Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

އީގަލްސް ބަލިކޮށް ވެލެންސިއާ އެއްވަނައަށް

4 ޖެނުއަރީ 2021 | ހޯމަ 13:24

އީގަލްސް އަތުން ވެލެންސިއާ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖެނުއަރީ 2021 | ހޯމަ 13:24
އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 2-0 ން

އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 2-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ކުލަބު އީގަލްސް ބަލިކޮށް ތާވަލުގެ އެއްވަނައަށް ކުލަބު ވެލެންސިއާ ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑު ކުޅުނު މި މެޗުން ވެލެންސިއާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އީގަލްސްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ 17 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗުގެ 25 މިނެޓުގައި ވެލެންސިއާގެ މިޑްފީލްޑަރު އެންޓޯނިއޯ ސޮލާ މުލެޓް ފޮނުވާލި ހަމަލާއެއް އީގަލްސްގެ ގޯލްކީޕަރު މިލާން ޔެލޮވަކް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 41 ވަނަ މިނެޓުގައި ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު ސެންޓޭ ފޮނުވާލި ހަމަލާއެއް އީގަލްސްގެ ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި އީގަލްސްއަށް މައްސަލަތަކެއް ދިމާވީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. މި މެޗުގައި ރިޒޭގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، ދާދި ފަހުންވެސް އޭނާއަށް ވަނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ލީގުގެ ކުރީކޮޅުގައި ކުޅުނު ބައެއް މެޗުތައް ގެއްލިފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 71 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އީގަލްސްގެ ފޯވާޑް މުޙައްމަދު އޮސާމާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ސެންޓޭއަށް ހުސަ ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އީގަލްސްގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ވެލެންސިއާއިން ލީޑު ފުޅާކޮށްފައިވަނީ 84 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. މިއީ އޭރިއާ ތެރެއިން ދަގަނޑޭއަށް އީގަލްސްގެ ގޯލްކީޕަރު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗު އީގަލްސްއިން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ފޯވާޑް މުޙައްމަދު ނާއިމަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

މެޗަށްފަހު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، ދެ ޓީމުންވެސް ކުޅުނީ ވަރަށް ބަލައިގެން އިދިކޮޅު ޓީމަށް ފުރުސަތެއް ނުދީ ކަމަށެވެ. އަދި ދެ ޕެނަލްޓީގެ އިތުރުން ވެލެންސިއާއަށް މެޗުގައި ގިނަ ފުރުސަތުތަކެއް ލިބުނުކަންވެސް އާތީ ވަނީ ފާހަގަކޮށްފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ކުލަބުތަކުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ލީގުގެ މެޗުތަކަށްފަހު ރެފުރީންގެ ނިންމުންތަކަށް ކޯޗުންނަށް ފާޑުނުކިޔޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައި އޮތުމާއެކު، އެކަމަށް އިޝާރާތްކޮށް އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ ދައްކަން ބޭނުންވާ ވާހަކަ އޮތީ މަނާވެފައި ކަމަށާއި، އެހެން ވާހަކަތައް އަލިއަޅުވާލައިގެންވެސް ބޭނުންވާ ކަންކަމާ ބެހޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

މި މޮޅާއެކު ވެލެންސިއާ އެއްވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އަދި މިހާތަނަށް ލީގުގައި މެޗަކުން މޮޅުވެފައިނުވާ އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަތަރު މެޗުން އެންމެ ޕޮއިންޓަކާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް