Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ކައިވެނި ޕާޓީ ކްލަސްޓާ

ކައިވެނި ޕާޓީ ކްލަސްޓާގެ ކޭސްތައް އިތުރުވެ، ކޮންޓެކްޓްވީ މީހުންގެ އަދަދު 229 އަށް

30 ޑިސެމްބަރު 2020 | ބުދަ 18:59

ކައިވެނި ޕާޓީ އޮތީ މި މަހުގެ 20 ވަނަ ދުވަހު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 30 ޑިސެމްބަރު 2020 | ބުދަ 18:59
މާލޭގައި ކޮވިޑަށް ޓެސްޓްކުރަނީ

މާލޭގައި ކޮވިޑަށް ޓެސްޓްކުރަނީ

މި މަހުގެ 20 ވަނަ ދުވަހު މާލޭގައި ކުރިއަށްދިޔަ ކައިވެނި ޕާޓީއަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އިތުރުވެ، އެ ކްލަސްޓާއިން ކޮންޓެކްޓްވީ މީހުންގެ އަދަދު 229 އަށް އަރައިފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ، އެންމެ ފަހުން ލިބުނު ނަތީޖާތަކާއެކު ކައިވެނި ކްލަސްޓާއިން މިހާތަނަށް 67 މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޑރ ނަޒްލާ ވިދާޅުވީ، މިހާތަނަށް 229 މީހުން ކައިވެނި ޕާޓީގެ ކްލަސްޓާގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 68 މީހުންގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޗްއީއޯސީން މިހާތަނަށް މި ކްލަސްޓާއިން ފާހަގަކޮށްފައިވާ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު، މި މަހުގެ 24 ވަނަ ދުވަހު ވަނީ އެކަކު ޕޮޒިޓިވްވެފައެވެ. އަދި 25 ވަނަ ދުވަހު 12 މީހުން، 26 ވަނަ ދުވަހު 22 މީހުން، 27 ވަނަ ދުވަހު 8 އަދި 28 ވަނަ ދުވަހު 3 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން 29 ވަނަ ދުވަހު 13 މީހުން އަދި 30 ވަނަ ދުވަހު 8 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެޗްއީއޯސީން ކުރިން ބުނެފައިވާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކު ހަތަރު މީހަކު ވެސް ހިމެނެ އެވެ. އަދި އަހަރު ނުވާ ދެ އަންހެން ކުދިންވެސް ވަނީ މި ކްލަސްޓާގެ ތެރެއިން ޕޮޒިޓިވްވެފައެވެ. އެ ޕާޓީއަށް 120 ވަރަކަށް މީހުން ދިޔައިރު، ރޯގާގެ އަލާމާތް ހުރި މީހުން ވެސް ޕާޓީއަށް ދިޔަ ކަމަށް އެޗްއީއޯސީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޕާޓީއަށް ދިޔަ މީހުންނާއި އެމީހުންގެ އާއިލާގެ މީހުންވެސް ހިމެނެއެވެ.

އެޗްޕީއޭ އިން މީގެ ކުރިން ވަނީ، އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ މީހުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެޗްޕީއޭ އިން އަދި ގުޅާފައި ނުވާ މީހުން ގެއިން ބޭރަށް ނުނިކުމެ، ގޭގައި އެކަހެރިވެ ތިބުމަށް ވަނީ އެދިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް