހަމަ ޓީމު ކަމަށެވެ. އެހެންކަމުން އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށާއި، އެ ޓީމުގައި ނަތީޖާ ބަދަލުކުރެވޭ ފެންވަރުގެ ކުޅުންތެރިން ބެންޗުގައިވެސް އެބަތިބި ކަމަށް ޝާޒްލީ ވަނީ ބުނެފައެވެ.

ލީގުގައި މިހާތަނަށް ޓީސީން ފަސް މެޗު ކުޅެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު