Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދު ފުރުން މަނާކުރި މައްސަލަ

ޖިހާދު ފުރުން މަނާކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި

އުފުލާފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2021 | ބުދަ 12:53
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޝަރީއަތެއްގެ ތެރެއިން

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޝަރީއަތެއްގެ ތެރެއިން

ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށްފައި އޮތް އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައިގައި ހައިކޯޓުން ޙުކުމް ކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހައި ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރިފައިވާ އަމުރެއް ކަމަށެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.

ހައި ކޯޓުގައި މި މައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި، އިސްފަނޑިޔާރު ހާތިފް ޙިލްމީގެ އިތުރުން، ފަނޑިޔާރު އަބްދުލްރައޫފް އިބްރާހީމެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޖިހާދުގެ ފަރާތުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދައަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އޭރު ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޖިހާދު ފުރުން މަނާކޮށް އަމުރެއް ނެރުނެވެ. އެގޮތުން ކްރިމިނަލް ކޯޓުން އޭރު މި އަމުރު ނެރިފައިވަނީ ޖިހާދު ރާއްޖެއިން ބޭރަށް ގޮސްފިނަމަ އަނބުރާ ނައުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގެ މި އަމުރާ ގުޅިގެން ޖިހާދުގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލައިގައި މައިގަނޑު ހަތަރު އިސްތިއުނާފީ ނުކުތާއެއް ބަޔާންކޮށްފައިވެއެވެ.

ޖިހާދުގެ ފަރާތުން ހުށަހެޅި ނުކުތާތައް:

މި މައްސަލަ އިސްތިއުނާފުކޮށް ޖިހާދުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަކީ އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުން ޖިހާދުގެ ވަކީލުން ބުނެފައިވަނީ، އޭނާގެ މައްޗަށް ހުށައަޅާފައިވާ ދައުވާ އަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ބޮޑު ކުށަކަށް ނުވާއިރު، އިސްތިއުނާފު ކޮށްފައިވާ އަމުރުގައި އެއީ ބޮޑު ކުށެއް ކަމުގައި އޮތް އޮތުންވެސް އެއީ ހުށަހެޅިފައިވާ ދައުވާއާ ޚިލާފަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުން ޖިހާދުގެ ފަރާތުން ވަނީ، ކްރިމިނަލް ކޯޓުގެ މި އަމުރަކީ ޤާނޫނޫ އަސާސީގެ 41 ވަނަ މާއްދާއިން ލިބިދޭ ދަތުރުފަތުރު ކުރުމުގެ އަސާސީ ޙައްޤަށް އުނިކަން އަންނަ ފަދަ އަމުރެއްކަން ބަޔާންކުރައްވާފައެވެ. އަދި ފުރުމަށް ހަމަޖެހިފައިވާ ތާރީޚާއި، ދެކޮޅު ޓިކެޓުވެސް ޖިހާދުގެ ފަރާތުން ހުށައަޅާފައިވާކަން އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.

ފަހު ނުކުތާއެއްގެ ގޮތުން ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ މި އަމުރު ނެރުމުގައި ޙަވާލާދީފައިވާ ހައި ކޯޓުގެ ގަޟިއްޔާ ތަތްބީޤު ކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު