Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވުން

އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ވަރަށް ބޮޑު: މޯލްޑިވިއަން

2 ޖެނުއަރީ 2021 | ހޮނިހިރު 07:56

ހުރިހާ ޑެސްޓިނޭޝަނަކަށްވެސް ޑިމާންޑް ބޮޑުކަން ފާހަގަކުރެވިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 ޖެނުއަރީ 2021 | ހޮނިހިރު 07:56
މޯލްޑިވިއަނުން ރާއްޖޭގެ 15 ސަރަހައްދަކަށް ދަތުރުކުރޭ

މޯލްޑިވިއަނުން ރާއްޖޭގެ 15 ސަރަހައްދަކަށް ދަތުރުކުރޭ

އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ވަރަށް ބޮޑު ކަމަށް ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވެފައިވަނީ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ބަދަލު ކުރުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

އެގޮތުން ހުރިހާ ޑެސްޓިނޭޝަނަކަށްވެސް ޑިމާންޑް ބޮޑުކަން ފާހަގަކުރެވިފައިވާއިރު ފްލައިޓްތައްވެސް އިތުރުކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަނުން މިހާރު ރާއްޖޭގެ 15 ޑެސްޓިނޭޝަނަކަށް ދަތުރުކުރަމުންދާއިރު ބައެއް ޑެސްޓިނޭޝަންތަކަށް ދުވާލަކަށް ދެ ފްލައިޓް ނުވަތަ ތިން ފްލައިޓް ބާއްވަމުން އަންނަ ކަމަށެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދުވާލަކަށް 4 ނުވަތަ 5 ފްލައިޓްވެސް މި ދުވަސްވަރު ބާއްވަން ވަނީ ޝެޑިއުލްކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު ޖެނުއަރީ 10 ގައި ސްކޫލު ހުޅުވުމަށް މަސައްކަތްކުރަމުންދާއިރު ފްލައިޓްތަކަށް ބާރު ބޮޑުވެގެންދާނެ ކަމަށް މޯލްޑިވިއަނުން ފާހަގަކުރެއެވެ. އެހެންކަމުން ފަހު ވަގުތަށް ސީޓްތައް ހޯދުމަށް މަޑުނުކޮށް ހުރިހާ ފަރާތްތަކުންވެސް ދުރާލާ ބުކިން ކޮންފޯމް ކުރުމަށް މޯލްޑިއަނުން ވަނީ އެދިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ޓާރމިނަލްސް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހަސަން ވިދާޅުވީ އައު އަހަރާއި ދިމާކޮށް ފުރަތަމަ ދެ ދުވަހު މޫވްމަންޓްތައް މަދުވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހު އެތެރޭގެ އުދުހުންތަކުގެ ޖުމްލަ އަދަދު އުޅެނީ 28 ފްލައިޓެވެ. އެއީ މޯލްޑިވިއަނުން 24، ފްލައިމީން 2 އަދި މަންތާ އިން 2 ދަތުރެއެވެ. މީގެ ކުރިން އެންމެ ގިނަ އަދަދަކަށް އެތެރޭގެ އުދުހުންތައް ހިނގާފައިވަނީ ޑިސެމްބަރު 20ގައެވެ. އެއީ 34 މޫވްމެންޓެވެ.

ޑޮމެސްޓިކް ފްލައިޓްތަކުން 722 މީހުން މާލެ އައިސްފައިވާއިރު، 817 މީހަކު ވަނީ މާލެއިން ފުރާފައެވެ.

ހޮނިހިރު ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން 4700 އަށްވުރެ ގިނަ މީހުން ފުރާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވިފައިވަނީ 4000 މީހުންނެވެ.

ކޮވިޑް-19 އާއި އެކު ރާއްޖޭގެ މައި އެއަރޕޯޓަށް ފަޅުކަމެއް އައި ނަމަވެސް މިހާރު އެއަރޕޯޓްގެ ހަރަކާތްތައް ދަނީ މަޑު މަޑުން އިތުރުވަމުންނެވެ. އަދި ކުރިއަށް އޮތްތާގައި އެއަރޕޯޓަށް ކުރާ ދަތުރުތަށް އިތުރުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް