Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަގެނާ ރިހިބިލިޓޭޝަން ސަރވިސަސް ހުޅުވުން

ނަތީޖާ ހާސިލުކުރެވޭނީ ކުރާ ކޮންމެ ކަމެއްގައި ހެޔޮ ނިޔަތާއެކު އިޚުލާސްތެރިކަން އިސްކޮށްގެން: ނައިބު ރައީސް

އައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެކި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2020 | ހޯމަ 11:56
ދަގެނާ ރިހިބިލިޓޭޝަން ސަރވިސަސް ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ފައިޞަލް ނަސީމް ވާހަކަފުޅުދައްކަވަނީ

ދަގެނާ ރިހިބިލިޓޭޝަން ސަރވިސަސް ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ފައިޞަލް ނަސީމް ވާހަކަފުޅުދައްކަވަނީ | ރައީސް އޮފީސް

އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް ވާސިލުވެވޭނީ، އަދި ބޭނުންވާ ރަނގަޅު ނަތީޖާ ހާސިލުކުރެވޭނީ، ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތާއެކުކޮށް، އަދި އެކަމެއްގައި އިޚުލާސްތެރިކަން އިސްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިމޭރުވުން ވާހަކަފުޅު ދެއްކެވީ "ދަގެނާ" ގެ ނަމުގައި ހުވަދުއަތޮޅު އުތުރުބުރީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސަރވިސަސް ހުޅުއްވައިދެއްވުމަށް ވިލިނގިލީގައި ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ.

Advertisement - newsAdvertisement

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެ މަނިކުފާނު ވިދާޅުވީ، ގައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެކި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމުގައެވެ. އެ ގޮތުން އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް ސޯޝަލް ކައުންސިލުގެ ނަމުގައި ވަކިން ހާއްސަ ކައުންސިލެއް އުފައްދަވައި، އެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލާ ހަވާލު ކުރައްވާފައި ވަނީ ވަރަށް މާތް މަގުސަދެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާއީ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ރައްކާތެރި، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މިކަމުންވެސް ދޭހަކޮށްދޭކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ، މުޅި ސަރުކާރުންވެސް މި މަސައްކަތާ ކުރިމަތިލައިގެން މަސައްކަތް ކުރަމުންދަނީ ހެޔޮ ނިޔަތާއި އިޚުލާސްތެރިކަން އިސްކޮށްގެން ކަމުގައެވެ. އަދި އިޖުތިމާއީ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު އެންމެ ބޮޑަށް އަމާޒު ކުރައްވާފައި ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށެވެ.

އެ ގޮތުން، "ދަގެނާ" ގެ ނަމުގައި ހުޅުއްވައިދެއްވި ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކޮށް، އެ މީހުންނަށް މުޖުތަމައާ އަލުން ގުޅި، އެ މީހުންނަކީ މުޖުތަމައަށް ފައިދާކުރަނިވި، ބިނާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. އަދި މިއީ މިހާތަނަށް ދާއިމީ ހައްލެއް ހޯދުމުގައި ކާމިޔާބީ ލިބިފައިނެތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، އެ މަސައްކަތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ލިބުނު އިތުރު ފުރުސަތެއް ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ދަގެނާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މިއީ ކާމިޔާބު ޚިދުމަތަކަށް ހެދިއްޖެނަމަ، މިއީ މުޅި ރާއްޖެއަށްވެސް މަންފާ ލިބިގެންދާނެ ޚިދުމަތެއް ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި މި ފަދަ ޚިދުމަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން ކަމަކާ ކުރިމަތިލައި އެކަމެއް ހައްލުކުރުމަށް ވަކި ސިޔާސަތަކާއި ނިޒާމުތަކެއް ކަނޑައަޅައި މަސައްކަތް ފެށި ނަމަވެސް، އެ ނިޒާމުގެ ދަށުން ރަނގަޅު ނަތީޖާ ނުނެރެވޭ ނަމަ، އެ ނިޒާމު ބަދަލުކޮށް، މުޅިން އައު ވިސްނުމެއް ކުރިއަށްނެރެގެން ނަމަވެސް، އެ މަސައްކަތެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޚިދުމަތާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއީ "ވަށައި ޖެހޭ" ފަދަ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމުގައެވެ. އެ ގޮތުން ފަރުވާގެ އިތުރުން، މި ޕްރޮގްރާމުގެ ބައިވެރިންނަށް މުޖުތަމައާ އަލުން ގުޅުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަމްރީނު ފޯރުކޮށްދެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދަގެނާ ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށް މުޅި މައްސަލައަށް ހައްލުހޯދުމަށް ފަރުމާކޮށްފައިވާ ވަށައި ޖެހޭ ނިޒާމެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން އެފަދަ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މުޖުތައުގެ ތެރެއިން އެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީވެސް ދަގަނާގެ ވަށައި ޖެހޭ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި އުންމީދީ ވިސްނުމެއް އިސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުންނެވެ. އެ ގޮތުން މުޖުތަމައަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނީ، މުޅި މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ކަމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްވެސް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު