Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ހިޔާނާތް/ ރ. ފުއްގިރި

މަނީ ލޯންޑަރިންގ ދައުވާ ލިބޭ ސަން ސިޔާމްގެ ކުންފުނީގެ އަޑުއެހުމެއް މާދަމާ

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތުގެ އިތުރުން، އިތުރުބައެއް ހިމެނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2020 | އާދީއްތަ 12:38
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މީގެކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން

ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މީގެކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އެ އަޑުއެހުން ތަވަލްކޮށްފައިވަނީ ހޯމަ ދުވަހުގެ 10:00އަށެވެ. މިމައްސަލާގައި މިމަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފައެވެ.

މި މައްސަލައިގައި މި ހިނގާ ޑިސެމްބަރު ތެރޭގައި އިތުރު އަޑުއެހުންތަކެއްވެސް ބާއްވާފައިވާއިރު، ދައުލަތުން ދައުވާ އިއްވުމުން ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ދައުލަތުން އެ ކުންފުނީގެ މައްޗަށް އިއްވާފައިވާ ދައުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދައުވާއަކަށް ނުވާތީ، ކަނޑައެޅިގެން ދައުވާއަށް އިންކާރުކުރާ ކަމަށް ވިދާޅުވެފައެވެ.

މިޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމަކީ، ސަން އިންވެސްޓްމަންޓުން ދައުވާއަށް އިންކާރުކުރުމާއި ގުޅިގެން ދައުވާކުރާ ދައުލަތުގެ ފަރާތުންނާއި، ދައުވާ ލިބޭ ސަން އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން ޝަރީއަތަށް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށާއި ހެކި ހުށަހެޅުމަށް ބޭއްވި އަޑު އެހުމެކެވެ.

އެގޮތުން، ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތާއެކު އިތުރު ބައެއް ހިމެނޭގޮތަށް ހެކިން ހުށަހަޅާފައެވެ. އަދި ކިތާބީ ހެކިވެސް މައްސަލައިގެ ފޯމާއެކު ހުށަހަޅާފައިވާނެ ކަމަށް ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ދައުވާއިން ދިފާއުވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ދެއްވުމުން ސަން އިންވެސްޓްމަންޓް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވެފައިވަނީ، ހެކި ހުށަހެޅުމަށް ދީފައިވާ 15 ދުވަހުގެ މުއްދަތު އަދި ހަމަ ނުވާ ކަމަށާއި، އެހެންކަމުން މި އަޑުއެހުމުގައި ހެކި ހުށަހެޅުމަށް ތައްޔާރުވެފައިނުވާ ކަމަށެވެ. އަދި ވަކީލު ޝާހު ވަނީ މައްސަލަ ކުރިއަށް ގެންދަވާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ނަމަވެސް ގާޒީ ވިދާޅުވެފައިވަނީ އަޑުއެހުން ކުރިއަށް ގެންދަވަނީ ގާނޫނާއި ޝަރީއަތް ކުރުމުގެ އުސޫލާއެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް، ގާޒީ ވަނީ ސަން އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އޭގެކުރިން ބޭއްވި އަޑުއެހުމުގައި ވަކީލު އަލީ ޝާހު ވިދާޅުވެފައި ވަނީ، މި މައްސަލާގައި ހިމެނޭ ފައިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް، ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާ ކަމަށެެވެ. އަދި ޑޮލަރު މާރުކުރުމުގެ ނަމުގައި ފައިސާގެ މުއާމަލާތް ހިންގާފައިވާކަމަށް ދައުވާގައި ބުނާއިރު، އެކަން ކަނޑައަޅާނީ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ނުވަތަ މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭއިން ކަމަށެވެ.

ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، ރ. ފުއްގިރި މައްސަލާގައި ދައުވާ އުފުލާފައިވާ އިތުރު ފަރާތްތައް ހިމެނޭއިރު، ރައީސް ޔާމީން ވެސް ހިމެނޭ ކަމަށެވެ. އަދި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއާ ގުޅިގެން، އެއީ ކޮރަޕްޝަނުގެ ގޮތުގައި ހޯދި ފައިސާކަން ކޮންމެހެން ޝަރީއަތުން ސާބިތުވެފައި އޮންނަން ނުޖެހޭ ކަމަށެވެ.

ޑޮލަރު މާރުކުރުމުގެ ހުއްދަ، މި މައްސަލާގައި ދައުވާކުރާ ސަން ކޮންސްޓްރަކްޝަން އެންޑް އިނޖިނިއަރިންގ ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ދޫކޮށްފައި ނުވާކަން އެމްއެމްއޭއިން ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް ވެސް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ވަކީލު ވެފައިވެއެވެ.

ރ. ފުއްގިިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށުގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. މި މައްސަލާގައި ސަން އިންވެސްޓްމަންޓް ކުންފުންޏާއި ސަން ކޮންސްޓަރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާ އެކަންޏެވެ. ދެން މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރައީސް ޔާމީނާގާތް ގުޅުމެއް އޮންނަ ކުރިކް އަހުމަދު ރިޒާގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ.

ރ. ފުއްގިރި ފިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އެފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބޭއްވޭ އިބްތިދާއީ އަޑުއެހުންތަކަށްފަހު، ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ދައުވާ ލިބޭ ހުރިހާ ފަރާތެއް އެއް ހާޒިރެއްގައި ޝަރީއަތުގެ އަޑުހުންތައް ބާއްވައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު