Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުދުހޭ ޖަލްސާ

ޕީޕީއެމް އުފެއްދީ ފަނާކުރަނިވި ފިކުރު ދޫކޮށް ބިނާކުރަނިވި ފިކުރު ގާއިމުކުރުމަށް:ޒަމީރު

12 ނޮވެމްބަރު 2017 | އާދީއްތަ 20:22

ރައީސް ޔާމީންގެ އޭރުވެސް ވިޝަނެއް އޮވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 12 ނޮވެމްބަރު 2017 | އާދީއްތަ 20:22
 ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

ޕީޕީއެމް އުފެއްދީ ފަނާކުރަނިވި ފިކުރު ދޫކޮށް ބިނާކުރަނިވި ފިކުރު ގާއިމުކުރަން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި "އުދުހޭ ޖަލްސާ" ނަމުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރައީސް ޔާމީން ގައުމަށް ތަރައްގީ އަންނަންޖެހޭ ގޮތުގެ ވިސްނުންފުޅެއް ގެންގުޅުއްވި ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް އެމަނިކުފާނު ވާދަކުރެއްވީ އިދިކޮޅު ފަރާތްތަކާ ނޫން ކަމަށާއި ގައުމުގައި ހުރި މައްސަލަތަކާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ. ރައީސް މައުމޫންގެ ސަރުކާރަށް އިޝާރާތްކުރައްވައި މޫސާ ޒަމީރު ވިދާޅުވީ އޭރުގެ ސަރުކާރުން ގަބޫލުކުރީ މައްސަލަތައް ހައްލުވާނީ އިދިކޮޅު ފަރާތްތަކަށް ބޯލަނބައިގެން މިނިވަންކަން ދީގެން ކަަމަށެވެ. އަދި އޭގެ ފަހުން އެމްޑީޕީގެ ސަރުކާރުން ގަބޫލުކުރީ ހައްލު އަންނާނީ މަގުމަތިން ފުލުހުންނާ ތަޅައިގެން ކަމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ ވިސްނުމެއް އެމްޑީޕީ ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން 4 އަހަރު ފުރި އަދި ޕީޕީއެމަށް 6 އަހަރު ފުރުނުއިރު އެމަނިކުފާނު ވަރަށް ގިނަ ކަންކަން ހާސިލް ކުރައްވާފައިވާ ކަމަށެވެ. ގައުމީ މައްސަލަތައް ހައްލުކުރުމަށް އިގުތިސާދީ ހައްލުތައް ގެންނަވާފައިވާ ކަަމަށެވެ.

"ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބޭނުންވަނީ އިގުތިސާދީ ހައްލެއް ކަމަށް އެމަނިކުފާނު ވިދާޅުވި. މިއަދު މިފެންނަނީ އެވިދާޅުވި އިގުތިސާދީ ހައްލުތައް. އިކޮނޮމިކް ސޮލިއުޝަންތައް. އޭގެ ތެރެއިން އެމަނިކުފާނު ބޭނުންފުޅުވީ 90 ހާސް ވަޒީފާ އުފައްދައިގެން ޒުވާނުން ބާރުވެރިކުރުވައިގެން މައްސަލަތައް ހައްލުކޮށްދެއްވުމަށް" މޫސާ ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 16 އޮކްޓޫބަރު 2016ގައި ޕީޕީއެމްގެ އެންމެ އިސްވެރިއެއްގެ ގޮތުން ޕާޓީއާ ހަވާލުވެވަޑައިގެން ވަރަށް ގިނަ ކަންކަން ރައީސް ޔާމީން ކުރައްވާފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ވަރަށް ގިނަ ބަދަލުތައް ޕާޓީއަށް ގެންނަވާފައިވާ ކަމަށެވެ. އެންމެނަށް ހަމަހަހަމަ އަދި އެންމެން ބަލައިގަންނަ ޕިޕީއެމް ހައްދަވައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. މޫސާ ޒަމީރު ވިދާޅުވީ އެހެން ޕާޓީތަކުގައި ތިއްބެވި ބޭފުޅުންވެސް ވަޑައިގެން ސަރުކާރާއެކު މަސައްކަތް ކުރައްވަނީ މިކަންކަން ބަލައިގަންނާތީ ކަަމަށް ވިދާޅުވިއެވެ.

މޫސާ ޒަމީރު ވިދާޅުވީ މިއަދު ސަރުކާރު ކުރިއަށް ގެންދަން ބޭނުންވަނީ އެފަދަ ބޭފުޅުންނާ ނުލައި ކަމަށެވެ. 2018 ގައި ރައީސް ޔާމީން އިންތިޚާބުނުކޮށްފިނަމަ ގައުމުގެ މުސްތަގުބަލް ބަނަވާނެ ކަމަށާއި އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގެންފިނަމަ ގައުމުގެ ތަރައްގީއަށް ކޮށްފައި ހުރި ކަންކަން ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ޕާޓީގެ ކުރިއެރުމަށް ކުރައްވާފައިވާ ކަންކަމަށް އިޝާރާތް ކުރައްވައި އެޕާޓީގެ ނާއިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި މޫސާ ޒަމީރު ވިދާޅުވީ ޕާޓީގައި ގޮފިތައް އުފައްދައި، ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށް، ރައްޔިތުންނާ ގުޅުންބަދަހިކުރެވޭނެ މަގަށް ޕާޓީ ބައްޓަންކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދަނީ 2018 އަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން ކަމަށާއި ހަފުތާގެ ތިން ދުވަހު 5،000 މީހުންނާއެކު މާލޭގައި ޖަލްސާ ބޭއްވުމުގެ ގާބިލްކަން އެޕާޓީއަށް ލިބިފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ. ކުޅުދުއްފުށިން ރައީސް ޔާމީނަށް ދެންނެވި މަރުހަބާއަކީ މިހާތަަނަށް ރާއްޖޭގެ އެއްވެސް ވެރިއަކަށް އެއްވެސް ރަށަކުން ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް