Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒުގެ ޝަރީއަތް

ރިޔާޒްގެ ޝަރީއަތް: ދައުވާއަށް އިންކާރު، "ވާނުވާއެއް" ނުޖެހި!

ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ސަބަބެއް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 12:54
އަބްދުﷲ ރިޔާޒް ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެން ކޯޓުގެ ދޮރުމަތީގައި

އަބްދުﷲ ރިޔާޒް ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެން ކޯޓުގެ ދޮރުމަތީގައި

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓް އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ އަޑުއެހުމެއް ބާއްވައި ދައުވާއަށް އިއުތިރާފްވެއްޖެނަމަ ލިބޭނެ އަދަބާއި، ނުވަތަ ކުށް ސާބިތުވެއްޖެނަމަ ލިބޭނެ އަދަބާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ވަނީ ވާހަކަ ދެއްކާފަ އެވެ.

އެގޮތުން ދައުލަތުގެ ވަކީލު އަލީ އަކްބަރު ވިދާޅުވީ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެހެންކަމުން އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާއަށް އިއުތިރާފްވެއްޖެނަމަ ކުށުގެ އަދަބު ލުއިވާނެ ކަމަށާއި އެގޮތުން އިއުތިރާފްވެއްޖެނަމަ އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.

ދައުލަތުގެ ވަކީޅުގެ ވާހަކަތަކާ ގުޅިގެން ރިޔާޒުގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ ކުށަށް އިއުތިރާފްވާން ރިޔާޒް ބޭނުންފުޅުނުވާ ކަމަށެވެ.

އިއުތިރާފްވާން ބޭނުންނުވާ ކަމަށް ރިޔާޒުގެ ފަރާތުން ބުނުމާއެކު މައްސަލައިގެ ޝަރީއަތް ވަނީ ފަށާފަ އެވެ. އެގޮތުން ދައުވާ އިއްވުމާއެކު ރިޔާޒް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާ ކުރެވިފައިވާ މައްސަލަ އުފެދެން އައީ ތުހުމަތު ކުރެވިފައިވާ އެހެން މައްސަލައެއްގެ ތަހުގީގުގައި ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ލޮކް ކޯޑް ދޭން އެންގުމުން އެކަމާ ދެކޮޅު ހެދުމުން ކަމަށާއި، އެ މައްސަލައަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ ރިޔާޒް ބަންދުކޮށް ދިނުމަށް އެދޭ ކަމަށެވެ.

ރިޔާޒްއަކީ ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ފާހަގަކުރައްވާ ދައުލަތުގެ ވަކީލު ވިދާޅުވީ މީހަކަށް މުޖުތަމައުގައި އޮތް ނުފޫޒެއްގެ ސަބަބުން ހެއްކާއި ތަހުގީގަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭނަމަ އެމީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބާރު ޝަރީއަތަށް ލިބޭ ކަމަށެވެ.

ނަމަވެސް، ރިޔާޒްގެ ފަރާތުން އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތް ކޮށްފައިވާކަން އަދި މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެން ވިދާޅުވުމަށް އޭގެ ވަގުތުތަކަކަށް ފަހު، ވަކީލު ވިދާޅުވީ ނުފޫޒު ފޯރުވަން ރިޔާޒް މަސައްކަތް ކުރައްވާ ކަމަށް ބުނާ ފުލުހުންގެ ސިޓީއެއް ލިބިފައިވާ ކަމަށެެވެ.

ގާނޫނީ ވަކީލުންގެ ބަހުން ނަމަ، "ވާނުވާ" ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކުރުމާ ގުޅޭ ގޮތުން ރިޔާޒްގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ މިހާރު ކޯޓުގައި ހިނގާ މައްސަލައަކީ ތަހުގީގު ނިންމައި ދައުވާކޮށް، ޝަރީއަތް ހިންގަމުންދާ މައްސަލައަކަށްވާއިރު، މި މައްސަލައާ އެހެން ތަހުގީގަކާ ގުޅުމެއް ނެތް ކަމަށެވެ. އެހެންކަމުން އެހެން ތަހުގީގަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބުނެ މި މައްސަލައިގައި ބަންދުކުރުމަށް އެދެވޭނެ ގާނޫނީ އަދި ޝަރުއީ ހުއްޖަތެއް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ރިޔާޒްގެ ގާނޫނީ ވަކީލު މަސްތޫރު ހުސެއިން ވިދާޅުވީ ދައުލަތުން ކުރަން އެ އުޅޭ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި މެންބަރުން ހައްޔަރުކޮށް ބަންދުކުރެވޭނެ ގޮތް ކަނޑައަޅާފައިވާތީ، ގާނޫނީ ނިޒާމުގެ ތެރެއިން ހައްޔަރުނުކުރެވިގެން އެއަށް ވުރެ ފަސޭހަކޮށް ބަންދުކޮށްލަން ކަމަށެވެ.

މަސްތޫރު ވިދާޅުވީ ހީވާގޮތެއް، ފެންނަ ގޮތެއް، އަދި ގަބޫލުކުރެވޭ ގޮތެއްގެ މައްޗަށް މީހެއްގެ މިނިވަންކަން ނިގުޅައިނުގަނެވޭނެ ކަމަށެވެ. އަދި ނުފޫޒު ފޯރުވަފާނެ ކަމަށް ކުރެވޭ ހީއެއްގެ މައްޗަށް ބަންދުކުރަން އެދުމުގެ ގާނޫނީ އެއްވެސް ބިނާއެއް، އަސާސެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތޫރު ވިދާޅުވީ މީހަކު ހައްޔަރުކުރުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށާއި އެހެންކަމުން އެފަދަ ކަމެއް ކުރެވޭނެ ހާލަތުތަކެއް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގައި ބަޔާންކުރާ ފަދަ ކަމެއް ނެތި މީހަކު ބަންދުކުރެވޭނެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް މަސްތޫރު ވިދާޅުވި އެވެ.

ދެފަރާތުން ދެއްކެވި ވާހަކަތައް ދިރާސާކުރުމަށް، ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުގެ ހުސްވަގުތުކޮޅެއް ނެންގެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ޝަރީއަތް ހިންގަމުންދާ މައްސަލައާ ތަހުގީގުގައި އޮތް އެހެން މައްސަލައަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގާފައި ނެތުމުން ޝަރިއަތް ނިމެންދެން ރިޔާޒް ބަންދުކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުމަށް ރިޔާޒަށް އެންގެވުމަށް ފަހުގަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 3:00 އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު