Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު ވަކިކޮށްފައިވަނީ ރަނގަޅަށް: ސިވިލް ކޯޓު

އޭނާ މަގާމަށް އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޑިސެމްބަރު 2020 | ހޯމަ 07:04
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު - އޭނާ ޕީއެސްގެ މަޤާމަށް އައްޔަނު ކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް މުސްއަބު - އޭނާ ޕީއެސްގެ މަޤާމަށް އައްޔަނު ކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަޤާމުން ވަކި ކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ ފަސް ފަހަރަށް ސަސްޕެންޑު ކުރުމަށްފަހު މުސްއަބު މަޤާމުން ވަކި ކޮށްފައިވާތީ އޭނާގެ ފަރާތުން ބަދަލު ހޯދުމަށް އެދި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލައެކެވެ.

2017 ވަނަ އަހަރު ޕީއެސްކަމަށް އައްޔަނު ކުރި މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މި މައްސަލައިގައި އޭނާގެ ފަރާތުން އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަން ކަނޑައަޅައިދިނުމަށާއި، ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. އަދި މި މައްސަލައިގެ ޤާނޫނީ އިޖުރާއަތުތަކަށް ހޭދަވި ފައިސާގެ ބަދަލު ހޯދުމަށްވެސް އޭނާ ވަނީ އެދިފައެވެ.

މި މައްސަލައިގައި ނިމިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމާފައިވަނީ، މި މުޅި މައްސަލައަށް ބަލާއިރު، އޭނާ މަޤާމުން ވަކިކޮށްފައިވަނީ ރަނގަޅަށްކަން އެނގެން އޮންނަ ކަމަށެވެ. އަދި އެއާއެކު އޭނާގެ ވަޒީފާ އަނބުރާ ރުޖޫޢަ ކޮށްދެން ނުޖެހޭކަން ސިވިލް ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އޭނާ މަޤާމުން ވަކި ކުރީ ދިވެހި ސިވިލް ސަރވިސް ޤާނޫނާ ޚިލާފަށް އަމަލު ކޮށްފައިވާތީކަން ފާހަގަކޮށް ސިވިލް ކޯޓުން ބުނީ، އޭނާ ވަގުތީ ގޮތުން މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްގެ މަޤާމުގައި ހުންނެވިއިރު، ވަޒީފާގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ސީއެސްސީއަށް ހުށައެޅިފައިވާތީ ކަމަށެވެ.

މުސްއަބާ ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ޤަވާއިދާ ޚިލާފަށް މުސާރަ ދިނުމާއި، ބައެއް ކޮންޓްރެކްޓް މުވައްޒަފުންނަށް އެއްބަސްވުމެއް ނުހަދައި މުސާރަ ދިނުމާއި، ޤަވާއިދާ ޚިލާފަށް ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލުން ހިމެނެއެވެ.

އޭގެ އިތުރުން، އޭނާއާ ދެކޮޅަށް ކިތަންމެ މައްސަލައެއް ހުށައެޅުނު ނަމަވެސް، އަނބިމީހާ ސީއެސްސީގައި ހުރިހާ ހިނދަކު އެއްވެސް ފިޔަވަޅެއް އޭނާއާމެދު އަޅަން ނުކެރޭނެ ކަމަށް ބުނި މައްސަލައެއްވެސް ހުށައެޅިފައިވެއެވެ. އަދި ދައުލަތުގެ ރަސްމީ ސިއްރު ލިއުމެއް މީސްމީޑިއާގައި ހިއްސާކުރި މައްސަލައެއްވެސް އޭނާއާ ދެކޮޅަށް ހުށައެޅިފައިވެއެވެ.

މިހުރިހާ ކަމަކަށް ރިޢާޔަތް ކުރައްވައި މައްސަލަ ބެއްލެވި ގާޒީ ޢަލީ ޢަބްދުﷲ ވަނީ މި މައްސަލައިގައި ސީއެސްސީން ނިންމާފައިވާ ނިންމުމަށް ތާއީދު ކުރައްވާފައެވެ.

ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކޮށްފައި ވަނީ މިދިޔަ ސަރުކާރުންނެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އޭނާއާ ދެކޮޅަަށް ހުށައެޅިފައިވާ ގިނަ މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު މަޤާމުން ވަކި ކުރުމަށް ނިންމާފައިވަނީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު