Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓޫރިސްޓު ފެސިލިޓީތައް އަލުން ހުޅުވުން

އޮޕަރޭޓްކުރާ ގެސްޓްހައުސްތަކުގެ އަދަދު 193ށް

މިހާތަނަށް 10 އަތޮޅެއްގެ 29 ރަށެއްގައި ގެސްޓް ހައުސްތައް ވަނީ ހުޅުވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2020 | ބުދަ 07:32
ރާއްޖޭގެ ގެސްޓް ހައުސެއް

ރާއްޖޭގެ ގެސްޓް ހައުސެއް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް 193 ގެސްޓް ހައުސް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 10 އަތޮޅެއްގެ 29 ރަށެއްގައި މިހާރު ވަނީ ގެސްޓް ހައުސްތައް ހުޅުވާފައެވެ.

Advertisement - businessAdvertisement

އެގޮތުން މިހާތަނަށް ގެސްޓްހައުސްތައް ހުޅުވާފައިވާ ރަށްތަކަކީ؛

ހއ. ވަށަފަރު - 3 ގެސްޓް ހައުސް

ނ. ފޮއްދޫ - 1 ގެސްޓް ހައުސް

ބ. ދަރަވަންދޫ - 2 ގެސްޓް ހައުސް

ބ. ފިނޮޅަސް - 1 ގެސްޓް ހައުސް

ބ. ކަމަދޫ - 3 ގެސްޓް ހައުސް

ކ. ދިއްފުށި - 6 ގެސްޓް ހައުސް

ކ. ގާފަރު - 4 ގެސްޓް ހައުސް

ކ. ގުޅި - 3 ގެސްޓް ހައުސް

ކ. ގުރައިދޫ - 12 ގެސްޓް ހައުސް

ކ. ހިންމަފުށި - 4 ގެސްޓް ހައުސް

ކ. ހުރާ - 9 ގެސްޓް ހައުސް

ކ. މާފުށި - 18 ގެސްޓް ހައުސް

ކ. ތުލުސްދޫ - 13 ގެސްޓް ހައުސް

އއ. މަތިވެރި - 4 ގެސްޓް ހައުސް

އއ. ރަސްދޫ - 9 ގެސްޓް ހައުސް

އއ. ތޮއްޑޫ - 24 ގެސްޓް ހައުސް

އއ. އުކުޅަސް - 12 ގެސްޓް ހައުސް

އދ. ދަނގެތި - 4 ގެސްޓް ހައުސް

އދ. ދިގުރަށް - 8 ގެސްޓް ހައުސް

އދ. ހަންޏާމީދޫ - 3 ގެސްޓް ހައުސް

އދ. އޮމަދޫ - 4 ގެސްޓް ހައުސް

ވ. ފުލިދޫ - 8 ގެސްޓް ހައުސް

ވ. ކެޔޮދޫ - 7 ގެސްޓް ހައުސް

ވ. ތިނަދޫ - 2 ގެސްޓް ހައުސް

ގދ. ތިނަދޫ - 1 ގެސްޓް ހައުސް

ޏ. ފުވައްމުލައް - 6 ގެސްޓް ހައުސް

ސ. ފޭދޫ - 1 ގެސްޓް ހައުސް

ސ. މަރަދޫ ފޭދޫ - 2 ގެސްޓް ހައުސް

ގްރޭޓަރ މާލެ ސަރަހައްދު - 19 ގެސްޓް ހައުސް

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ގެސްޓް ހައުސް ތޮއްޑޫގައި ހުޅުވާފައިވާ އިރު، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގެސްޓްހައުސްތަކުގައި 3,610 އެނދު މިހާރު އޮޕަރޭޓްކުރެއެވެ. މީގެތެރެއިން 2,026 އެނދު ކ. އަތޮޅުގެ ގެސްޓް ހައުސްތައް ހިއްސާކުރާއިރު، ހއ. އަތޮޅުގެ ގެސްޓް ހައުސްތަކުގައި 32 އެނދު، އަދި ނ. އަތޮޅުގެ ގެސްޓް ހައުސްތައް ހިއްސާ ކުރަނީ 24 އެނދެވެ. ބ. އަތޮޅުގައި 154 އެނދު އޮޕަރޭޓް ކުރަމުންދާ އިރު، އއ. އަތޮޅުގައި 666 އެނދު އަދި އދ. އަތޮޅުގައި 326 އެނދު އޮޕަރޭޓްކުރެއެވެ. މީގެ އިތުރުން ވ. އަތޮޅުގައި 266 އެނދެއް މިހާރު އޮޕަރޭޓް ކުރަމުންދާ އިރު، ގދ. އަތޮޅުގައި މިވަގުތު 24 އެނދު އޮޕަރޭޓްކުރެއެވެ. އަދި ޏ. އަތޮޅުގައި 50 އެނދާއި ސ. އަތޮޅުގައި 42 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާރު ޖުމްލަ 472 ޓޫރިސްޓް އެކޮމަޑޭޝަން ފެސިލިޓީއެއް އޮޕަރޭޓް ކުރަމުންދާއިރު، މިއީ 193 ގެސްޓް ހައުސްގެ އިތުރުން، 139 ރިސޯޓާއި 10 ހޮޓާ އަދި 130 ސަފާރީއެވެ. މިހާރު ރާއްޖެ އިން ޖުމްލަ 39,697 އެނދު ދަނީ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް އޮޕަރޭޓް ކުރަމުންނެވެ.

އެއީ ގެސްޓް ހައުސްތަކުގެ 3,610 އެނދުގެ އިތުރުން، ރިސޯޓްތަކުގައި ހުރި 32,380 އެނދާއި، ހޮޓާތަކުގައި މިވަގުތު އޮޕަރޭޓްކުރަމުންދާ 1,186 އެނދު އަދި ސަފާރީތަކުގައި އޮޕަރޭޓްކުރަމުންދާ 2,521 އެނދެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމާއިއެކު ރިސޯޓްތަކާއި ސަފާރީތަކަށް ފަތުރުވެރިންނަށް ހިދުމަތްކުރުމުގެ ހުއްދަ ލިބިގެންދިޔަ ނަމަވެސް ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަލިބިގެން ގޮސްފައި ވަނީ ފަހުންނެވެ. އެގޮތުން އަތޮޅުތެރޭގެ ގެސްޓް ހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަދީފައި ވަނީ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.1 އިންސައްތަ އިތުރު!

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.1 އިންސައްތަ އިތުރު!

30 ސެޕްޓެމްބަރު 2018
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ

19 ޖުލައި 2018
ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކަށް ނެގޭ ފައިސާގެ އަދަދު އިތުރުކޮށްފި

ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކަށް ނެގޭ ފައިސާގެ އަދަދު އިތުރުކޮށްފި

28 ފެބުރުއަރީ 2018
އައިކްލައުޑް އެކައުންޓުތައް ޗައިނާ ކުންފުންޏަކުން އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސައިފި

އައިކްލައުޑް އެކައުންޓުތައް ޗައިނާ ކުންފުންޏަކުން އޮޕަރޭޓްކުރާ ގޮތަށް ހަމަޖައްސައިފި

11 ޖެނުއަރީ 2018
ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އަދިވެސް ދަށަށް ދަނީ!

25 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު