Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް

ސުނާމީ ހާލަތެކޭ އެއްފަދައިން ކޮވިޑްގެ ހާލަތުގައި ވެސް ދިވެހިން ދަނީ ނަމޫނާ ދައްކަމުން: ހޯމް މިނިސްޓަރ އިމްރާން

26 ޑިސެމްބަރު 2020 | ހޮނިހިރު 18:01

ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުންގެ ފަރާތުން ވިދާބަބުޅާލި ރިވެތި ސިފަތަކަކީ މިގައުމު ފަހުރުވެރިވާފަ ސިފަތަކެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ޑިސެމްބަރު 2020 | ހޮނިހިރު 18:01
ދިވެހިންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން

ދިވެހިންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން

މީގެ 16 އަހަރުކުރިން ރާއްޖެ ތަޖުރިބާކުރި ސުނާމީ ކާރިސާއެކޭ އެއްފަދައިން މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތުގައިވެސް ދިވެހި ރައްޔިތުން ނަމޫނާ ދައްކަމުންދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހުރޭ ޖުމްހޫރީ މައިދާނުގައި ބޭއްްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުންގެ ފަރާތުން ވިދާބަބުޅާލި ރިވެތި ސިފަތަކަކީ މިގައުމު ފަހުރުވެރިވާފަ ސިފަތަކެއް ކަމަށާއި އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ވާރުތަވި ވަރަށް ރިވެތި ސިފަތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އިމްރާން ވިދާޅުވީ މީގެ 16 އަހަރުކުރިން ރާއްޖެ ތަޖުރިބާކުރި ސުނާމީ ކާރިސާގެ ވާހަކަތަކާއި އެދުވަހު ދިވެހިން ރައްޔިތުން ދެއްކި އެކަކު އަނެކަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އޯގާތެރިކަމަކީ މިއަދުގެ ދަރިވަރުންނަށް ސުކޫލްތަކުގައި އުގަންނައިދޭންޖެހޭ ކަމެއްކަމަށެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ، 2004 ވަނަ އަހަރު ރާއްޖެ ތަޖުރިބާކުރި ސުނާމީ ކާރިސާއެކޭ އެއްފަދައިން މިހާރު ރާއްޖެ އަދި މުޅި ދުނިޔެ ތަޖުރިބާކުރަމުންދާ ކޮވިޑް-19ގެ ހާލަކީ ވެސް ހިތްދަތި ކަންތައްތަކެއް ކުރިމަތިވި، ހާލަތެއް ކަމަށެވެ. އަދިވެސް ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުން ދުނިޔެ އަރައިގަނެވިފައިނުވާއިރު، ރާއްޖޭގެ ހާލަތުވެސް ވަރަށް ނާޒުކުވެގެންދިޔަކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އިގްތިޞާދު ދުވަހަކު ދަށަށް ނުދާވަރަށް ދަށަށްގޮސް، ރާއްޖެއަށް އާމްދަނީ ލިބެންހުރި ދޮރުތައްބަންދުވިއިރު، އިގްތިޞާދީ ހަރަކާތް ހިންގުމަށާއި އިގްތިޞާދު އަލުން އަނބުރާ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ސަރުކާރުގެ އިސްވެރިން ކުރެއްވި ބުރަ މަސައްކަތް އިމްރާން ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ހިދްމަތް ހާއްސަ ގޮތެއްގައި މިނިސްޓަރު އިމްރާން ފާހަގަ ކުރެއްވިއެވެ. އަދި ސިއްހީ ހިދްމަތްތެރިންގެ އިތުރުން ދިވެހި ސިފައިންނާއި ފުލުހުން، ދިވެހި ރެޑްކްރެސެންޓާއި ސްކައުޓާއި ގާލްގައިޑް އެސޯސިއޭޝަން އަދި ކަމާބެހޭ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. ހާއްސަ ގޮތެއްގައި މާލެ ސަރަހައްދު ލޮކްޑައުންކުރުމާއި ގުޅިގެން ދިމާވި ދަތި އުނދަގޫ ކަންތައްތަކުން އަރައިގަތުމަށް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން ފެނިގެންދިޔަ އެއްބާރުލުމާއި އެއްބައިވަންތަކަމަކީ ސުނާމީ ކާރިސާގައި ވެސް ދިވެހިން ދެއްކި ނަމޫނާކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. ދިވެހި ރައްޔިތުންގެ ކިބައިން ސަރުކާރަށް އެއްބާރުންލުންދީ، ސިއްހީ ހިދްމަތްތެރިން ދެއްވާ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާފައިވާތީ އެކަން ވެސް ހާއްސަ ގޮތެއްގައި ހޯމް މިނިސްޓަރު އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2017

މަސްތުގެ ހާލަތުގައި ހުރި ރައީސް ޔާމީންގެ ބޮޑީގާޑެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ދައުވާ އުފުލައިފި

09 ސެޕްޓެމްބަރު 2017
މަސްތުގެ ހާލަތުގައި ހުރި ރައީސް ޔާމީންގެ ބޮޑީގާޑެއް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ދައުވާ އުފުލައިފި
31 ޖުލައި 2017

ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރަކު މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކޮށްފި

31 ޖުލައި 2017
ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރަކު މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކޮށްފި
27 ޖުލައި 2017

ކެފޭއެއް ތެރޭގައި އިން މީހަކަށް ހަމަލާދީ ޒަޙަމްކޮށްލައިފި، ސީރިއަސް ހާލަތުގައި

27 ޖުލައި 2017
ކެފޭއެއް ތެރޭގައި އިން މީހަކަށް ހަމަލާދީ ޒަޙަމްކޮށްލައިފި، ސީރިއަސް ހާލަތުގައި
05 ޖުލައި 2017

ގޮތެއް ހުރި ބުޅަލެއް ވެސް މަޖިލީހުގެ ރައީސް އިންނަވާ ގޮޑީގައި މިހާލަތުގައި ނީންނާނެ: އިމްތިޔާޒް

05 ޖުލައި 2017
ގޮތެއް ހުރި ބުޅަލެއް ވެސް މަޖިލީހުގެ ރައީސް އިންނަވާ ގޮޑީގައި މިހާލަތުގައި ނީންނާނެ: އިމްތިޔާޒް
19 ޖޫން 2017

މަސްތުގެ ހާލަތުގައި ތިބިކަމުގެ ތުހުމަތުގައި ދެ ފުލުހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފި

19 ޖޫން 2017
މަސްތުގެ ހާލަތުގައި ތިބިކަމުގެ ތުހުމަތުގައި ދެ ފުލުހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފި
16 ޖޫން 2017

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި

16 ޖޫން 2017
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި
04 ޖޫން 2017

ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!

04 ޖޫން 2017
ކުއްލި ހާލަތުގައި އުލިގަމަށް ބަނދަރުކުރި ޓަގު ބޯޓް އަދި ނުފުރާ!
03 ޖޫން 2017

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި
31 މެއި 2017

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް