Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވާރޗުއަލް ގޭމިންގ ޚިދުމަތް

ވީއާރް ކެފޭ: ކެއިން ބުއިމާއެކު، ވާރޗުއަލް ރިއަލިޓީ ގޭމިންގެ ޚިދުމަތް

19 ޑިސެމްބަރު 2020 | ހޮނިހިރު 08:12

ގޭމިންއަށް ބުކިން ހެއްދުމަށް ޚާއްސަ ޕެކޭޖުތަކެއްވެސް ހިމަނާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޑިސެމްބަރު 2020 | ހޮނިހިރު 08:12
ވީއާރް ކެފޭގައި ހުންނަ ގޭމިންގ އޭރިއާއެއް

ވީއާރް ކެފޭގައި ހުންނަ ގޭމިންގ އޭރިއާއެއް

ވާރޗުއަލް ގޭމް ކުޅެން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ވަސީލަތްތަކާއެކު ގޭމިންގެ އިތުރު އިންތިޒާމުތައް ވީއާރް ކެފޭގައި ހަމަޖައްސައިފިއެވެ.

ވީއާރް ކެފޭއަކީ ރާއްޖޭގެ ފުރަތަމަ "ވާރޗުއަލް ރިއަލިޓީ" ކެފޭއެވެ. އެގޮތުން ގޭމް ކުޅެން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ވަސީލަތްތަކާއެކު ގޭމިންގެ އިންތިޒާމުތައް ވީއާރް ކެފޭގައި ވަނީ ހަމަޖެހިފައިވެއެވެ. ނޮވެމްބަރު 30 ގައި ހުޅުވި މި ކެފޭގައި މިހާރު ވަނީ އައު ޚިދުމަތްތަކާއެކު، ގޭމިންއަށް ބުކިން ހެއްދުމަށް ޚާއްސަ ޕެކޭޖުތަކެއްވެސް ހިމަނާފައެވެ.

ކެއިންބުއިމުގެ ޚިދުމަތްތައްވެސް ލިބިގެންދާ މި ކެފޭގެ ޚާއްސަ ކަމަކީ ގޭމިން ސްޓޭޝަންތައްކަމަށް ކެފޭގެ އެމްބެސެޑަރ މަރިޔަމް އައްޒަ ބުނެއެވެ. "ރާއްޖެއެމްވީ" އަށް ދިން އިންޓަރވިއުއެއްގައި އައްޒަ ބުނީ، ކޮވިޑުގެ މި ޙާލަތުގައި އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް މި ކެފޭ ރިކޮމެންޑް ކުރާކަމަށެވެ.

އެގޮތުން ދެ ގޭމިން އޭރިއާއެއް މި ކެފޭގައި ހުންނަކަން ފާހަގަކޮށް އައްޒަ ބުނީ، ކުރީބައިގައި ބުކްކޮށްގެން މި ކެފޭއިން ގޭމިންގ ޚިދުމަތް ހޯދޭނެކަމަށެވެ. އަދި ބުކިންގ ހައްދާ ގަޑިއިރުގެ ތެރޭގައި ގޭމިން އޭރިއާ އެ ބަޔަކަށް އެއްކޮށް ހުސްކުރާކަމަށް އައްޒަ ފާހަގަކުރިއެވެ.

"ވާރޗުއެކްސް އޮމްނީ" އަދި "ވާރޗުއެކްސް އޮކިއުލަސް" އަކީ މި ކެފޭގައި ހުންނަ ދެ ގޭމިންގ އޭރިއާއެވެ. އެގޮތުން އޮމްނީއަކީ ހެލިފެލިވެ އުޅެންޖެހޭ އެކިކަހަލަ ހަރަކާތްތަކާއި، ދުވުން ފަދަ ކަންކަން އެ ވާރޗުއަލް ގޭމްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. އަދި އޮކިއުލަސްއަކީ އެތަނެއްގައި މަޑުކޮށްގެން ހުރެ ވާރޗުއަލްކޮށް ގޭމް ކުޅެވޭނެ އޭރިއާއެއްކަން އައްޒަ ފާހަގަކުރިއެވެ. މި ކެފޭގެ ވާރޗުއަލް ގޭމްތަކުގެ އަގުތައް އުޅެނީ 75ރ. އާއި 300ރ. އާ ދެމެދުގެ އަގެއްގައެވެ.

މި ކެފޭ ފަރުމާކޮށްފައިވަނީ އިންޑޯ އަދި އައުޓްޑޯ ބޭނުން ކުރެވޭނެހެންނެވެ. އަދި ކެފޭގެ އިންޑޯ ވީއާރް ތަޖުރިބާކުރުމަށް ޚާއްސަކޮށްފައިވާއިރު، އައުޓްޑޯ ޚާއްސަކޮށްފައިވަނީ ޑައިނިންއަށެވެ. "ވީއާރް" އަކީ ވީޑިއޯ ބަލާ އާލާތެއްގެ ޒަރިއްޔާއިން ފެންނަ މަންޒަރުތަކާ ތަކެތީގައި އަތްލާ ބޭނުންކުރެވޭނެހެން ފަރުމާކުރެވިފައިވާ ޓެކްނޮލޮޖީއެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2020

ޓީޓީއެމް ފެއަރ މިފަހަރު ބާއްވާނީ ވާރޗުއަލްކޮށް!

19 ސެޕްޓެމްބަރު 2020
ޓީޓީއެމް ފެއަރ މިފަހަރު ބާއްވާނީ ވާރޗުއަލްކޮށް!
03 ޖުލައި 2020

އަލުން ހުޅުވި ފަހުން ކެފޭތަކާއި ރެސްޓޯރެންޓުތަކުގެ ވިޔަފާރީ އާންމުގޮތެއްގައި ރަނގަޅު

03 ޖުލައި 2020
އަލުން ހުޅުވި ފަހުން ކެފޭތަކާއި ރެސްޓޯރެންޓުތަކުގެ ވިޔަފާރީ އާންމުގޮތެއްގައި ރަނގަޅު
25 ޖޫން 2020

ރާއްޖެއިން ޕާޓާގެ ވާރޗުއަލް "ޑްރީމް ޓު ޓްރެވެލް" ފެސްޓިވަލްގައި ބައިވެރިވެއްޖެ

25 ޖޫން 2020
ރާއްޖެއިން ޕާޓާގެ ވާރޗުއަލް "ޑްރީމް ޓު ޓްރެވެލް" ފެސްޓިވަލްގައި ބައިވެރިވެއްޖެ
26 މާރިޗު 2020

ކޮވިޑް-19: އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އަންގައިފި

26 މާރިޗު 2020
ކޮވިޑް-19: އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އަންގައިފި
14 މާރިޗު 2019

ކެފޭ ރިޓްރީޓްގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފި

14 މާރިޗު 2019
ކެފޭ ރިޓްރީޓްގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފި
15 މެއި 2018

ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި

15 މެއި 2018
ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި
18 އެޕްރީލު 2018

ސްޓާރބަކްސް ކޮފީގެ 8000 ކެފޭ އެއް ދުވަހަށް ބަންދުކުރަނީ!

18 އެޕްރީލު 2018
ސްޓާރބަކްސް ކޮފީގެ 8000 ކެފޭ އެއް ދުވަހަށް ބަންދުކުރަނީ!
02 އެޕްރީލު 2018

ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ

02 އެޕްރީލު 2018
ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ
02 އެޕްރީލު 2018

ޕެޓްރޯލް ޝެޑްތައް 12 ޖަހާއިރު، ކެފޭ ރެސްޓޯރަންޓްތައް 1 ޖަހާއިރު ބަންދުކުރާގޮތަށް ބަދަލުކޮށްފި

02 އެޕްރީލު 2018
ޕެޓްރޯލް ޝެޑްތައް 12 ޖަހާއިރު، ކެފޭ ރެސްޓޯރަންޓްތައް 1 ޖަހާއިރު ބަންދުކުރާގޮތަށް ބަދަލުކޮށްފި
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް