Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާ2000 ފަރަމަންތާ ޗެލެންޖް

ބާ2000 ފަރަމަންތާ ޗެލެންޖް: އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން ހުޅުވާލައިފި

އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އޮންނާނީ އޭޕްރީލް 1-3 ށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2021 | ބުދަ 14:31
މީގެ ކުރިން ބޭއްވި އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެއްގެ ތެރެއިން

މީގެ ކުރިން ބޭއްވި އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެއްގެ ތެރެއިން

ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމުގެ އިތުރުން ސާފިންނާއި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މީގެ ތެރެއިން އޯޕަން ވޯޓާ ފެތުމުގެ މުބާރާތް އޮންނާނީ މި އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް އޮންނާނީ މާލޭ ރަސްފަންނު ބޭރުގައެވެ.

އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލިއިރު، އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގައި ފަސް ކެޓެގަރީއެއް ހިމެނޭއިރު، މި ކޮންމެ ކެޓެގެރީއެއްގައި 30 ޖާގަ ވަނީ ހިމަނާފައެވެ. އޯޕަން ވޯޓާ ފެތުމުގައި ހިމެނޭ ކެޓެގަރީތަކަކީ އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދު (އެއް ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު (ތިން ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދު (ފަސް ކިލޯމީޓަރު)، 18 އަހަރުން މަތި (ފަސް ކިލޯމީޓަރު) އަދި 35 އަހަރުން މަތި (ތިން ކިލޯމީޓަރު) އެވެ. މި ކޮންމެ ކެޓެގަރީއެއްގައިވެސް އަންހެން އަދި ފިރިހެން ބައި އޮންނާނެއެވެ.

ދެން އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގައި ހިމެނެނީ ޓީމު އިވެންޓް (10 ކިލޯމީޓަރު) އެވެ. އަންހެން ފިރިހެން އެއްކޮށް މި ބައި ކުރިއަށްދާއިރު، މި ބައިގައި 30 ޓީމަށް ބައިވެރިވެވޭނެ ކަމަށްވެސް މުބާރާތް އިންތިޒާމުކުރާ ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން އޯޕަން ވޯޓާ ފެތުމުގެ އިވެންޓް ޑިރެކްޓަރު އިސްމާޢީލް ފަރުހާން (ފަރޭ) ބުނީ މާލޭގައި މި މުބާރާތް ކުރިއަށްގެންދަން އެންމެ ރަނގަޅު ސަރަހައްދަކީ ރަސްފަންނު ބޭރު ކަމަށެވެ. އަދި މި މުބާރާތުގައި ފަސް ކެޓެގަރީއެއް ހިމެނޭއިރު، އެ ކެޓެގަރީތަކުގެ އިތުރުން ދެން ބާއްވާ ޓީމު އިވެންޓަކީ މުޅިން އަލަށް ރާއްޖޭގައި ބާއްވާ އިވެންޓެއް ކަމަށްވެސް ފަރޭ ބުންޏެވެ. އެގޮތުން ޓީމު އިވެންޓުގައި ފަސް ފެތުންތެރިން ފަތަން ޖެހޭއިރު، ކޮންމެ ފެތުންތެރިއަކު ދެ ކިލޯމީޓަރު ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި، ކޮންމެ ޓީމެއްގައިވެސް އަންހެން އެއް ފެތުންތެރިއަކު ހިމަނަން ޖެހޭނެ ކަމަށްވެސް ފަރޭ ވަނީ ބުނެފައެވެ.

އޯޕަން ވޯޓާ ފެތުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު، 18 އަހަަރުން މަތީގެ ފެތުންތެރިން މުބާރާތުގައި ބައިވެރިވުމަށް 200 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 18 އަހަރުން ދަށުގެ ފެތުންތެރިން 50 ރުފިޔާ ދައްކަން ޖެހޭއިރު، ޓީމު އިވެންޓުގައި ބައިވެރިވާ ޓީމުތަކުން 500 ރުފިޔާ ދައްކަން ޖެހެއެވެ.

"ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ މި ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި

ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި

16 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް

އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް

11 ޖޫން 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު