Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރުޤްޔާގެ ނަމުގައި އަނިޔާކުރި މައްސަލަ

ރުޤްޔާގެ ނަމުގައި އަނިޔާކުރި ދެ މީހުންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

25 ޑިސެމްބަރު 2020 | ހުކުރު 08:31

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރާއި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 25 ޑިސެމްބަރު 2020 | ހުކުރު 08:31
ކުޑަކުދިންނަށް ކުރާ އަނިޔާ - ރިޕްރެޒެންޓޭޝަނަލް ފޮޓޯ

ކުޑަކުދިންނަށް ކުރާ އަނިޔާ - ރިޕްރެޒެންޓޭޝަނަލް ފޮޓޯ

ދިވެހިރާއްޖޭގެ ރަށެއްގައި ރުޤްޔާގެ ނަމުގައި އޮޅުވާލައިގެން އަންހެނަކާއި އޭނާގެ ދެ ދަރިންނަށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް، މި ދެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، މި ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

މިމައްސަލައާއި ގުޅިގެން އުމުރުން 39 އަހަރުގެ މީހާ ނޮވެމްބަރ 25 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އުމުރުން 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރ 26 ވަނަ ދުވަހުއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 24 އަހަރުގެ މީހާއަކީ ރުގްޔާ ކުރަން އައި މީހާއެވެ. އަދި 39 އަހަރުގެ މީހާއަކީ މި މައްސަލައިގެ ޝިކާރައަކަށްވީ އަންހެން މީހާގެ ފިރިމީހާއެވެ.

އޮންލައިން ނޫސް "މިހާރު" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުޤްޔާ ކުރާ މީހާގެ އިތުރުން، އޭނާ ފަހުން ކައިވެނިކުރި ފިރިމީހާ ވެސް ހިމެނެއެވެ. އެގޮތުން ގޭގައި ބަންދުކޮށްގެން އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާއިރު، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް، އާއިލާއާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އަނިޔާގެ ޝިކާރައަކަށްވީ އަންހެން މީހާގެ އާއިލާއިން ވަނީ މި މައްސަލައިގައި ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ފަށާފައިވާއިރު، އެ ކޮމިޓީން ވަނީ ޖެންޑަރ މިނިސްޓްރީ، ހެލްތް މިނިސްޓްރީ، އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން، އެޗްއާރްސީއެމް ފަދަ ކަމާ ގުޅުންހުރި މުއައްސަސާތައް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ. އަދި މި މައްސަލައިގެ ނާޒުކު ކަމާއި، މިއީ ކުޑަކުދިންނާއި ގުޅޭ ޙައްސާސް މައްސަލަ އަކަށްވުމުން، ކަމާއި ގުޅުންހުރި އިދާރާތަކަށް ކޮމިޓީއަށް އެންމެ ފުރިހަމައަށް މައުލޫމާތު ދެވޭނީ ބައްދަލުވުން ސިއްރު ކުރުމުންކަމަށް ވުމާއެކު، ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް