Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައުތު ތައުފީގު

މަރާލާނެކަމުގެ އިންޒާރު ސައުތު ތައުފީގަށް!

ޑިމާންޑު ކުރަނީ ހަލައްކަ ރުފިޔާ ދިނުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2021 | އާދީއްތަ 20:04
ސައުތު ކޭޓަރިންގގެ ވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު): ހަމަލާދީ މަރާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ވިދާޅުވި

ސައުތު ކޭޓަރިންގގެ ވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު): ހަމަލާދީ މަރާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ވިދާޅުވި

ކޭޓަރިންގ ވިޔަފާރީގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު)އަށް ބަޔަކު މީހުން ބިރުދައްކައި މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އާދިއްތަ ދުވަހުގެ ރޭ ސައުތު ތައުފީގު ވިދާޅުވީ، ބަޔަކު މީހުން އޭނާއަށް ހަމަލާދީ ބިރުދައްކައި، މަރާލާނެ ކަމުގެ އިންޒާރު ދެތިން ފަހަރެއްގެ މަތިން މިފަހަކުން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަމަލާތަކާއި މަރުގެ އިންޒާރުތައް އަންނަންފެށީ، ކޮވިޑް-19ގެ ރޯގާއާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ގޮތުގައި ދަރުބާރުގެ ބޭނުން ކުރަމުން ދިޔައިރު، އެތަނަށް ކެއިންބުއިމުގެ ހިދްމަތް ދިނުމުގައި އުޅުމުގެ ތެރެއިން ކަމަށެވެ.

Advertisement - newsAdvertisement

ތައުފީގު ވިދާޅުވީ، ދަރުބާރުގެއަށް ކޭޓަރިންގ ހިދްމަތް ދެމުންދަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިއުލާންކުރުމުން ބިޑް ކާމިޔާބުކޮށްގެން ކަމަށެވެ. އެގޮތުން އެކިފަހަރުތަކުގެ މަތިން އެންމެ ކުޑަ އަގެއް ހުށަހަޅައިގެން ދަރުބާރުގެއަށް ކެއިން ބުއިމުގެ ހިދްމަތް ދިނީ ސައުތުން ކަމަށް ތައުފީގު ވިދާޅުވި އެވެ.

އެހެންނަމަވެސް، ތައުފީގު ވިދާޅުވީ، ދަރުބާރުގެއަށް ކެއިންބުއިމުގެ ހިދްމަތް ދިނުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވި ކަމަށެވެ. އެކަން ނުކުރެވޭނެހާ ގޮތްގޮތަށް ޖެއްސުން ކުރުމުގެ ކަންކަން ރޭވިގެން ކުރިކަމުގެ ތުހުމަތު ތައުފީގު ވަނީ ކުރައްވާފަ އެވެ. މިކަމުގެ އަޑީގައި ހުރި ކަމަށް ތުހުމަތު ތައުފީގު ތުހުމަތު ކުރައްވަނީ އެމްޑީއެންއޭގެ އިސް މުވައްޒަފަކަށެވެ. އެ މުވައްޒަފަކީ ދަރުބާރުގޭގައި ކެއިން ބުއިމުގެ ކަންކަން އެ އޮތޯރިޓީން ބަލަަހައްޓަމުންދާ އިސްވެރިޔާ ކަމަށްވެސް ތައުފީގު ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ، އެފަރާތުން ޑިމާންޑްކުރަނީ 600،000ރ އޭނާއަށް ދިނުމަށްކަމަށާއި ނަމަވެސް އެއީ އޭނާއަށް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށެެވެ. ތައުފީގު ވިދާޅުވީ 600،000ރ ދިނުމަށް އޭނާ ބުނަމުންދަނީ އަލުން އިއުލާން ކުރުމުން ވެސް ސައުތައް ބިޑް ކާމިޔާބުވުމުން ކަމަށެވެ. ނަމަވެސް ތައުފީގު ވިދާޅުވީ އެންމެ ކުޑަ އަގެއް ހުށަހަޅައިގެން ބިޑް ކާމިޔާބު ކުރިއިރު، އެކަމުގައި މީހަކަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ.

ތައުފީގު ތުހުމަތު ކުރާ ގޮތުގައި މިހާރު ތައުފީގަށް އަންނަމުންދާ ހަމަލާތަކުގެ ފަހަތުގައި ވަނީ ދަރުބާރުގެއަށް ކެއިންބުއިމުގެ ހިދްމަތް ދިނުމުގައި ޖެހިގެން މިއުޅޭ މައްސަލަ ކަމަށެވެ. އެގޮތުން ތައުފީގު ތުހުމަތު ކުރައްވާގޮތުގައި ތައުފީގަށް ހަމަލާދިނުމާއި އިންޒާރު ދިނުމުގައި އުޅެނީ އެއްބައެއް ކަމަށާއި، އެމީހުން އެކަންކުރަނީ، ތައުފީގު ތުހުމަތު ކުރާ ގޮތުގައި، 600،000ރ އަށް ޑިމާންޑް ކުރަމުންދާ އެމްޑީއެމްއޭގެ އިސްމުވައްޒަފު އަޑިގައި ހުރެގެންނެވެ.

ތައުފީގު ވިދާޅުވީ، މިހާތަނަށް ތިން ފަހަރެއްގެ މަތިން އިންޒާރުދީފައިވާ ކަމަށެވެ. އެގޮތުން، މީގެ ދޮޅު މަހެއްހާ ދުވަސްކުރިން، މީހެއްގެ ޖަނާޒާގެ ކަންކަން ނިންމާލުމަށްފަހު އާސަހަރާއިން އަނބިކަނބަލުންނާއެކު ގެއަށް ވަޑައިގަންނަވަނިކޮށް، މަގުމަތިން ހަތަރު މީހަކު ވެގެން އިންޒާރުދީފައިވާ ކަމަށެވެ. އަދި އޭގެފަހުން، އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން، އޮފީހަށްވަދެ، އެފައިސާއަށް ޑިމާންޑްކޮށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އެންމެ ފަހުން އާދިއްތަ ދުވަހު، ދަރިފުޅާއެކު މޫދަށް އެރިއުމަށްފަހު، އެތަނުގައި އިނީނދެލައިގެން އިންދާ ބަޔަކު މީހުންއައިސް ހަމަލާދީފައިވާ ކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި މަރާލާނެ ކަމުގެ އިންޒާރުވެސް އެމީހުން ދީފައިވާ ކަމަށް ތައުފީގު ވިދާޅުވި އެވެ.

ތައުފީގުގެ އެތުހުމަތުތަކާއި ގުޅިގެން، އެންޑީއެމްއޭގެ މުވައްޒަފު އަބްދުﷲ ނާފިއުއަށް "ރާއްޖެއެމްވީ"ން ގުޅާލުމުން އޭނާ ވަނީ ތައުފީގު ކުރައްވާ ތުހުމަތައް ދޮގު ކުރައްވާފައެވެ. އަދި ނާފިއު ވިދާޅުވީ، އޭނާއަކީ ދުވަހަކުވެސް، ތައުފީގާ ބައްދަލުވެ، އެފަދަ އެއްވެސް މުއާމަލާތެއް ކުރި މީހެއް ނޫންކަމަށާއި އޭނާއަކީ އެންޑީއެމްއޭގެ އާދައިގެ މުވައްޒަފެއް ކަމަށެވެ. އަދި ދަރުބާރުގޭގެ ކޭޓަރިންގކަންކަން ނިންމުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އޭނާާއަކީ އެފަދަ ކަންކަން ނިންމުމުގެ ޒިންމާއޮތް ފަރާތެއްވެސް ނޫން ކަމަށެވެ. ނާފިއު ވިދާޅުވީ އެންއީއޯސީގައި ވެސް އޭނާ އަދާކުރަމުންދަނީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު ކަމަށެވެ. އަދި މީހަކަށް ބިރު ދައްކައި އިންޒާރުދީފައި ނުވާނެ ކަމަށާއި އަދި ބަޔަކު ފޮނުވައިގެން މީހަކަށް އިންޒާރުދީފައި ނުވާނެ ކަމަށްވެސް ނާފިއު ވިދާޅުވިއެވެ.

މީގެއިތުރުން ނާފިއު ވިދާޅުވީ، އެންޑީއެމްއޭގެ އިސްވެރިންނާމެދު، ތައުފީގު ތުހުމަތުތަކެއް ކުރައްވާކަމުގެ ވާހަކަތަކެއް އަޑުއިވިފައިވާ ކަަށާއި، ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫންކަމަށެވެ.

ތައުފީގަށް ހަމަލާދީ އިންޒާރުދިން މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ތައުފީގު ވިދާޅުވުމާއި ގުޅިގެން، އެމައްސަލަތަކުގެ ހުށަހެޅި ބަލަމުންދޭތޯ ސާފު ކުރުމަށް ފުލުހުންގެ މީޑިއާއަށް "ރާއްޖެއެމްވީ"ން ގުޅާލުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ސާފުކޮށްލެއްވުމަށް ވަގުތު ކޮޅެއް ބޭނުންވާ ކަމަށެވެ.

ތައުފީގު ވިދާޅުވީ، މިވަރުގެ ބިރުވެރި ދުވަސްތަކެއް ދުވަހަކުވެސް އޭނާގެ 70 އަހަރުން މަތިވެފައިވާ ހަޔާތުގައި ދިމާނުވާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދި ކުރީގެ ވެރިންގެ ވެރިކަމުގެ ދުވަސްވަރު ގޭންގްތައް އެކްޓިވްކޮށް އުޅުނަސް އޭނާއަށް މިފަދަ ހަމަލާއެއް އަދި އިންޒާރެއް ދުވަހަކުވެސް އައިސްފައި ނުވާކަމަށެވެ.

ތައުފީގު ވިދާޅުވީ، މިހާރު ދިމާވެގެން އުޅޭ ބިރުވެރިކަމަކީ، ދައުލަތުގެ ފައިސާއިން ވައްކަން ކުރަމުންދާ ފަރާތްތައް އަޑީގައި ތިބެގެން ހިންގަމުންދާ ޖަރީމާތަކެއް ކަމަށެވެ. ކުރިންވެސް ވައްކަން ކުރި، އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގި އިސްވެރިން މިއަދުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކުގައި އެބަތިއްބެވި ކަމަށާއި ދައުލަތުގެ ފައިސާއިން ވައްކަން ކުރަމުންދާ ފަރާތްތަކެއް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވިއިރު، ފުލުހުންގެ އިދާރާވެސް އޮތީ ހަމަ އެގޮތަށް ތައުފީގު ވިދާޅުވިއެވެ. ތައުފީގު ވިދާޅުވީ، ދައުލަތުގެ ފައިސާއިން ވައްކަން ކުރަމުންދާ ފަރާތަކާމެދު ފިޔަވަޅު ނޭޅި، އަދި ވަކިން ހާއްސަކޮށް ފުލުހުންގެ އިދާރާ އިސްލާހު ކޮށްގެން ނޫން ގޮތަކަށް މިގައުމަށް ހަމަޖެހުމެއް ނެތް ކަމަށެވެ. ނަމަވެސް ތައުފީގު ވިދާޅުވީ، ފުލުހުންގެ އިދާރާ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސެލިއުޓް ކުރައްވާ ކަމަށެވެ.

ތައުފީގު ވިދާޅުވީ، އޭނާއަށް ދެމުންދާ ހަމަލާތަކާއި މަރުގެ އިންޒާރުތައް ފުލުހުންނަށް ރިޕޯޓްކުރިނަމަވެސް އެދެވޭ ނަތީޖާއެއް ފުލުހުންނަށް ނެރެވިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ވައްކަމާއި ކޮރަޕްޝަން ހިންގަމުންދާ ފަރާތްތަކާއި ފުލުުހުންގެ އިސްވެރިންނާ ގުޅުން އޮންކަމުގެ ތުހުމަތުވެސް ތައުފީގު ވަނީ ކުރައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް

ނޫހުގެފާނުގެ ނައުކޮޅާ ގުޅޭ ގޮތުން ރައީސް ޔާމީން އިންޒާރުދެއްވީ އަނބިކަނބަލުންނަށް: މެމްބަރު ނާޒިމް

04 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު