Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާޒުގެ ޝަރީއަތް

ރިޔާޒްގެ ޝަރީއަތް: ބުދަ ދުވަހު ކޯޓަށް ހުށަހެޅީ، ބުރާސްފަތި ދުވަހު ޝަރީއަތް ފަށަނީ!

ރިޔާޒްގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހެޅީ ބުދަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 އެޕްރީލު 2017 | ބުދަ 17:00
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ވެސް ހުންނެވި އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސްއަޅަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

Advertisement - newsAdvertisement

އެ ދައުވާކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހު އެވެ. ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ.

ރިޔާޒްގެ މައްޗަށް ދައުވާކޮށްފައިވާއިރު، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން ދިވެހިރާއްޖެ މާފިޔާ ގޭންގަކަށް ވުމަށް ޤަބޫލު ނުކުރާކަމާއި، އަދި ފުލުހުންވެސް އެކަން ބޭނުން ނުވާނެ ކަމަށް" ވިދާޅުވެ ރިޔާޒް ދެއްކެވި ވާހަކަފުޅާ ގުޅިގެން ފުލުހުން ސުވާލުކޮށްފައިވެ އެވެ. ރިޔާޒްގެ މައްޗަށް ކޮށްފައިވަނީ ފިތުނަ އުފެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ރިޔާޒްގެ ފޯނު ގެންދިޔައިރު، ފޯންގެ ލޮކްކޯޑް ދޭން އެދުމުން ރިޔާޒް ވިދާޅުވެފައިވަނީ ލޮކް ކޯޑް ހަނދާން ނެތް ކަމަށެވެ. އެއާއެކު ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރި އެވެ.

ރިޔާޒުގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި، ވޯޓް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ވެސް ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ. ގާސިމްގެ ޝަރީއަތް ތާވަލުކޮށްފައިވަނީ 11:00 އަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު