Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބު

ކައުންސިލް އިންތިޚާބު ބާއްވަނީ ރައީސް ޔާމީނަށް މަޖުބޫރުވެގެން: ޝިފާޒު

28 އެޕްރީލު 2017 | ހުކުރު 11:31

މި ސަރުކާރު ވެރިކަމަށް އައުމާ އެކު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ނިގުޅައިގަތް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 އެޕްރީލު 2017 | ހުކުރު 11:31
 އެމްޑީޕީގެ ނައިބު ރައީސް މުޙަންމަދު ޝިފާޒު

އެމްޑީޕީގެ ނައިބު ރައީސް މުޙަންމަދު ޝިފާޒު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަނީ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރަށް މަޖުބޫރުވެ, އެ ނޫން ގޮތެއް ނެތިގެން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙަންމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ހދ. ނެއްލައިދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބުރާސްފަތި ދުވަހުގެރޭ ނެއްލައިދޫ އެމްޑީޕީ ހަރުގެ ހުޅުއްވައިދެއްވައި، އެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝިފާޒު ވިދާޅުވީ މި ސަރުކާރުން މި ހުރިހާ ދުވަހު މަސައްކަތްކުރީ ކެންޑިޑޭޓުން ފަހަތަށް ޖައްސައި، ރައްޔިތުން އިންތިޚާބާ މެދު ފޫހިކުރުވުމަށް ކަމަށާއި، ތިން ހަތަރު ފަހަރެއްގެ މަތިން އިންތިޚާބު ލަސްކޮށްގެން ވެސް އެކަން އެ ގޮތަށް ނުވުމުން އެންމެ ފަހުން އިންތިޚާބު ބާއްވަން ރައީސް ޔާމީނުގެ ސަރުކާރަށް މަޖުބޫރުވީ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ޝިފާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމާ އެކު ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ނިގުޅައިގަތުމުގެ މަސައްކަތް ފަށައި، އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކައުންސިލްތަކުގެ މަސްއޫލިއްޔަތު ހަނިކޮށް، އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް އަދި ހަތަކުން ފަހަކަށް ބަދަލުކުރި ކަމަށެވެ.

އެއަށް ފަހު ކައުންސިލްގެ މެންބަރުންގެ ތެރެއިން ހަމައެކަނި ކައުންސިލްގެ ރައީސާއި ނައިބު ރައީސަށް މުސާރަ ކަނޑައަޅައި ބާކީ ސިލަރުންނަށް ހަމައެކަނި ސިޓިންގ އެލެވަންސެއް ދިނުމަށް ފާސްކުރުމުގެ މަސައްކަތްކުރި ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، މުޙަންމަދު ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރާއި، ބޯހިޔާވަހިކަމާއި، ބޭސްފަރުވާ ކުރުމަށް ލިބިގެންދިޔަ ފަސޭހަތަކަކީ ކައުންސިލްތައް އެކުލަވާލައި އެކައުންސިލްތަކުގެ އެއްބާރުލުމާއެކު އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ޚިދުމަތްތައް ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރު އައުމަށް ފަހު އެ ހުރިހާ ކަމެއް ހީނަރުވެގެން ގޮސްފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ ރައީސް ނަޝީދު ޓެކްސްގެ ނިޒާމް ތައާރަފުކުރައްވައި ދައުލަތުގެ އާމްދަނީ ހަ ބިލިޔަނުން އަށާރަ ބިލިޔަނަށް އުފުއްލެވި ނަމަވެސް އެ ފައިސާއަށް މި ސަރުކާރުން ހައްދަވާ ގޮތެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

އޭގެ ފައިދާ ރަށްރަށަށް ނުކުރާ ކަމަށް ވިދާޅުވަމުން ޝިފާޒު ވިދާޅުވީ ނެއްލައިދޫ އިން ފެނުނު އޭރާއި މިހާރުގެ ތަފާތަކީ މިހާރު ކަރަންޓު ބިލާއި ކާޑުގެ އަގު ބޮޑުވެގެން ރައްޔިތުން މާޔޫސްވެފައި ތިބި ތަން ފެނުން ކަމަށާއި، އާސަންދައިން ޕެނެޑޯލް ގުޅައެއް ވެސް ނުލިބި ބޭސްފަރުވާއާއި އެހެނިހެން ބޭނުންތަކަށް ކުޅުދުއްފުއްޓަށް ދާން އަރާނެ ފެރީއެއް ނެތިފައި ތިބުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމް ދިފާއުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން ބާރަށް ކުރިޔަށް ގެންދަވާނޭ ކަން ފާހަަގަކުރައްވައި ޝިފާޒު ވިދާޅުވީ، މި ނިޒާމް ދިފާއުކުރުމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ އެބޭފުޅުން ރައްޔިތުންގެ ފައިސާއަށް އިހުމާލުނުވާނެތީ ކަމަށާއި، އެއީ މި ނިޒާމް ހިންގާ، މި ނިޒާމު އަށަގަންނުވާ ބަޔަކީ، އަދި މީގެ ކުރިން ނަތީޖާ ދައްކަވާފައިވާ ބޭފުޅުންނަކީ އެމްޑީޕީގެ ކައުންސިލަރުން ކަމަށް ވާތީ ކަމަށެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް