Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް އިމްޕީޗްކުރުމަށް ކުރަމުންދާ މަސައްކަތް

ޓްރަމްޕް އިމްޕީޗްކުރުމުގެ ވޯޓު ބުދަ ދުވަހު ނެގުމަށް ޑިމޮކްރަޓުން މަސައްކަތްކުރަނީ

އެމެންޑްމަންޓް 25 ގެ ބޭނުންކުރުމަށް ފާސްކުރުމުގެ އިތުރުން ދެން ހައުސް އިން ކުރާނެ ކަމަކީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ވޯޓު ނެގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖެނުއަރީ 2021 | ބުދަ 03:47
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ހައުސްގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރަޓުން ބުދަ ދުވަހު ޓްރަމްޕް މަގާމުން އަޒުލުކުރުމުގެ ވޯޓު ނެގުމަށް ތައްޔާރުވާން ފަށައިފިއެވެ.

ކެޕިޓޮލްގެ ތެރެއަށް ޓްރަމްޕްގެ ސަޕޯޓަރުން ގަދަކަމުން ވަދެ ހިންގި ހަމަނުޖެހުމަށްފަހު ޓްރަމްޕް މަގާމުން އަޒުލުކުރުމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ޓްރަމްޕް މަގާމުން އަޒުލުކުރުމަށް ޑިމޮކްރަޓުން އެމައްސަލަ ހައުސް އަށް ވައްދާފައިވަނީ ހޯމަ ދުވަހުއެވެ.

ޓްރަމްޕް މަގާމުން އަޒުލުކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހައުސްގެ މެޖޯރިޓީ ލީޑަރ ސްޓެނީ ހޯޔަރ ވިދާޅުވީ ހައުސް އިން އެންމެ ފުރަތަމަ ވޯޓު ނަގާނީ އެމެންޑްމަންޓް 25 ގެ ބޭނުންކުރުމަށް ނައިބު ރައީސް މައިކް ޕެންސް އަށް ހުށަހެޅުމަށެވެ. ނައިބު ރައީސް މައިކް ޕެންސް އެމެންޑްމަންޓް 25 ގެ ބޭނުންކުރައްވައިފިނަމަ ޓްރަމްޕްގެ އަތްޕުޅުގައިވާ ރައީސްކަމުގެ ބާރުތައް ދިޔައީއެވެ. އަދި އެބާރުތައް ނައިބު ރައީސް އަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެންޑްމަންޓް 25 ގެ ބޭނުންކުރުމަށް ފާސްކުރުމުގެ އިތުރުން ދެން ހައުސް އިން ކުރާނެ ކަމަކީ ޓްރަމްޕް ވެރިކަމުން އަޒުލުކުރުމަށް ވޯޓު ނެގުން ކަމަށް ސްޓެނީ ވިދާޅުވިއެވެ.

ޑިމޮކްރަޓުން ހޯމަ ދުވަހު އިމްޕީޗްމެންޓް އަރޓިކަލް ހުށަހަޅާފައިވާއިރު އޭގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ޓްރަމްޕް ޤާނޫނާއި ގަވާއިދާ ޚިލާފަށް ބާރުތަކުގެ ބޭނުންހިތްޕަވާ ސަރުކާރާއި ނުވަތަ ސަރުކާރުގެ އިދާރާއަކާއި ދެކޮޅަށް ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރައްވާފައިވުމެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީ އާ ކުރިމަތިވެ ވަޑައިގެންނެވުމުން އެކަން ގަބޫލުނުކުރައްވާ އިންތިޚާބު އޮޅުވާލާފައިވާކަމަށް ވިދާޅުވެ ވާހަކަދައްކަވާ ސަޕޯޓަރުންނަށް ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދީފައިވާ ކަމަށް ވަނީ އިމްޕީޗްމަންޓް އަރޓިކަލް ގައި ބުނެފައެވެ.

އަދި ޖޯރޖިއާގެ ރިޕަބްލިކަން ސެކެޓްރީ އޮފް ސޭޓްޓަށް ގުޅުއްވާ އެ ސްޓޭޓުން ޓްރަމްޕަށް ކާމިޔާބު ހޯއްދެވުމަށް ބޭނުންވާ އަދަދަށް ވޯޓު ހޯއްދެވުމަށް އެދިވަޑައިގަންނަވާފައިވާތީ އެކަންވެސް ވަނީ ބަޔާންކޮށްފައެވެ.

"މިހުރިހާ ކަންތައްތަކަކާއެކު ޓްރަމްޕް ވެފައިމިވަނީ އެމެރިކާގެ ސަލާމަތަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ނުރައްކާތެރި މީހަކަށް" އަރޓިކަލްގައި އިތުރަށް ބުނެފައިވެއެވެ.

ޓްރަމްޕް އިމްޕީޗްކުރުމަށް ހައުސް އިން ފާސްކޮށްފިނަމަ ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ދެވަނަ ފަހަރަށް ހައުސްއިން އަޒުލުކުރުމަށް ފާސްކުރި ރައީސްއަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުވެސް ޓްރަމްޕް މަގާމުން އަޒުލުކުރުމަށް ހައުސްއިން ވަނީ ފާސްކޮށްފައެވެ. ޓްރަމްޕް އެފަހަރު މަގާމުން އަޒުލުކުރެވިފައި ނުވަނީ ސެނަޓުން އެގޮތަށް ފާސްނުކުރުމުންނެވެ. ސެނެޓްގައި މެޖޯރިޓީއަކީ ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަންއެވެ.

ޓްރަމްޕް އިމްޕީޗް ކުރުމުގެ މަސައްކަތް ޑިމޮކްރަޓުން ކުރަމުންދާއިރު ހައުސްގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަނުން އަންނަނީ ޓްރަމްޕް އިމްޕީޗް ނުކުރުމަށް ބާރު އަޅަމުންނެވެ. އެއީ އެކަމުގެ ސަބަބުން މީހުންގެ މެދުގައި ބައިބައިވުން އުފެދޭނެކަމަށް ބުނަމުންނެވެ. ޓްރަމްޕް އިމްޕީޗް ކުރުމާމެދު މިފަހަރު ރިޕަބްލިކަނުންގެ މެދުގައިވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ހައުސްގެ މައިނޯރިޓީ ލީޑަރ ކެވިން މެކާރތީ އެޕާޓީގެ އެހެން މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން 4 ކަމެއް ފާހަގަކުރައްވާފައެވެ.

އޭގެތެރޭގައި ހިމެނެނީ މެމްބަރުންގެ ޚިޔާލުފުޅުތަކަށް ބެއްލެވުމަށްފަހު މީހަކު ޤާނޫނާއި ޚިލާފަށް ކުރާ ކަމެއް ކުށްވެރިކުރުމުގައި ހައުސްއިން މިހާރު ގެންގުޅޭ އުސޫލު ބަދަލުކުރުމަށެވެ. އެކަން ކުރާނެ އިތުރު ގޮތްތަކެއް ހުށަހަޅާފައިވާއިރު ، ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތައް މައި ދެ ޕާޓީގެ މެމްބަރުން ހިމެނޭ ކޮމިޝަނަކުން ތަހުގީގުކުރުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

މީގެއިތުރުން 1887 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އިލެކްޓޯރަލް ކައުންޓް އެކްޓް އިސްލާހުކުރުމަށާއި ވޯޓުލާ މީހުންގެ އިތުބާރު ނިޒާމަށް މިހާރަށްވުރެ ބޮޑަށް ހޯދުމަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ހައުސްގައި ހިމެނޭ ރިޕަބްލިކަން މެމްބަރުން ގެންދަވަނީ ޓްރަމްޕް އިމްޕީޗްކުރުމުގެ ބަދަލުގައި ކެޕިޓޮލްގައި ހިނގާދިޔަ ކަންތައްތައް ތަހުގީގުކުރުމަށް ގޮވާލައްވަމުންނެވެ. އަދި ކޮމިޝަނެއް އެކުލަވާލާ ކެޕިޓޮލްގައި ހިނގާ ދިޔަ ކަންތައްތަކުގައި ޓްރަމްޕްގެ ހިއްސާ އޮތް މިންވަރު ދެނެގަތުމަށް އަންނަނީ ގޮވާލަމުންނެވެ.

ނަމަވެސް ހައުސްގެ ސްޕީކަރ ނެންސީ ޕެލޯސީ ވިދާޅުވަނީ ޓްރަމްޕް ކުރެއްވި ކަންތައް ކުށްވެރިކުރުން އެކަނި އެއީ ޒިންމާ އަދާކުރުން ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު