Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ ތައާރަފްކޮށްފި

11 ޖެނުއަރީ 2021 | ހޯމަ 17:41

މި ޕޮލިސީގައި ޓެކްސް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި މީރާ އިން ބޭނުން ކުރާނެ މޮޑެލް ހިމަނާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ޖެނުއަރީ 2021 | ހޯމަ 17:41
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ އަދި 2021 ވަނަ އަހަރުގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' ތައާރަފުކޮށްފިއެވެ.

މީރާ އިން ބުނީ، މި ޕޮލިސީއަކީ ޓެކުހާގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއި ފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެއް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުން އިތުރު ކުރުވުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކުގެ ބާވަތަށާއި ކުޑަ ބޮޑުމިނަށް ބަލައި، ކޮމްޕްލަޔަންސް ރިސްކްތައް ދެނެގަނެ، ވަޒަންކޮށް، ގިންތިކޮށް، އެ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތްތައް ކަނޑައަޅާނެ ކަމަށް މީރާ އިން މައުލޫމާތުދެއެވެ. މި ޕޮލިސީގައި ޓެކްސް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި މީރާ އިން ބޭނުން ކުރާނެ މޮޑެލް ހިމަނާފައިވާނެ ކަމަށް ވެސް މީރާއިން ބުންޏެވެ.

މި ޕޮލިސީއާއެކު، މީރާއިން ވަނީ 2021 ވަނަ އަހަރުގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' ތައާރަފުކޮށްފައެވެ. މި ޕްލޭންގައި، ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި 2021 ވަނަ އަހަރަށް މީރާއިން ކުރަން ރާވައިފައިވާ މައިގަނޑު 4 ކަމެއް ވަނީ ހިމަނާފައެވެ.

މިގޮތުން، އެންމެ އިސްކަމެއް ދީފައިވަނީ 2020 ވަނަ އަހަރު އަލަށް ތަޢާރަފު ކުރެވުނު އިންކަމް ޓެކުހާގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް ޓެކްސް ދައްކާ ފަރާތްތަކަށް މަގުފަހިކޮށްދީ އެހީތެރިކަން ފޯރުވައިދިނުމަށާއި ކޮވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސް އަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެއިތުރުން، ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި 2018 އަދި 2019 ވަނަ އަހަރުގެ ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި މައްސަލަ ހުރި ފަރާތްތައް ދެނެގަނެ އެމައްސަލަތަކާއި އެކަށޭނެ ފިޔަވަޅު އެޅުމަށްޓަކައި ހިންގޭނެ ޚަރަކާތްތައްވެސް އެ ޕްލޭންގައި ހިމަނައިފައި ވާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. އޭގެތެރޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާ ގުޅޭ މައުލޫމާތު ދިނުމާއި އެ ފަރާތްތަކާ ގުޅިގެން ޓެކުހާގުޅޭ މައްސަލަތައް ހައްލުކުރުމާއި އޮޑިޓް ކުރުމުގެ އިތުރުން ޓެކުހަށް މަކަރު ހަދާ ފަރާތްތަކުގެ ތަހުގީގު ހިންގުން ހިމެނޭކަމަށް މީރާއިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2020

މީރާގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފި

04 އޯގަސްޓު 2020
މީރާގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފި
11 މާރިޗު 2020

ކޮވިޑް-19: ސިކްސް އިން ވަން ހޮޓެލް ބަންދުކުރަނީ އާންމުންގެ ރައްކަލަކަށް، ވައިރަސް ފެނިގެނެއް ނޫން: މެނޭޖްމަންޓް

11 މާރިޗު 2020
ކޮވިޑް-19: ސިކްސް އިން ވަން ހޮޓެލް ބަންދުކުރަނީ އާންމުންގެ ރައްކަލަކަށް، ވައިރަސް ފެނިގެނެއް ނޫން: މެނޭޖްމަންޓް
14 ފެބުރުއަރީ 2020

ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް

14 ފެބުރުއަރީ 2020
ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް
12 ޑިސެމްބަރު 2019

އައްޑޫ ސިޓީ ހުޅުމީދޫގަ، މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

12 ޑިސެމްބަރު 2019
އައްޑޫ ސިޓީ ހުޅުމީދޫގަ، މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި
11 ޑިސެމްބަރު 2018

ނައިފަރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

11 ޑިސެމްބަރު 2018
ނައިފަރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި
18 ޖޫން 2018

މީރާގެ އަހަރީ ރިޕޯޓް: 2017 ވަނަ އަހަރު އާމްދަނީ 15.19 ބިލިއަން!

18 ޖޫން 2018
މީރާގެ އަހަރީ ރިޕޯޓް: 2017 ވަނަ އަހަރު އާމްދަނީ 15.19 ބިލިއަން!
23 އެޕްރީލު 2018

މީރާގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި

23 އެޕްރީލު 2018
މީރާގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި
29 ސެޕްޓެމްބަރު 2017

ދިއްދޫ އާއި ފުނަދޫ ގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިި

29 ސެޕްޓެމްބަރު 2017
ދިއްދޫ އާއި ފުނަދޫ ގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިި
06 ސެޕްޓެމްބަރު 2017

އިނާމު ތަކަކާއެކު މީރާގެ "މިއޮތީ ރަސީދު" ކެމްޕޭން ފަށައިފި

06 ސެޕްޓެމްބަރު 2017
އިނާމު ތަކަކާއެކު މީރާގެ "މިއޮތީ ރަސީދު" ކެމްޕޭން ފަށައިފި
05 އޯގަސްޓު 2017

މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް

05 އޯގަސްޓު 2017
މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް