Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުން

ޑިސެމްބަރު މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަސް މަސް ދުވަހު އައި ފަތުރުވެރިންނަށް ވުރެ ގިނަ

ޑިސެމްބަރ މަހު ރާއްޖެ އައިސްފައި ވަނީ 87,024 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2020 | ބުދަ 08:23
ރާއްޖެ އައި ފަތުރުވެރިންތަކެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލިފަހުން ފުރަތަަމަ ފަސް މަސް ދުވަހު ރާއްޖެ އައި ފަތުރުވެރިންނަށްވުރެ ޑިސެމްބަރ މަހު އެކަނި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ގިނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ނޮވެމްބަރ މަހުގެ ނިޔަލަށް 76،141 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ ޖުލައި މަހު ރާއްޖެ އައި 1,701 ފަތުރުވެރިންނާއި، އޮގަސްޓް މަހު އައި 7,628 ފަތުރުވެރިންގެ އިތުރުން ސެޕްޓެމްބަރ މަހު ރާއްޖެ އައި 9,538 ފަތުރުވެރިންނާއި އޮކްޓޫބަރ މަހު ރާއްޖެ އައި 21,515 ފަތުރުވެރިން އަދި ނޮވެމްބަރ މަހު ރާއްޖެ އައި 35,759 ފަތުރުވެރިންނެވެ.

Advertisement - businessAdvertisement

ޑިސެމްބަރ މަހުގެ އެއް ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް 87,024 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 10،883 ފަތުރުވެރިން އިތުރު އަދަދެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އިންޓަނޭޝަނަލް އެއަރލައިންތަކުން ރާއްޖެއަށް ދަތުރުކުރާވަރު އިތުރުވެފައިވާއިރު، މިހާރުވެސް 25 އަށް ވުރެ ގިނަ އެއަރލައިނުން ރާއްޖެއަށް ދަތުރުކުރެއެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާންމު މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު މާކެޓްތައް ވަނީ ތައާރަފްވެފައެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަކަށް ރަޝިއާ ވެފައިވާ އިރު، އަވައްޓެރި އިންޑިއާ އިން އުޅެނީ ލިސްޓުގެ ދެވަނައިގައެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، އެމެރިކާ، ޖަރުމަނުވިލާތް އަދި ޔޫއޭއީވެސް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގައި ހިމެނެއެވެ.

މި ލިސްޓުގައި ހިމެނޭ އަނެއް ގައުމުތަކަކީ ފްރާންސް، ޔޫކްރެއިން، ކަޒަކިސްތާން އަދި ސްޕެއިންއެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް 163,165 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރ 28ގެ ނިޔަލަށް 546,012 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

02 ޖޫން 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު