Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް މައުމޫން

ހަ ދުވަހުގެ ހަނގުރާމައަށް 50 އަހަރު – މެދުނުކެނޑި 7 ގަޑިއިރުވަންދެން ރައީސް މައުމޫން ހިންގެވި

ޠާލިބާއިންގެ ހާލު ބެއްލެވުމަށް 14 ކިލޯމީޓަރަށް ހިންގެވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 5 ޖޫން 2017 | ހޯމަ 11:28
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް

އިސްރާއީލާއި، އަރަބި ފަސް ޤައުމަކާ ދެމެދު 1967 ވަނަ އަހަރު ކުރެވުނު "ހަ ދުވަހުގެ ހަނގުރާމަ" އަށް 50 އަހަރު ފުރުމާ ގުޅިގެން، އެ ދުވަހުގެ ހަނދާންތައް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ހިއްސާ ކުރައްވައިފިއެވެ.

ޖޫން 5, 1967 ވަނަ ދުވަހު އިސްރާއީލުން މިސްރަށް ދިން ކުއްލި ހަމަލާއާ ގުޅިގެން ފެށުނު ހަނގުރާމައަށް ހޯމަ ދުވަހު 50 އަހަރު ފުރިފައިވާއިރު، އެ ދުވަހުގެ ހަނދާން އާކުރައްވަމުން، އޭރު މިސްރުގައި ދިރިއުޅުއްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، އެ ދުވަހަކީ މެދުނުކެނޑި އެމަނިކުފާނު އެންމެ ގިނަ އިރު ހިންގަވަން ޖެހިވަޑައިގަތް ދުވަސްކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، މިސްރަށް އިސްރާއީލުން ހަމަލާ ދިނުމާ އެކު ގާހިރާގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައުމުން، ދިވެހި ޠާލިބާއިންގެ ހާލު ބެއްލެވުމަށް ހިންގަވާފައި ވަޑައިގެންނެވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ދަތުރުގައި ހަތް ގަޑިއިރު ވަންދެން މެދުނުކެނޑި ހިންގަވައި، 14 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތު ކުރެއްވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާދިޔައީ ރައީސް މައުމޫން ދަސްވެނިވެވަޑައިގަތްތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭރު އެމަނިކުފާނަކީ މިސްރުގައި އެވަގުތު ތިބި ކިޔަވާ ކުދިންގެ ލީޑަރެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މިސްރަށް ދިން ކުއްލި ހަމަލާއަކާ އެކު އިސްރާއީލުން ފެށި "ހަ ދުވަހުގެ ހަނގުރާމަ" އިގައި އެ ޤައުމުން ކުރި ހޯދިއިރު، މި ހަނގުރާމައިގައި ބޮޑު ގެއްލުމެއް ލިބިފައި ވަނީ އަރަބި ކޯލިޝަނަށެވެ. އެގޮތުން މިސްރާއި، ސީރިއާ އާއި، އުރުދުންގެ އިތުރުން އިރާޤާއި، ލުބްނާނު ހިމެނޭ ކޯލިޝަނުން މި ހަނގުރާމައަށް ޖުމްލަ 240،000 ސިފައިން ނެރުނު އިރު، އޭގެ ތެރެއިން 23،500 އަށްވުރެ ގިނަ ސިފައިން މަރުވެ، 5400 އަށްވުރެ ގިނަ ސިފައިން އިސްރާއީލުގެ ހައްޔަރަށް ގެންދެވިފައި ވެއެވެ. އިސްރާއީލުން މި ހަނގުރާމައިގައި 100،000 ސިފައިން ބައިވެރި ކުރިއިރު، މީގެ ތެރެއިން މަރުވެފައި ވަނީ 980 އެއްހާ ސިފައިންނެވެ. އަދި 4,517 ސިފައިންނަށް އެކި ވަރުގެ ޒަޚަމްތައް ލިބުނު އިރު އަރަބި ކޯލިޝަންގެ ހައްޔަރަށް ގެންދެވިފައި ވަނީ 15 ސިފައިންނެވެ.

މި ހަނގުރާމައިގައި، އިސްރާއީލުން ވަނީ ގައްޒާ އާއި ސިނާއީގެ އިތުރުން އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ވެސްޓް ބޭންކާއި، ސީރިއާގެ ގޯލާމް ހައިޓްސް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު