Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޓީސީން އީގަލްސް ބަލިކޮށްފި

20 ޑިސެމްބަރު 2020 | އާދީއްތަ 18:36

އީގަލްސް އަތުން ޓީސީ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޑިސެމްބަރު 2020 | އާދީއްތަ 18:36
އީގަލްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓީސީ މޮޅުވީ 2-0 ން

އީގަލްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓީސީ މޮޅުވީ 2-0 ން | އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުލަބު އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ޓީސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އީގަލްސް އަބްދުﷲ ސަމީހު މޫސާ (ސަމިއްޓޭ) ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު މެޗުގެ 15 ވަނަ މިނެޓުގައި ޓީސީން ވަނީ ލީޑު ނަގާފައެވެ. ނިޝާމް މުޙައްމަދު ރަޝީދު ދިން ޕާހަކުން މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މުޙައްމަދު އައްޒާމެވެ.

އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރަން އީގަލްސްގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) އަށް ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޓީސީގެ އިބްރާހީމް އަބްދުލް ވާހިދު (ވާޑު) ފޮނުވާލި ހަމަލާއެއް އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ސިނާހު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ޓީސީއަށް މައްސަލަތަކެއް ދިމާވީ މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު އީގަލްސްއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުގެ ޒައިން ޒަފަރު ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އެ ހަމަލާ ޓީސީގެ ގޯލްކީޕަރު މަމަދޯފް އާޒާދް ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން އީގަލްސްއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޓީސީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒަޔާން ނަސީރެވެ. އަދި އޭގެ މިނެޓެއް ފަހުން އީގަލްސްގެ ކެޕްޓަން ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މި މެޗުގައި ޓީސީ ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށާއި، އެއް ކުޅުންތެރިއަކު މަދުވުމުންވެސް އެކަތިގަނޑެއްގެ ގޮތުގައި މޮޅުވުމުގެ ރޫހުގައި އެ ކުރި މަަސައްކަތް ފާހަގަކުރާ ކަމަށެވެ.

އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ ޓީސީ އަތުން ބަލިވިއިރު، މި މެޗުގައި އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ގޯސްތަކެއް ފެނުނު ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށަށް ދަމުން އަންނަ ކަމަށްވެސް މޯހަން ބުންޏެވެ.

އީގަލްސް އަތުން ޓީސީ މޮޅުވިއިރު، މިއީ ލީގުގައި ޓީސީން ހޯދި ފުރަތަމަ މޮޅެވެ. އަދި މި ސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އީގަލްސްއިން ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
24 ފެބުރުއަރީ 2017

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި
24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
20 ފެބުރުއަރީ 2017

އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ

20 ފެބުރުއަރީ 2017
އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ
13 ފެބުރުއަރީ 2017

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް