Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
2020 ވަނަ އަހަރު ނިމުން

2020: ބައިނަލްއަޤުވާމީ މަޝްރަހަށް އަވަސް ކަޅިއެއް

މިއީ ބައެއް ޤައުމުތަކުން ކްލައިމެޓް އިމަރޖެންސީ އިއުލާނު ކުރި އަހަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2020 | ބުރާސްފަތި 23:59
2020 ވަނަ އަހަރު ހިނގާ ދިޔަ މުހިއްމު އުސްއަލިތައް - މި އަހަރު ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހާދިސާތައް ހިނގާފައިވޭ

2020 ވަނަ އަހަރު ހިނގާ ދިޔަ މުހިއްމު އުސްއަލިތައް - މި އަހަރު ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހާދިސާތައް ހިނގާފައިވޭ

2020 ވަނަ އަހަރަކީ ބައިނަލްއަޤުވާމީ މަޝްރަހުންވެސް ފާހަގަ ކޮށްލެވޭ ގިނަ ކަންކަން ހިނގައި ދިޔަ އަހަރެކެވެ. ކޮވިޑުގެ ބަލި މަޑުކަން ދުނިޔެ ތަޙައްމަލު ކުރަމުން ދިޔައިރު، ދުނިޔޭގެ އެކި ޤައުމުތަކުގައި ބޮޑެތި ކަންކަން ހިނގާފައިވެއެވެ.

އެގޮތުން އަހަރު ފެށިގެން އައީ ތިންވަނަ ބޮޑު ހަނގުރާމައެއްގެ ބިރު މުޅި ދުނިޔެއަށް ފާ ކުރަމުންނެވެ. އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލުމުގެ ހުއްދަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމުގެ ވާހަކަތަކާއި، ސުލައިމާނީ އަވަހާރަ ވުމާއެކު، ބައިނަލްއަޤުވާމީ މަޝްރަހުގައި އުފެދިގެން ދިޔަ ހޫނުކަމާއި ލޮޅުމަކީ އޭގެ މިސާލެކެވެ. ދާދި ދެންމެ ހަނގުރާމަ އިއުލާނު ކޮށްފާނެ ފަދަ ޙާލަތެއްގައި ދުނިޔެ އޮތްއިރު، އޭރު ދުނިޔެ ދިޔައީ ކޮވިޑުގެ ބަލިމަޑުކަންވެސް ތަޙައްމަލު ކުރަމުންނެވެ. ދެ ޤައުމުގެ މެދުގައި ހޫނުވަމުން ދިޔަ މި ބޮޑު މައްސަލަ ވައިގައި ނުހިފައި ދިޔައީ ފަަހަރުގައި ކޮވިޑުގެ ވަބާ މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލުމުން ކަމަށްވެސް ވެދާނެއެވެ.

އޭގެ އިތުރުން، ޕްރިންސް ހެރީ އާއި މޭގަން މާކްލް އިނގިރޭސި ޝާހީ އާއިލާގެ ސީނިއަރ މެމްބަރުންގެ ގޮތުގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިވަޑައިގެން، އާއިލާއިން ވަކިވުމަށް ނިންމާފައިވާ ނިންމުމަށް އިނގިރޭސި ރާނީ އެލިޒަބަތް ހުއްދަ ދެއްވައި، އެކަން ތަންފީޒުވެގެން ދިއުމަކީވެސް 2020 ވަނަ އަހަރުގެ އުސްއަލިތަކުގެ ތެރެއިން ފާހަގަ ކޮށްލެވެނު ކަމެކެވެ. އެކަމާއި ގުޅޭގޮތުން ރާނީ ފޮނުއްވާފައިވާ މެސެޖުގައި އެކަމަނާ ވަނީ އިނގިރޭސިވިލާތަށާއި ކޮމަންވެލްތަށް އަދި އޭގެ ބޭރުންވެސް ހެރީ އާއި މޭގަން ކޮށްދީފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރަކީ ބައެއް ޤައުމުތަކުން ކްލައިމެޓް އިމަރޖެންސީ އިއުލާނު ކުރި އަހަރެއްވެސް މެއެވެ. އެގޮތުން އަހަރުގެ ތެރޭގައި ވަނީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ކުރުވާފަދަ އެތައް ކާރިސާއެއްވެސް ހިނގާފައެވެ. އެގޮތުން އެންމެ އާބާދީ ބޮޑު ސައުތް ވޭލްސް ޖަންގަލީގެ 70 ޞަރަޙަދެއްގައި އަލިފާން ރޯވެ 2019 ވަނަ އަހަރުގެ ފަހުކޮޅު އަނދަމުން ދިޔަ އަލިފާންގަނޑު 2020 ވަނަ އަހަރުގެ ތެރޭގައިވެސް މުޅި ސަރަޙައްދަށް ފެތުރި، އެތައް ވަލު ޖަނަވާރަކާއި ގަސްގަހާގެހި ފަނާވެގެން ދިއުންވެސް މިއީ 2020 ވަނަ އަހަރުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ. ހަމަ އެއާއެކު، ޖުލައި މަހުގެ 25 ވަނަ ދުވަހު މޮރިޝަސްގެ ތެޔޮ ބޯޓެއް ފަރަށް އެރުމުގެ ސަބަބުންވެސް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވެއެވެ.

ބޯޓު ފަރަށް އުރި، ފަރުތަކާއި ކަނޑުގެ ދިރުންތައް ނުރައްކަލެއްގެ ތެރެއަށް ދިއުމުގެ ސަބަބުން މޮރިޝަސް ވަނީ "ސްޓޭޓް އޮފް އެންވަޔަރމަންޓަލް އިމަރޖެންސީ" ވެސް އިއުލާނު ކޮށްފައެވެ.

ހަމައެއާއެކު، ކޮވިޑާ ގުޅިގެން ދުނިޔޭގެ އިޤްތިސާދު އަޑިއަޅާލައި، ދުނިޔޭގެ ހިއްސާގެ ބާޒާރު އެއްކޮށް ކްރެޝް ވުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޒުލު ކުރުމަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބު ވުމުގެ އިތުރުން، އެމެރިކާގެ ރިޔާސީ އިންތިޚާބުން ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެން، ޖޯ ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވުންވެސް 2020 ވަނަ އަހަރުގެ އުސްއަލިތަކުގެ ތެރޭގައި ހިމެނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބާއެކު ތާރީޚުގެ ތެރެއަށް ވަދެވަޑައިގެން ބޭފުޅުންގެ ތެރޭގައި އިންތިޚާބީ ނައިބްރައީސާ ކަމަލާ ހެރިސްވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އެކަމަނާއަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސަށް ވެވަޑައިގަތުމުގެ އިތުރުން، ކަޅު ނަސްލުގެ ފުރަތަމަ ނައިބްރައީސްވެސް މެއެވެ. ހަމައެއާއެކު، "މިކްސްޑް ރޭސް"އަކަށް ނިސްބަތްވެ ވަޑައިގެންނެވުންވެސް އެކަމަނާގެ ނަންފުޅު ތާރީޚުގެ ތެރޭގައި ލިޔެވިގެންދާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން، ހަ އަހަރު ވަންދެން ލުބުނާންގެ ބެއިރޫތު ޕޯޓުގައި ރައްކާ ކޮށްފައިހުރި އެމޯނިއަމް ނައިޓްރޭޓް ކޮންޓެއިނަރތަކެއް ގޮވުމުގެ ހާދިސާގައި އެތައް ބަޔަކު މަރުވެ، މުޅި އެ ސަރަޙައްދު ސުންނާފަތިވެގެން ދިއުންވެސް މިއީ 2020 ވަނަ އަހަރުގެ އުސްއަލިތަކުގެ ތެރެއިން ފާހަގަ ކޮށްލެވުނު ކަމެކެވެ. އިންތިހާއަށް ހިތާމަވެރި، މުޅި ދުނިޔެވެސް ސިއްސުވާލި ބިރުވެރި ޙާދިސާއެކެވެ.

މި ޙާދިސާގައި 10 ކިލޯމީޓަރު ދުރުގެ ސަރަޙައްދުތަކަށްވެސް ގޮވުމުގެ އަސަރުކޮށް އެތައް ބައެއްގެ ފުރާނަ ގޮސްފައިވާއިރު، މި ޙާދިސާގެ ސަބަބުން އެ ޤައުމަށް ލިބުނު އިޤްތިސާދީ ގެއްލުންވެސް 20 ބިލިއަަނަށް އަރާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި މި ޙާދިސާގައި މަރުވި މީހުންގެ އަދަދުވެސް 200ށް ވުރެ ގިނައެވެ.

ހަމައެއާއެކު، އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ މަރާއެކު މުޅި ދުނިޔެ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް އުފުލަމުންދިޔަ އަޑު އިތުރަށް ގަދަވުންވެސް މިއީ 2020 ވަނަ އަހަރު ބޭރު ދުނިޔޭގެ މަޝްރަހުން ފާހަގަ ކޮށްލެވުނު މުހިއްމު ޚަބަރެކެވެ. ފްލޮއިޑްގެ މަރާއެކު މުޅި މީސްމީޑިއާ ފުރާލީ "ބްލެކް ލައިވްސް މެޓަރ" ގެ ހޭޝްޓެގުންނެވެ. މުޅި ދުނިޔެއިން ކޮވިޑުގެ އެންމެ ގިނަ ކޭސް ފެނިފައިވާ އެމެރިކާގައި ސިލްސިލާކޮށް ހިންގި މުޒާހަރާތަކާއި އެއްވުންތަކުގެ ސަބަބުން އެމެރިކާ ސަރުކާރަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ.

އެންމެ ފަހުން އެކަން ކުރި ފުލުސް އޮފިސަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާވެސް އުފުލާފައެވެ.

ކޮވިޑް-19 އަށް ކާމިޔާބު ވެކްސިންތަކެއް ޤައުމުތަކުން އުފެއްދުންވެސް މި އަހަރުގެ އުސްއަލިތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ކޮވިޑް-19 އަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނާއި، އާރުއެންއޭގެ ހޯދުންތަކާއި އުފެއްދުންތައް އުފައްދާ މޮޑަރނާ ކުންފުނީގެ ވެކްސިން ރޭހުގެ ކުރީގައި ފާހަގަ ކޮށްލެވެއެވެ. އަދި އެސްޓްރަޒެނެކާގެ ވެކްސިނާއި، ޗައިނާގެ ސިނޮފަރމް ކުންފުނީގެ ވެކްސިންވެސް މި ލިސްޓުގައި ހިމެނޭއިރު، ބައެއް ޤައުމުތަކުން މިހާރު ވަނީ މީގެ ތެރެއިން ބައެއް ވެކްސިން އިމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަވެސް ދީފައެވެ. އަދި ބައެއް ޤައުމުތަކުން ރަސްމީކޮށް ވެކްސިނަށް ހުއްދަދީ، އާންމުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައްވެސް ވަނީ ފަށާފައެވެ.

ޖުމުލަކޮށް 2020 ވަނަ އަހަރު ކުރިމަތިވި ހުރިހާ ކަމެއްވެސް ޤައުމުތަކުން ތަޙައްމަލު ކުރަމުން ދިޔައީ ކޮވިޑުގެ އާލަމީ ވަބާއާ އެކުގައެވެ. އައު އަހަރަކަށް މަރުޙަބާ ކިއުމަށް ތައްޔާރު ވަމުންދާއިރު، ކޮވިޑް-19 ވެސް ވަނީ އައު އަހަރަށް ފައްކާވެ، "ބަދަލުވެފައެވެ". އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެ، ހިންދެމިލުމުގެ އުއްމީދުގައި ތިއްބައި އައު އަހަރު ފެށިގެން މިދަނީ ކޮވިޑުގެ އައު ވޭރިއަންޓުގެ ބިރާވެސް އެކުގައެވެ. ބައެއް ޤައުމުތަކުގައި މި ވޭރިއަންޓުގެ ސަބަބުން އަދަދުތައް ފަތުއަޑުކިޔާފައި އިތުރުވަމުންދާ ކަމަށް ރިޕޯޓު ކުރި ނަމަވެސް، އައު އަހަރާއެކު އުއްމީދު އައު ކޮށްދޭ ސަބަބަކީ، މި އައު ވޭރިއަންޓަކީ ވެކްސިނަށް ނުގުޑާނެ ވޭރިއަންޓެއްކަން ނުވަތަ އިތުރަށް ނުރައްކާ ބޮޑު ވޭރިއަންޓެއްކަން މިހާތަނަށް ފާހަގަވެފައި ނުވާކަމަށް ކަމުގެ މާހިރުން ބުނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޗިން ފެރީ: ރާއްޖޭގެ އުފެއްދުންތައް އިންޑިއާ މާކެޓުން، ބައިނަލްއަޤުވާމީ މާކެޓަށް!

ކޮޗިން ފެރީ: ރާއްޖޭގެ އުފެއްދުންތައް އިންޑިއާ މާކެޓުން، ބައިނަލްއަޤުވާމީ މާކެޓަށް!

24 ސެޕްޓެމްބަރު 2020
ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020: އިސްލާހުކުރަން ޖެހޭ ގިނަ ކަންކަން

ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020: އިސްލާހުކުރަން ޖެހޭ ގިނަ ކަންކަން

17 ޖޫން 2020
ތިމާގެ މޫޑު އަވަސް އަވަހަށް ބަދަލުވޭތަ؟

ތިމާގެ މޫޑު އަވަސް އަވަހަށް ބަދަލުވޭތަ؟

13 ޖޫން 2020
ރާއްޖޭގެ އިގުތިސާދީ ހާލަތު: އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ

ރާއްޖޭގެ އިގުތިސާދީ ހާލަތު: އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ

22 މެއި 2020
ގްރެމީ އެވޯޑްސް 2020 ނޮމިނޭޝަންތައް އިއުލާންކޮށްފި؛ ލިޒޯ، ބިލީ އަދި ލިލް ނާސް ތާރީހުގެ ތެރެއަށް!

ގްރެމީ އެވޯޑްސް 2020 ނޮމިނޭޝަންތައް އިއުލާންކޮށްފި؛ ލިޒޯ، ބިލީ އަދި ލިލް ނާސް ތާރީހުގެ ތެރެއަށް!

21 ނޮވެމްބަރު 2019

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު