Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޓިއޮރޮލޮޖީ

މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް ތަޢާރުފުކޮށްފި

ސިސްޓަމް ތަޢާރުފުކޮށްފައިވަނީ މަރާމާތަށްފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޖޫން 2017 | އަންގާރަ 17:24
އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގު އިބްރާޙީމް

އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގު އިބްރާޙީމް

މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް ތަޢާރުފުކޮށްފިއެވެ.

ވެދަރ ރާޑަރ ސިސްޓަމް ތަޢާރުފުކުރުމަށް އަންގާރަ ދުވަހުގެ މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓަރ ތޯރިގު އިބްރާހިމް ވިދާޅުވީ، ވެދަރ ރާޑަރ ސިސްޓަމްގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ކަމަށާއި މި ރާޑަރ ސިސްޓަމް ޤާއިމްކުރުމަށް 6.1 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވެދަރ ރާޑަރ ސިސްޓަމްގެ ސަބަބުން މޫސުން ގޯސްވުމުން ލިބިގެންދާނެ ގެއްލުންތައް ކުޑަވެގެންދާނެ ކަމަށާއި ރާޑަރ ސިސްޓަމުން ބޯކޮށް ވާރޭވަހޭނެ ހިސާބުތައް ދުރާލާ އެގިގެންދާނެކަމަށާއި ވާރޭ ވިލާތައް ދަތުރުކުރަމުން ދާ ބޯމިނާއި، ވާރޭ ވިލާތަކުގެ މިސްރާބު އަދި ވާރޭ ވިލާތަކުގެ ބާރުމިން ދެނެގަނެވޭނެކަމަށްވެސް މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.

މިނިސްޓަރ ތޯރިގު އިތުރަށް ވިދާޅުވީ ޑޮޕްލާ ވެދަރ ރާޑަރ ސިސްޓަމެއް މީގެ ކުރިން 2008 ވަނަ އަހަރުވެސް ޤާއިމުކޮށްފައިވާ ކަމަށާއި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެ ސިސްޓަމް ހަލާކުވުމާއި ގުޅިގެން ބޭނުންނުކޮށް އެތައް ދުވަހެއް ވަންދެން ބެހެއްޓުމަށްފަހު، މި ޚިދުމަތް އަލުން ފަށާފައިވަނީ އެ ސިސްޓަމް މަރާމާތު ކޮށްގެން ކަމަށެވެ.

މޫސުން ކުރިއަށްލަފާ ކުރުމަށް މި ރާޑަރ ސިސްޓަމުން 250 ކިލޯ މީޓަރުގެ ރޭޑިއަސް ހިމެނޭ ސަރަޙައްދުތައް ބަލައިލެވޭނެއެވެ.

މި ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓަރީ އަދި މޯލްޑިވިސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2024

ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި

07 އޮކްޓޯބަރު 2024
ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި
07 ޑިސެމްބަރު 2020

މޫސުމާ ބެހޭ ގައުމީ އިދާރާއަށް އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކެއް ހަދިޔާކޮށްފި

07 ޑިސެމްބަރު 2020
މޫސުމާ ބެހޭ ގައުމީ އިދާރާއަށް އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކެއް ހަދިޔާކޮށްފި
14 މާރިޗު 2020

ކޮވިޑް-19: ޑްރީމްލޭންޑް މޯލްޑިވިސް އިން ވައިރަސްއަށް ޝައްކުކުރެވޭ ފަރާތެއް އައިސޮލޭޝަނެއް

14 މާރިޗު 2020
ކޮވިޑް-19: ޑްރީމްލޭންޑް މޯލްޑިވިސް އިން ވައިރަސްއަށް ޝައްކުކުރެވޭ ފަރާތެއް އައިސޮލޭޝަނެއް
17 ސެޕްޓެމްބަރު 2019

މޯލްޑިވިސް އިސްލާމިކް ބޭންކް އެންޑް ފައިނޭންޝިއަލް ކޮންފަރެންސް ފަށައިފި

17 ސެޕްޓެމްބަރު 2019
މޯލްޑިވިސް އިސްލާމިކް ބޭންކް އެންޑް ފައިނޭންޝިއަލް ކޮންފަރެންސް ފަށައިފި
04 ޑިސެމްބަރު 2017

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 25 ސަރަހައްދެއްގައި "އޮޓޮމެޓިކް ވެދަރ ސްޓޭޝަން" ގާއިމް ކުރަނީ

04 ޑިސެމްބަރު 2017
އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 25 ސަރަހައްދެއްގައި "އޮޓޮމެޓިކް ވެދަރ ސްޓޭޝަން" ގާއިމް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު