Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޭމަންޓް ސިސްޓަމް ގާއިމުކުރުން

ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަނީ

9 ޖެނުއަރީ 2021 | ހޮނިހިރު 10:38

ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 ޖެނުއަރީ 2021 | ހޮނިހިރު 10:38
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތަށް ކުރުމަށްޓަކައި ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާންކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތުގެ ޓެކްނިކަލް ކޮންސަލްޓަންޓަކަށް ވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޝަޢުޤުވެރިކަން ފާޅުކުރުމަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އަދި އެކަމަށް އެދި ހުށަހަޅާ ބިޑް މިމަހުގެ 21 ވަނަ ދުވަހުގެ ހުށަހަޅަންޖެހޭނެކަމަށެވެ.

Advertisement - newsAdvertisement

ޕޭމަންޓް ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމުގައިމިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ބޭރުގެ ކުންފުންޏަކާއެކު އެމްއެމްއޭއިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އިންސްޓެންޓް ޕޭމަންޓް ސިސްޓަމަކީ ދިވެހިރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސެވެ.

ރާއްޖެެއަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއް ކަމުގައިވީ ނަމަވެސް، މި ސިސްޓަމް ގާއިމްކުރެވިގެން ދިޔުމާއި އެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީ ނަމަވެސް ފަސޭހަކަމާއި އެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ. މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުޢާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެއެވެ.

މިކަމުގެ ސަބަބުން ދުނިޔޭގައި ފައިނޭންޝަލް ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއި އެއްހަމައެއްގައި ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، އޭގެ ސަބަބުން ދިވެހިންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބުމުގެ މަގު ފަހިކޮށްދޭނެއެވެ.

މި ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ކަމުގައިވާ ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.

އެގޮތުން ސްވިޑަންގައި 'ސްވިޝް'ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކުރުމާއިއެކު، ފިންލެންޑްގައި ފުރަތަމަ ގާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީން ވަނީ ކެންޔާގައި ވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފަރ ސޮލިއުޝަނެއް ޤާއިމުކޮށްދީފައެވެ.

އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވަނީ، މިއީ ދިވެހިރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމުގައެވެ.

މި ސިސްޓަމަކީ، ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ.

މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް، މިވެވުނު އެއްބަސްވުމުގެ ދަށުން ކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ. އަދި 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި މި ސިސްޓަމްގެ ބޭނުން، ރާއްޖޭގައި ހިނގާ މުއާމަލާތްތަކަށް ބޭނުން ކުރަންފެށޭނެކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

03 ޖޫން 2018

މެކޭނިކަލް ކާރ ޕާކިންގ ސިސްޓަމެއް އޭޑީކޭ ގައި ހުޅުވައިފި

03 ޖޫން 2018
މެކޭނިކަލް ކާރ ޕާކިންގ ސިސްޓަމެއް އޭޑީކޭ ގައި ހުޅުވައިފި
11 މެއި 2018

ފްރިކުއެންސީ މޮޑިއުލޭޝަން ސިސްޓަމެއް ޖަމާލުއްދީން ސްކޫލުގައި ބަހައްޓައިފި

11 މެއި 2018
ފްރިކުއެންސީ މޮޑިއުލޭޝަން ސިސްޓަމެއް ޖަމާލުއްދީން ސްކޫލުގައި ބަހައްޓައިފި
14 މާރިޗު 2018

ޓެކްނިކަލް މައްސަލައެކޭ ވިދާޅުވެ، މަސީހު ހެއްދެވީ ބޮޑު ދޮގެއް!

14 މާރިޗު 2018
ޓެކްނިކަލް މައްސަލައެކޭ ވިދާޅުވެ، މަސީހު ހެއްދެވީ ބޮޑު ދޮގެއް!
09 ޑިސެމްބަރު 2017

މަހުލޫފްގެ ބައްޕަގެ މައްޗަށް ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތު ކުރެވުނީ ސިސްޓަމެއް ދިމާވި މައްސަލައެއްގެ ސަބަބުން: ފުލުހުން

09 ޑިސެމްބަރު 2017
މަހުލޫފްގެ ބައްޕަގެ މައްޗަށް ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތު ކުރެވުނީ ސިސްޓަމެއް ދިމާވި މައްސަލައެއްގެ ސަބަބުން: ފުލުހުން
12 ނޮވެމްބަރު 2017

ޕީޕީއެމް އުފެއްދީ ފަނާކުރަނިވި ފިކުރު ދޫކޮށް ބިނާކުރަނިވި ފިކުރު ގާއިމުކުރުމަށް:ޒަމީރު

12 ނޮވެމްބަރު 2017
ޕީޕީއެމް އުފެއްދީ ފަނާކުރަނިވި ފިކުރު ދޫކޮށް ބިނާކުރަނިވި ފިކުރު ގާއިމުކުރުމަށް:ޒަމީރު
30 އޮކްޓޯބަރު 2017

ކުޅުދުއްފުށީ މަގު ހެދުމުގެ ޕްރޮޖެކްޓް ހުއްޓިފައި އޮތީ ޓެކްނިކަލް މައްސަލައަކުން، އެކަން މިހާރު ހައްލުވެއްޖެ: އެމްއާރުޑީސީ

30 އޮކްޓޯބަރު 2017
ކުޅުދުއްފުށީ މަގު ހެދުމުގެ ޕްރޮޖެކްޓް ހުއްޓިފައި އޮތީ ޓެކްނިކަލް މައްސަލައަކުން، އެކަން މިހާރު ހައްލުވެއްޖެ: އެމްއާރުޑީސީ
21 ޖުލައި 2017

ރިޔާސީ އިންތިހާބުގެ ކުރިން ޑިމޮކްރެޓިކް ޖާގަ ގާއިމުކުރުމަށް ބާރު އަޅާނަން: އިނގިރޭސި ވިލާތް

21 ޖުލައި 2017
ރިޔާސީ އިންތިހާބުގެ ކުރިން ޑިމޮކްރެޓިކް ޖާގަ ގާއިމުކުރުމަށް ބާރު އަޅާނަން: އިނގިރޭސި ވިލާތް
27 ޖޫން 2017

ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް

27 ޖޫން 2017
ރާއްޖޭގެ ކޮންމެ ރަށެއްގައި ބެކަޕް ޖަރޭޓަރު ސިސްޓަމެއް ބަހައްޓާނަން: ޝަރީފް
20 ޖޫން 2017

މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް ތަޢާރުފުކޮށްފި

20 ޖޫން 2017
މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް ތަޢާރުފުކޮށްފި
05 މެއި 2017

ކަރަންޓް ކެނޑުނީ ބޮޑު އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ

05 މެއި 2017
ކަރަންޓް ކެނޑުނީ ބޮޑު އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް