Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ ރަކީދޫ ބަނދަރު މަޝްރޫއު

ރަކީދޫ ބަނދަރު މަޝްރޫއު: 64 އިންސައްތަ ނިމިއްޖެ، މިހާރު ކުރިއަށްދަނީ ނެރު ފުން ކުރުން

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 08 ޖޫން 2020 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2020 | އަންގާރަ 04:43
ވ. ރަކީދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ - މި މަސައްކަތް ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ތެރޭގައި

ވ. ރަކީދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ - މި މަސައްކަތް ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ތެރޭގައި

ވ. ރަކީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ގޮނޑުދޮށް ސަރަޙައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 08 ޖޫން 2020 ގައި ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 156 މީޓަރ ބޭރު ތޮށި ހެދުމާއި، 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށި ހެދުމާއި، 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި ނެރު ފުންކުރުން ހިމެނެއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ޙަވާލު ކުރި މި މަޝްރޫއަށް 18.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ތިން ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ވ. ރަކީދޫގައި އަރާ ފޭބުމަށް ހެދިގެންދާ ބަނދަރަކީ މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން އެ ރަށުގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫއެވެ. އެކަމާ ގުޅޭގޮތުން ރަކީދޫ ކައުންސިލުގެ ރައީސް އާދަމް ސާމީ ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ރަކީދޫއަކީ ޒަމާނުއްސުރެ ތަފާތު އެކި މަސްވެރިކަމުގައި އުޅޭ އޮޑި ދޯނި ފަހަރު ގާތްކުރާ އެސަރަހައްދުގައި އޮންނަ މައި ހަބެއް ކަމަށެވެ. އެގޮތުން ދޯނި ފަހަރަށް ބޭނުންވާ ފެނާއި އެނޫންވެސް ޒަރޫރީ ބޭނުންތަކުގައި އޮޑި ދޯނިފަހަރު އެރަށުގައި ބަނދަރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަކީދޫ އަކީ ކިތަންމެ އާބާދީ މަދު ރަށެއް ނަމަވެސް އެރަށަކީ މިހާރު ފައްކާވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ސިނާއަތު ހަލުވި ދުވެއްޔެއްގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އެގޮތުން ބަނދަރުގެ މަސައްކަތް ނިމުމާއެކު ރަކީދޫގައި މި ވިޔަފާރި އިތުރަށް ފުޅާވެ، ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

އޭނާ ވިދާޅުވީ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމުމާއެކު ރަކީދޫއަށް މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، ރަށުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑު ނަފާއެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު