Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ އާއި ރާމޯސްއަށް ފާރަލުން

މެސީ އާއި ރާމޯސް ހޯދުމުގެ ރޭހުގައި ޕީއެސްޖީ

6 ޖެނުއަރީ 2021 | ބުދަ 11:59

މެސީ އާއި ރާމޯސްގެ އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ޖެނުއަރީ 2021 | ބުދަ 11:59
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ހޯދުމުގެ ރޭހުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ މެސީ އާއި އުމުރުން 34 އަހަރުގެ ރާމޯސް، އެ ކުޅުންތެރިއެއްގެ ޓީމާއެކު ހަދާފައި އޮތް އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ބާސާ ދޫކޮށްލަން މެސީ ނިންމި ނަމަވެސް، ފަހުން ވަނީ މި ސީޒަނުގައި އެ ކުލަބުގައި މަޑުކޮށްފައެވެ. އެހެންކަމުން މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ކުލަބު ބަދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ރާމޯސްގެ އެއްބަސްވުން އާކުރުމަށް ރެއާލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ދާދި ފަހުން އެ ކުލަބުން ހުށަހެޅި އައު އެއްބަސްވުމަށް ރާމޯސް ދެކޮޅު ހަދާފައިވާ ކަމަށްވެސް ދާދި ފަހުން ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި އަހަރުގެ ހޫނު މޫސުމުގައި އެއްބަސްވުން ހަމަވާތީ މެސީ އާއި ރާމޯސްއަށްވެސް މި މަހު އެއްވަނަ ދުވަހުން ފެށިގެން އެ ދެ ކުޅުންތެރިން އިޚުތިޔާރުކުރާ ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު ލިބެއެވެ.

މީގެ ކުރިންވެސް މެސީ ޕީއެސްޖީއަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެެކެވުނު ނަމަވެސް، އޭނާގެ ބައްޕަ ޖޯޖް މެސީ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އެކަމަކު ދާދި ފަހުން ސްޕެއިނުގެ މީޑިއާތަކުން ވަނީ މެސީގެ އިތުރުން ރާމޯސް ހޯދުމަށް ޕީއެސްޖީން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ.

އަދި ދާދި ފަހުން ޕީއެސްޖީގެ ކޯޗުގެ މަގާމާ ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ބޭއއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ތަރިން އެ ކުލަބަށް އަންނަން ބޭނުން ކަމުގައިވާނަމަ އެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށް ބުނެފައެވެ. އަދި އެ ކުޅުންތެރިންނަށް އުފަލާއެކު މަރުހަބާ ކިޔާނެ ކަމަށްވެސް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

މެސީ އާއި ރާމޯސް ހޯދުމުގެ ރޭހުގައި ޕީއެސްޖީ ހިމެނޭއިރު، އެ ދެ ކުޅުންތެރިން ހޯދުމަށް މެންޗެސްޓާ ސިޓީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް