ބޭރުން ބަޔަކު ވަނުމުން މާފުށި ޖަލު ކުއްލި ހާލަތަށް!
6 ޖެނުއަރީ 2021 | ބުދަ 16:15ސަރޗް އޮޕްރޭޝަން މިހާރު ވަނީ ފަށާފައި

އަމްނާ އިމާދު | 6 ޖެނުއަރީ 2021 | ބުދަ 16:15

ކ.މާފުށި ޖަލު، މިއޮޕްރޭޝަންއާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވޭ
ކ.މާފުށި ޖަލު ކުއްލި ހާލަތަށް ގެނެސްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް ބުދަ ދުވަހުގެ ރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާރު ޖަލު ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށް އަހުމަދު މުޙައްމަދު ފުޅު ވިދާޅުވިއެވެ.
މިހާދިސާއާ ގުޅިގެން ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ވެސް އަހުމަދު މުހައްމަ ފުޅު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
މާފުށި ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއާ ގުޅިގެން ފްރިޒަންސް އޮފިސަރުންނާއި ފުލުހުން ގުޅިގެން ސާރޗް އޮޕްރޭޝަނެއް މިހާރު ވަނީ ފަށާފައެވެ.







