Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ފްލައިން ސްކޫލް މައްސަލަ

ފްލައިން ސްކޫލްގެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ކޮމިޓީއަށް ހާޒިރުކުރަނީ

4 ޖެނުއަރީ 2021 | ހޯމަ 23:22

ކޮމިޓީ ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖެނުއަރީ 2021 | ހޯމަ 23:22
އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިންގ ސްކޫލް

އޭޝިޔަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އަށާއި އެ އެކެޑެމީގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ކަމާބެހޭ ދެ ވަޒީރަކު ހާޒިރުކޮށް ކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް އެޖެންޑާކޮށްފިއެވެ.

މިމައްސަލައިގައި ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައެވެ. ކޮމިޓީގެ މިބައްދަލުވުމަށް ދެ މިނިސްޓަރެއް ހިމެނޭ ގޮތަށް 10 ފަރާތެއް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަން ހިމެނޭގޮތަށް އެމިނިސްޓްރީގެ 5 ބޭފުޅުންނާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ހިމެނޭގޮތަށް އެމިނިސްޓްރީގެ ދެ ބޭފުޅުންނެވެ. އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ 3 ބޭފުޅުންވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަންގެ އިތުރުން ދެން އެމިނިސްޓްރީން ކޮމިޓީއަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ އާދަމް އާއި މިނިސްޓަރގެ ނައިބު ޑރ އައިޝަތު ޝަފީނާ އާއި އެސިސްޓެންޓް ޑިރެކްޓަރ މަރިޔަމް މުހައްމަދެވެ. އަދި އެމިނިސްޓްރީގެ ލީގަލް އޮފިސަރ އަލްއުސްތާޛު އަހުމަދު ވިސާމް ވެސް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާގެ އިތުރުން ދެން ކޮމިޓީއަށް ހާޒިރުކުރަނީ އެމިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޙަމަދު އަބްދުލްޢަނީ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލު އާއި ޑިރެކްޓަރ އެއާވާދިނަސް އަބްދުﷲ މުހައްމަދު އަދި ސީނިއަރ ފްލައިޓް އޮޕަރޭޝަން އޮފިސަރ ނަސްރުﷲ ޝަކީބުވެސް ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމައްސަލައިގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 6 މެމްބަރަކު ވަނީ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫ ސިޓީ ކައުންސިލާއި ފްލައިން ސްކޫލްގެ މެނޭޖްމަންޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބޭފުޅުންގެ އިތުރުން ފްލައިން ސްކޫލްގެ ދަރިވަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލުމަށްފަހު ބޭއްވި "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އާންމުންގެ ފަރާތުން މީހަކު ވަނީ ފްލައިން ސްކޫލްގެ މައްސަލަ މަޖިލީހުން ބަލާނެތޯ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެފަދަ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހެޅިއްޖެނަމަ ކަމާ ބެހޭ ކޮމިޓީއަކުން އެކަން ބަލާނެކަމަށެވެ. ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން މިމައްސަލަ ބަލަން ފަށާފައިވަނީ އޭގެފަހުންނެވެ.

އައްޑޫ ފްލައިންގ ސްކޫލުގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދިނުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވަނީ ބައްދަލުވުންތައް ބާއްވާ އެކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށްފައެވެ.

އެސްކޫލުން ދަރިވަރުން ވަކިކުރުމުގެ މައްސަލަޔާއި ކޯސް ދިގުލައިގެން ދިޔުންފަދަ އެތައް މައްސަލައެއް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް