Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

ޔުވެންޓަސް އާއި އިންޓަ ކުއާޓާއަށް

ޖެނޯއާ އަތުން ޔުވެންޓަސް މޮޅުވީ 3-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖެނުއަރީ 2021 | ބުރާސްފަތި 05:53
ޔުވެންޓަސް އާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-2 ން

ޔުވެންޓަސް އާއި ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-2 ން

އިޓާލިއަން ކަޕުގައި ކުއާޓާފައިނަލަށް ޔުވެންޓަސް އާއި އިންޓަ މިލާން ދަތުރުކޮށްފިއެވެ.

ކުއާޓާއިން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޔުވެންޓަސް ޖާގައެއް ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ޖެނޯއާ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެޔާން ކުލުސެވްސްކީއެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ކުރީކޮޅު ޔުވެންޓަސްއިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، މެޗުގެ 28 ވަނަ މިނެޓުގައި ލެނާޓް ޒިބޯރާ ވަނީ ލަނޑެއް ޖަހާ ޖެނޯއާއަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އެ ޓީމުން މެޗުގައި ނަތީޖާ އެއްވަރުކޮށްފައިވަނީ 74 ވަނަ މިނެޓުގައި ފިލިއްޕޯ މެލެގޯނީ ކާމިޔާބުކުރި ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރިވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔުވެންޓަސްއިން ވަނީ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ހަމްޒާ ރަފިއާއެވެ.

މީގެ އިތުރުން މި މުބާރާތުގެ ކުއާޓާއަށް އިންޓަ ދަތުރުކުރީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ފިއޮރެންޓީނާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫއެވެ. އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ކްރިސްޓިއަން ކޯމޭ ވަނީ ފިއޮރެންޓީނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރިވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އިންޓައިން ލީޑު ނަގާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މި މެޗުން އިންޓަ މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ލުކާކޫއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ އިޓާލިއަން ކަޕުގެ ކުއާޓާއަށް ޔުވެންޓަސް އާއި އިންޓަ ދަތުރުކުރިއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ނާޕޮލީވެސް ވަނީ ބުދަ ދުވަހުގެރޭ އެމްޕޯލީ ބަލިކޮށް ކުއާޓާއިން ޖާގައެއް ކަށަވަރުކޮށްފައެވެ. މިހާތަނަށް ހަތަރު ޓީމެއް ކުއާޓާއަށް ދަތުރުކޮށްފައިވާއިރު، ކުއާޓާގައި އިންޓަ ބައްދަލުކުރަން ޖެހޭނީ ވާދަވެރި އޭސީ މިލާނާއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު