Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ޙާލަތު

ރަސްމިއްޔާތުތަކާއި ހަފްލާތަކުގައި ކެއުން ހަމަނުޖައްސަން އެޗްޕީއޭއިން އަންގައިފި

20 ޑިސެމްބަރު 2020 | އާދީއްތަ 03:28

ކެއިންބުއިން ހަމަޖައްސާނަމަ، ބުފޭގެ ބަދަލުގައި ވަކިން ކެވޭނެ ގޮތެއް ހަމަޖައްސަން އެދިފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 20 ޑިސެމްބަރު 2020 | އާދީއްތަ 03:28
ަބައެއް ހަފްލާތައް ބޭއްވުމަށް ބޭނުންކުރާ ސަލްޓަން ޕާކު ކޮވިޑުގެ ހާލަތާ ގުޅިގެން ބަންދުކޮށްފައި، މިހާރު ވަނީ އާއްމުންނަށް ހުޅުވާލާފައި

ަބައެއް ހަފްލާތައް ބޭއްވުމަށް ބޭނުންކުރާ ސަލްޓަން ޕާކު ކޮވިޑުގެ ހާލަތާ ގުޅިގެން ބަންދުކޮށްފައި، މިހާރު ވަނީ އާއްމުންނަށް ހުޅުވާލާފައި

ރަސްމިއްޔާތުތަކާއި ހަފްލާ ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައިވީ ނަމަވެސް، ރަސްމިއްޔާތުތަކާއި ހަފްލާތަކުގައި ކެއުން ހަމަނުޖެއްސުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

އެޗްޕީއޭއިން ހޮނިހިރު ދުވަހު އާންމުކުރި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރަންވީ އުސޫލުގައި ބުނެފައި ވަނީ ބައްދަލުވުންތަކާއި ހަފްލާތަކުގައި ކެއުމުގެ އިންތިޒާމް ހަމަނުޖެއްސުމަށް އެދޭ ކަމަށެވެ. އަދި ކައިވެނި ޕާޓީއާއި އުފަންދުވަހުގެ ހަފްލާތަކުގައި ކެއުމުގެ އިންތިޒާމް ހަމަޖައްސާއިރު ބުފޭގެ ބަދަލުގައި ވަކިން ސާފު ކުރެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެޗްޕީއޭގެ އުސޫލުގައި ބުނެފައިވަނީ ހަފްލާތަކާއި ބައްދަލުވުންތަކުގައި އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމާއި، އިނާމާއި ސެޓްފިކެޓް ދޭނަމަ ސެނެޓައިޒާ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މާސްކު އެޅުމާއި ގައިދުރުކުރުން އިސްކުރުމަށް ވަނީ އަންގާފައެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައި އޮތުމަށްފަހު، ލޮކްޑައުންއަށް ލުއި ދިނުމާއި ގުޅިގެން ގިނަ މީހުން އެއްވާ ގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަން ފެށިއެވެ. އެއާއެކު އަނެއްކާވެސް ކޮވިޑުގެ ކޭސްތައް އޭރު އިތުރުވެގެން ދިޔަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން އެޗްޕީއޭއިން ވަނީ ލޮކްޑައުންއަށް ލުއިދިނުމަށް އެ އޭޖެންސީން އާއްމުކޮށްފައިވާ ގައިޑްލައިންތަކަށް އަމަލުކުރަން ބާރު އަޅާފައެވެ.

އެގޮތުން ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަން ޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، 30 މީހުންނަށް ވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައް ވެސް ކޮންމެހެން ބާއްވަންޖެހޭ ހާލަތުގައި މެނުވީ ނުބޭއްވުމަށް ބާރު އަޅާފައިވެއެވެ.

އެޗްޕީއޭއިން ފިޔަވަޅުތަކަށް ދިން ލުޔާއެކު މިހާރު މާލެ ސަރަހައްދުގައި ހިންގި ކާފިއު ވަނީ އުވާލާފައެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެންނަމަވެސް، އާންމު ހާލަތުގައި ކަންކުރާ ގޮތަށް ނުކުރުމަށާއި، އައު އާންމު ހާލަތުގައި އަމަލުކުރަން އިލްތިސާމްކޮށްފައިވާ ހުރިހާ ފިޔަވަޅަކަށް ބޯލެނބުމަށް އެޗްޕީއޭއިން ވަނީ ތަކުރާރުކޮށް އަންގާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2020

އިންފުލުއެންޒާ ފެތުރުމުގެ ކުރިން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

01 ޖެނުއަރީ 2020
އިންފުލުއެންޒާ ފެތުރުމުގެ ކުރިން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
23 ޑިސެމްބަރު 2019

ބޭރަށް ހިންގުން އިތުރުވާތީ ކާބޯތަކެއްޗަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

23 ޑިސެމްބަރު 2019
ބޭރަށް ހިންގުން އިތުރުވާތީ ކާބޯތަކެއްޗަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
13 އޯގަސްޓު 2019

ވިއްސާރައާ ގުޅިގެން ސިއްހީ ގޮތުން ރައްކާތެރި ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ގޮވާލައިފި

13 އޯގަސްޓު 2019
ވިއްސާރައާ ގުޅިގެން ސިއްހީ ގޮތުން ރައްކާތެރި ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ގޮވާލައިފި
24 މާރިޗު 2019

ގަދަ ހޫނަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

24 މާރިޗު 2019
ގަދަ ހޫނަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
30 މެއި 2018

އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

30 މެއި 2018
އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
26 މެއި 2018

ޖަޒީރާ ރައީސްގެ ކެމްޕެއިން: މާފަންނު ހުޅަނގުގެ ބޮނޑިބަތް ކެއުން ބާއްވައިފި

26 މެއި 2018
ޖަޒީރާ ރައީސްގެ ކެމްޕެއިން: މާފަންނު ހުޅަނގުގެ ބޮނޑިބަތް ކެއުން ބާއްވައިފި
01 މެއި 2018

ޑެންގީ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އަންގައިފި

01 މެއި 2018
ޑެންގީ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އަންގައިފި
05 މާރިޗު 2018

ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހަކީ ޖުޑިޝަރީ ނޮޅައިގެން ކެއުން ފަދަ ކަމެއް: ގާސިމް

05 މާރިޗު 2018
ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހަކީ ޖުޑިޝަރީ ނޮޅައިގެން ކެއުން ފަދަ ކަމެއް: ގާސިމް
22 ޖޫން 2017

ޑެންގީއާއި ބޭރަށް ހިންގުމުން ސަލާމަތްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

22 ޖޫން 2017
ޑެންގީއާއި ބޭރަށް ހިންގުމުން ސަލާމަތްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
26 މާރިޗު 2017

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

26 މާރިޗު 2017
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް