Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ފާއިތުވި 24 ގަޑިއިރު ކޮވިޑަށް ޕޮޒިޓިވްވީ 21 މީހުން

24 ޑިސެމްބަރު 2020 | ބުރާސްފަތި 18:57

ވޭތުވެދިޔަ 24 ގަޑިއިރު 2،562 މީހެއްގެ ސާމްޕަލް ނަގާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ޑިސެމްބަރު 2020 | ބުރާސްފަތި 18:57
މާލޭގެ މަގުމަތިން ސާމްޕަލް ނެގުމުގެ ހަރަކާތެއްގެ ތެރެއިން: ވޭތުވެދިޔަ 24 ގަޑިއިރު 2،562 މީހެއްގެ ސާމްޕަލް ނަގާފައިވޭ

މާލޭގެ މަގުމަތިން ސާމްޕަލް ނެގުމުގެ ހަރަކާތެއްގެ ތެރެއިން: ވޭތުވެދިޔަ 24 ގަޑިއިރު 2،562 މީހެއްގެ ސާމްޕަލް ނަގާފައިވޭ

ރާއްޖޭގައި ބުރާސަފަތި ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 21 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި، ބުދަ ދުވަހުގެ 18:00 ން ބުރާސްފަތި ދުވަހުގެ 18:00 އާ ހަމައަށް 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 2،562 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނެފައިވަނީ، ޕޮޒިޓިވްވި 21 މީހުންގެ ތެރެއިން 12 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުން ފަސް މީހަކު ޕޮޒިވްވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެއިތުރުން އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 28 މީހަކު ބުރާސްފަތި ދުވަހު ވަނީ ރަނގަޅުވެފައެވެ. އަދި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު އުޅެނީ 492 ކޭހެވެ. އަދި 37 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 13،558 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ޕޮޒިޓިވްވި 48 މީހަކު ވަނީ ނިޔާވެފައެވެ.

މިދުވަސްވަރު، ކޮވިޑް-19 ގެ ކޭސްތައް މަދުވުމާއި ގުޅިގެން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން އަންނަނީ ބޮޑެތި ލުއިތަކެއް ދެމުންނެއެވެ. ނަމަވެސް ބަލި ކުއްލިއަކަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އޮތުމާއެކު ލުއިތައް ދިން ނަމަވެސް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ހާއްސަކޮށް މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ގޮނޑި ގެއްލުނު މައްސަލަ: މެންބަރުންގެ ބަޔާންތަކުގައި ސޮއިކުރެވުނީ 8 ގަޑިއިރުން!

15 އޯގަސްޓު 2017
ގޮނޑި ގެއްލުނު މައްސަލަ: މެންބަރުންގެ ބަޔާންތަކުގައި ސޮއިކުރެވުނީ 8 ގަޑިއިރުން!
07 ޖުލައި 2017

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ : މެޓް

07 ޖުލައި 2017
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ : މެޓް
06 ޖޫން 2017

އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ

06 ޖޫން 2017
އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!
05 ޖޫން 2017

ހަ ދުވަހުގެ ހަނގުރާމައަށް 50 އަހަރު – މެދުނުކެނޑި 7 ގަޑިއިރުވަންދެން ރައީސް މައުމޫން ހިންގެވި

05 ޖޫން 2017
ހަ ދުވަހުގެ ހަނގުރާމައަށް 50 އަހަރު – މެދުނުކެނޑި 7 ގަޑިއިރުވަންދެން ރައީސް މައުމޫން ހިންގެވި
02 މެއި 2017

މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު

02 މެއި 2017
މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު
24 އެޕްރީލު 2017

ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

24 އެޕްރީލު 2017
ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް