Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުން

''އިކޮނޮމިކް ބޫމްއެއް'' އަންނާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުން ހަގީގަތަކަށްވެއްޖެ

13 ޖެނުއަރީ 2021 | ބުދަ 10:04

ސިނާއަތް ކުރިއެރުވުމަށް އެކުލަވާލި ޕްލޭން އެކުލަވާލެއްވުމުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހު

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖެނުއަރީ 2021 | ބުދަ 10:04
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް،

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް،

ރާއްޖޭގެ ރިސޯޓްތައް ފުރި އިކޮނޮމިކް ބޫމްއެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުން މިއަދު ހަގީގަތަކަށްވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޮވިޑް ފެނުމުން 2020 ވަނަ އަހަރުގެ މާޗް މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަހަރު ނިމޭ ކޮޅު ރާއްޖޭގެ ރިސޯޓްތައް ފުރި އިކޮނޮމިކް ބޫމް އެއް އަންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. އަދި އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

Advertisement - newsAdvertisement

އެފާޑު ކިޔުންތަކަށް ރައްދުދެއްވާ ''ފަލަސުރުހީ'' ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ރައީސް ސޯލިހުއަކީ ވަރަށް ބޮޑަށް ދުރު ވިސްނަވާ ދުރު ވިސްނޭ ބޭފުޅެއް ކަމަށާއި، ކޮވިޑްގެ މިހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން އުންމީދު ކުރި ގޮތާއި ހިލާފަށް ބޮޑު ކުރިއެރުމެއް ލިބެގެންދިޔައީ ރައީސް ސޯލިހުގެ ބައިވެރިވަޑައިގަތުމާއެކުގައި ކަމަށެވެ.

އެގޮތުން ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް އެކުލަވާލި ޕްލޭންއާއި، ކޮވިޑް-19އާއެކު ވެސް ސިނާއަތް ކުރިއެރުވައި، ސިއްހީ ދާއިރާއާއި، އާއްމު ހާލަތު ބެއްލެވުމުގެ މަސައްކަތްތަތަކުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހު ކަމަށެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ ހުރިހާ ކަމެއް ކުރިއަށް ގެންދެވީ އެމެނިކުފާނުގެ ދުރު ވިސްނޭ އިރުޝާދާއި ލަފާގެ ދަށުން ކަމަށާއި މިއަދު މިދެކޭ ކާމިޔާބީއަކީ ރައީސް ސޯލިހުގެ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ނަތީޖާކަމަށެވެ. އެހެންކަމުން އެމަނިކުފާނު މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށްފަހު، މާކުރިން ގައުމުގެ މިސްރާބާއި ކުލަވަރު ތަސައްވުރު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ސޯލިހު ބޭނުންފުޅުވެލައްވަނީ ފަތުރުވެރިކަމުގެ މަންފާ ހުރިހާ ރައްޔިތުންނަށް ލިބިގެންދިއުންކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މާލެއިން ދެކުނަށް މާލެއިން އުތަރަށް އަދި މެދު ރާއްޖެތެރެ ރިސޯޓުތައް ހެދި ރަށްރަށަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ ސިހްހީ ދާއިރާގެ މަސައްކަތްތެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންގެ ދައުރު ވެސް ވަރަށް ބޮޑު ކަމަށެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ ހަމައެކަނި ޝުކުރަކުން މަސައްކަތުގެ އަގު ވަޒަން ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ވެސް ބޮޑެތި ގުރުބާނީތަކެއް އެމުވައްޒަފުން ވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

2020 ވަނަ އަހަރު ނިމޭކޮޅު ރާއްޖޭގެ ރިސޯޓްތައް ފުރި އިކޮނޮމިކް ބޫމް އެއް އަންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވުމުން އެކަމާ ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައިވީ ނަމަވެސް އަހަރު ނިމުނު އިރު ރިސޯޓްތައް ފުރި، ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ވެސް ވަނީ ފުރިފައިއެވެ. އަދި ކުރިއަށް އޮތްތަނުގައި ގޮންޖެހުންތަކާއެކު ވެސް ފަތުރުވެރިކަމުގެ ސިނާއަތް ބޮޑުތަނުން ކުރިއަރައިގެން ދާނެ ސަރުކާރުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް