Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑުގެ ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތް

ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދު 2500 އަށް އިތުރުވެއްޖެ

މިހާރު ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 2،561 ފަތުރުވެރިން އާދޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 20 ޑިސެމްބަރު 2020 | އާދީއްތަ 05:04
ރާއްޖެއަށް އައި ފްލައިޓެއްގައި ފަތުރުވެރިންތަކެއް ފައިބައިގެން އަންނަ މަންޒަރު

ރާއްޖެއަށް އައި ފްލައިޓެއްގައި ފަތުރުވެރިންތަކެއް ފައިބައިގެން އަންނަ މަންޒަރު

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން، ޑިސެމްބަރު މަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު 2500 އަށް އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރަމުން އަންނަ ދުވަހުގެ އަދާހަމައަށް ބަލާއިރު، 18 ޑިސެމްބަރުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އަންނަ އެވަރެޖަކީ 2،561 ފަތުރުވެރިންނެވެ. މިއީ ނިމިދިޔަ ނޮވެމްބަރު މަހުގެ ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އެވަރެޖާ އަޅާކިޔާއިރު ދެ ގުނައަށް ވުރެން އިތުރު އަދަދެކެވެ. ނޮވެމްބަރު މަހު ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އެވަރެޖް ހުރީ 1،192 ގައެވެ.

Advertisement - newsAdvertisement

ޑިސެމްބަރު މަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވުމާއެކު، ރާއްޖެއިން ވަނީ މުހިއްމު ދެ ލަނޑުދަނޑިއެއް ވެސް ހާސިލުކޮށްފައެވެ. އެއީ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރި އެއް ލައްކަވަނަ ފަތުރުވެރިޔާ އައުމުގެ އިތުރުން، މި އަހަރަށް މުރާޖައާކުރެވުނު އަދަދު ކަމުގައިވާ ފަސް ލައްކަވަނަ ފަތުރުވެރިޔާ ވެސް ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން، ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރެކޯޑްތައް މުގުރަމުން އައިސް، 4000 އަށް ވުރެ ގިނަ ފަތުރުވެރިން އައި ދުވަހެއް ވަނީ ރެކޯޑްކުރެވިފައެވެ. މިއީ ކޮވިޑުގެ އާލަމީވަބާގެ ކުރިން ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާ ގާތް އަދަދެކެވެ. ކޮވިޑުގެ ކުރިން ދުވާލެއްގެ މައްޗަށް 4000-5000 ދެމެދުގެ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު