Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒް

ރިޔާޒްގެ ޝަރީޢަތް: މޯބައިލް ފޯނުގެ ފޮރިންސިކް ރިޕޯޓަކާ ގުޅިގެން ޝަރީޢަތް ހުއްޓާލަން ޖެހިއްޖެ

ރިޔާޒް އޭނާގެ ދިފާއުގައި ދެ ހެކިން ހުށަހެޅި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 27 އެޕްރީލު 2017 | ބުރާސްފަތި 22:15
އަބްދުﷲ ރިޔާޒް

އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާ ކޮށްފައިވާ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާ މޯބައިލް ފޮރިންސިކް ރިޕޯޓަކާ ގުޅިގެން ހެކިބަސް ނަގުމަށް ކުރިއަށް ގެންދިޔަ ޝަރީޢަތް ހުއްޓާލަން ޖެހިއްޖެއެވެ.

ބުރާސްފަތި ދުވަހު މެންދުރު ފަހު 3:00 އިން ފެށިގެން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި ހަމެޖެހިފައި އޮތީ ރިޔާޒްގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިންގެ ހެކި ބަސް ނެގުމާއި އަދި ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފް ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސްނެގުމެވެ.

Advertisement - newsAdvertisement

އެގޮތުން ރިޔާޒްގެ ފަރާތުން ހެކިންގެ ގޮތުގައި ދެ މީހުން ހުށަހަޅާފައިވާއިރު ޝަރީޢަތުން ހެކިބަސް ނަގާފައި ވަނީ އެންމެ މީހެއްގެ ފަރާތުންނެވެ. ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފުކުރަން ތިން ހެކިން ހުށަހެޅި ހެކިބަސް ނަގާނިމިފައި ވަނީ ދެމީހުންގެއެވެ.

ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފް ކުރުމަށް ހުށަހެޅި ތިން ހެކިންގެ ތެރެއިން އެންމެ ފަހު މީހާގެ ހެކިބަސް ނަގަން ފެށުމަށް ފަހު ފުލުހުންގެ ފަރާތުން ތައްޔާރުކޮށްފައިވާ މޯބައޮލް ފޯނުގެ ފޮރިންސިކް ރިޕޯޓެއްގެ ވާހަކަ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވުމުން އެފަދަ ލިޔުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރިޔާޒްގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ. އެފަދަ ލިޔުމެއް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާކަން ދައުކަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް ރިޔާޒުގެ ގާނޫނީ ވަކީލުންގެ ޓީމުން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަ ކުރެއްވިއެވެ.

ރިޔާޒް އަށް މޯބައައިލް ފޯނުގެ ފޮރިންސިކް ރިޕޯޓް ލިބިފައިނުވާ ސަބަބު ސާފްކޮށްދިނުމަށް ޝަރީޢަތުން ދައުލަތުގެ ކިބައިން އެދުމުން ދައުލަތުގެ ވަކީލް ވިދާޅުވީ މޯބައިލް ފޮރިންސިކް ރިޕޯޓާ ރިޔާޒްއާ ހަވާލު ކުރެވިފައި ނުވާކަން ދައުލަތުން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި އެ ލިޔުން ރިޔާޒްއާ ހަވާލު ކުރެވިފައި ނުވަނީ އިދާރީ މައްސަލައެއްގެ ސަބަބުން ކަމަށާއި އެ ލިޔުން ރިޔާޒްއާ ހަވާލު ކުރުމަށް ދައުކަތުން އިއުތިރާޒް ނުކުރާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ޝަރީޢަތުގެ މަޖިލީހުގައި ޝަރީޢަތުން ބޭނުންވާ މައުލޫމާތު ސާފް ކުރުމަށް ހުށަހެޅިހެއްކެއް ކަމަށްވާ ނުހައްމަދު އަދުހަމް ވިދާޅުވީ ރިޔާޒްގެ ފޯންނިއްވާލާފައި ވަނީ އޭނާ އަމިއްލަ އަށް ކަމަށެވެ.

ރިޔާޒްގެ ބަޔަން ނެގުމުގައި ވެސް ހަރަޖާތްތްތެރިވި ފުލުހުންގެ އޮފިސަރެއް ކަމަށްވާ އަދްހަމް ބުނެފައިވަނީ ރިޔާޒުގެ ފޯނަށް ކޯލްތަކާއި މެސެޖްތައް އަންނަމުންދާތީ ފޯނު ފްލައިޓް މޯޑަށްލުމަށް ރިޔާޒުގެ އަތަށް ދިނުމުން އެ ފޯނު ނިއްވާލީ ކަމަށެވެ. އަދްހަމް މިހެން ބުނެފައިވަނީ ރޭ ހެކިބަސް ދިން ފުލުހެއް ކަމަށްވާ އާރިފް އަލީއާ ހަވާލާދީ އެވެ. އެ މަންޒަރު އަދްހަމަކަށް ނުފެނެ އެވެ. އެއީ އާރިފް، އަދްހަމް ކައިރީ ބުނެފައިވާ ވާހަކަ އެކެވެ.

މިކަމާ ގުޅިގެން ރިޔާޒުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހިސާން ހުސެއިން ވަނީ ހެކިބަސް ދެމުން ބުނަން ޖެހޭނީ އަމިއްލައަށް އެނގޭ މައުލޫމާތު ކަމަށް ވިދާޅުވެ ޝަރީއަތުގެ ސަމާލު ކަމަށް އެކަން ގެނެސްފަ އެވެ. އަދްހަމް ބުނީ، ރިޔާޒު ޕިން ކޯޑް ނުދިން މައްސަލާގައި އޭނާއާ ސުވާލުކޮށް ބަޔާން ނެގީ އޭނާ ކަމަށެވެ. އަދި، ކޯޓު އަމުރުގައި ޕިން ކޯޑް ދިނުމަށް ބުނެފައިވާ ނުވާ ކަމަށް ވިދާޅުވެ ޕިން ކޯޑް ދިނުމަށް ރިޔާޒު އިންކާރު ކުރައްވާ ކަމަށެވެ. ޝަރީއަތުގެ ބޭނުމަށް އިތުރު ފުލުހެއްގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އެއީ، ވެސް ޕިން ކޯޑް ނުދިން މައްސަލަ ތަހުގީގުކުރުމުގައި ބައިވެރިވި ފުލުހެކެވެ. އަލީ ނަޖީބު ނަމަކަށްކިޔާ މި ފުލުސް މީހާ ބުނީ، އޭނާއަށް ރިޔާޒުގެ ފޯނު ފެނުނީ، ރިޔާޒުގެ މައްޗަށް ޝަރީއަތް ފެށި، ޝަރީއަތުގެ އަޑުއެހުމަކަށް ރިޔާޒުގެ ފޯނު ގެންނަން ޖެހުނު ރޭ ކަމަށެވެ. އޭރު ފޯނު އޮތީ ނިވާލާފައި ކަމަށް ނަޖީބް ވިދާޅުވިއެވެ.

ރިޔާޒްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ހެއްކެއް ކަމަށްވާ އިސްމާއީލް ވިލްދާން ވަނީ ރިޔާޒްގެ ދިފާއުގައި ހެކިބަސް ދިނުމަށް އިންކާރު ކުރައްވާފައެވެ. އެގޮތުން ވިލްދާން ބުނީ ދައުވާގައިވާ ބުނާ ގަސްދުގައި ހުރަސްއެޅި މުވައްޒަފަކީ އޭނާ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

އެހެންކަމުން ރިޔާޒުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ވިލްދާން ވިދާޅުވިއެވެ. އެކަމާ ގުޅިގެން ވަކީލް ހިސާން ވިދާޅުވީ، ހެކިން ހާޒިރުކުރަނީ ވަކި މީހަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދޭން ނޫން ކަމަށެވެ. ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ހަގީގަތް ހޯދުމަށް ކަމަށެވެ. ހާއްސަކޮށް ފުލުހުން އެގޮތަށް އަމަލުކުރައްވަންޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ހިސާން ވިދާޅުވީ ވިލްދާންގެ ހެކި ބަސް ނަގަން ބޭނުން ވަނީ އޭނާއަކީ ތަހުގީގުގައި ބައިވެރި ފުލުހަކަށްވެފައި، ކޯޓުގައި ވަކި އަމުރަކަށް އެދުނުކަން ނުވަތަ ނޫން ކަން އަދިވެސް ސާފުވެފައިނުވާތީ ކަމަށް ހިސާން ވިދާޅުވި އެވެ. ޝަރީއަތުން ވަނީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުންނަށް ހުސް ވަގުތު ކޮޅެއް ނަގާފަ އެވެ. ޝަރީއަތުން ނިންމީ ވިލްދާންގެ ހެކި ބަސް ނުނެގުމަށެވެ. އެއީ މަޖުބޫރީ ހާލަތުގައި ހެކިބަސް ނެގުމަކީ ގާނޫނީ ހަމައަކުން ކުރެވޭނެ ކަމަށް ނުވާތީ އެވެ.

ރިޔާޒުގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ފޯނު ބަލަހައްޓާ މީހާގެ ހެކިބަސް ނަގާފައިވެ އެވެ. އެއީ، ރިޔާޒަށް ބޮޑުބޭބެ ކިޔާ އަމީރު ޝާހެވެ. އޭނާއަކީ ރިޔާޒުގެ ފޯނުގެ ހުރިހާ ކަމެއް ބަލަހައްޓައި، ސްފޮޓްވެއާ އަޕްޑޭޓްކުރުމުގެ ޒިންމާ ރިޔާޒު ހަވާލުކޮށްފައިވާ މީހާ އެވެ. ހެކިބަސް ދެމުން އަމީރު ބުނީ، ރިޔާޒުގެ ފޯނުގެ ޕިން ކޯޑަކަށް ޖަހަނީ އޭނާ ބޭނުންވާ ކޯޑެއް ކަމަށާއި އެ ކޯޑް ގިނަ ފަހަރަށް ރިޔާޒަށް ނޭނގޭނެ ކަމަށެވެ. ރިޔާޒު ބޭނުން ކުރައްވަނީ ފިންގާޕްރިންޓް ކަމަށެވެ. ރިޔާޒުގެ ފޯނަކީ ނިއްވާލާނެ ފޯނެއް ނޫން ކަމަށް ވިދާޅުވެ ގިނަ ފަހަރަށް ކޯޑް ނުވެސް އައްސަވާ ކަމަށް އަމީރު ބުންޏެވެ. ރިޔާޒުގެ ފޯނު ހިފެހެއްޓިއިރު އޭނާ ހުރީ ރާއްޖެއިން ބޭރުގަ ކަމަށާއި ރިޔާޒު އެނބުރި އައުމަށް އެންގުމުން ރާއްޖެ އައި ކަމަށް އަމީރު ބުންޏެވެ. އޭނާ ބުނީ، ރިޔާޒު ހަނދާން ހުރި ތިން ކޯޑެއް ޖަހައިގެން ވެސް ފޯނު ނުހުޅުވުނު ކަމަށެވެ. އެހެންކަމުން ފަސް ނަންބަރުގެ ކޯޑެއް ރިޔާޒަށް ދިން ކަމަށް އޭނާ ބުންޏެވެ.

ރިޕޯޓް ދިރާސާކޮށް، ރިޕޯޓް ތައްޔާރުކުރި ފުލުހާ ސުވާލުކުރުމަށް ޝަރީއަތުން ވަނީ ފުރުސަތެއް ދިނުމަށް ނިންމާފަ އެވެ. އެކަމަށް އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި

ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި

20 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް: ދައުވާއަށް އިންކާރު، "ވާނުވާއެއް" ނުޖެހި!

ރިޔާޒްގެ ޝަރީއަތް: ދައުވާއަށް އިންކާރު، "ވާނުވާއެއް" ނުޖެހި!

13 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް: ބުދަ ދުވަހު ކޯޓަށް ހުށަހެޅީ، ބުރާސްފަތި ދުވަހު ޝަރީއަތް ފަށަނީ!

ރިޔާޒްގެ ޝަރީއަތް: ބުދަ ދުވަހު ކޯޓަށް ހުށަހެޅީ، ބުރާސްފަތި ދުވަހު ޝަރީއަތް ފަށަނީ!

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު