Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ސުޕަ ކަޕް

ޕީއެސްޖީއާއެކު ޕޮޗެޓީނޯ ފުރަތަމަ ތަށި އުފުލާލައިފި

މާސޭ އަތުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖެނުއަރީ 2021 | ބުރާސްފަތި 07:01
ފްރެންޗް ސުޕަ ކަޕުގެ ތަށި ޕީއެސްޖީން އުފުލާލަނީ

ފްރެންޗް ސުޕަ ކަޕުގެ ތަށި ޕީއެސްޖީން އުފުލާލަނީ

ފްރެންޗް ސުޕަ ކަޕުގައި މާސޭ ބަލިކޮށް، ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗިންގ ކެރިއަރުގައި ފުރަތަމަ ތަށި އުފުލާލައިފިއެވެ.

ތޯމަސް ޓުޗެލް ވަކިކޮށް މި މަހުގެ ތިންވަނަ ދުވަހު ޕީއެސްޖީގެ ކޯޗުގެ މަގާމަށް މައުރީސިއޯ ޕޮޗެޓީނޯ ހަމަޖެއްސިއިރު، މީގެ ކުރިން އެސްޕަންޔޯލް، ސައުތެމްޓަން އަދި ޓޮޓެންހަމް ހޮޓްސްޕާއަށް އިރުޝާދު ދިން ޕޮޗެޓީނޯއަށް މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެކަމަކު ޓޮޓެންހަމާއެކު އިނގިރޭސި ލީގު ކަޕުގެ ފައިނަލާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރިއިރު، އެ ދެ މެޗުންވެސް ޓޮޓެންހަމް ވަނީ ބަލިވެފައެވެ.

އެކަމަކު ޕީއެސްޖީއާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕޮޗެޓީނޯ ތައްޓެއް އުފުލާލީ ފްރެންޗް ސުޕަ ކަޕުގައި ބުދަ ދުވަހުގެރޭ 2-1 ގެ ނަތީޖާއަކުން މާސޭ ބަލިކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ލީޑު ނެގިއިރު، މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައި ނޭމާ ވަނީ ޕެނަލްޓީއަކުން ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޕީއެސްޖީގެ އިކާޑީއަށް މާސޭގެ ޔޯހަން ޕެލޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޑިމިޓްރީ ޕަޔެޓް ވަނީ މާސޭއަށް ލަނޑެއް ޖަހާދީފައެވެ.

ޕޮޗެޓީނޯއާއެކު ޕީއެސްޖީން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރިއިރު، މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ކުޅެފައިވަނީ އެންމެ ތިން މެޗެވެ. ފްރެންޗް ސުޕަ ކަޕް ހިމަނައިގެން ދެ މެޗުން ޕީއެސްޖީ މޮޅުވެފައިވާއިރު، ޕޮޗެޓީނޯގެ ފުރަތަމަ މެޗުން ފްރެންޗް ލީގުގައި ޕީއެސްޖީ ވަނީ އެއްވަރުވެފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު